5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓު ފާސްކޮށްފި
ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓު މަޖިލީހުގެ ތަޅުމުން މިއަދު ފާސްކޮށްފިއެވެ. 2024 ވަނަ އަހަރަށް ލަފާކޮށް ހުށަހަޅުއްވާފައިވާ ސަޕްލިމެންޓަރީ ބަޖެޓު، ބަޖެޓު ދިރާސާ ކުރާ ކޮމެޓީން އިއްޔެ ފާސްކޮށްފައިވާއިރު، މިއަދުގެ މަޖިލިސްގެ ޖަލްސާގައި ވަނީ މި ބަޖެޓަށް ވޯޓަށް އަހާފައެވެ. މި ވޯޓުގައި ސަޕްލިމެންޓަރީ ބަޖެޓު ފާސްކުރީ 75 މެންބަރުންގެ ވޯޓުންނެވެ. ބަޖެޓް ފާސް ކުރުމާ ދެކޮޅަށް 11 މެންބަރަކު ވޯޓު ދެއްވި އެވެ. މިއީ 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެކެވެ. ސަޕްލިމެންޓްރީ...