Skip to main content
Topic Archive

#މެޓް އޮފީސް

201 Stories filed
ވަގުތުން ވަގުތަށް މޫސުން ދެނެގަތުމަށް މެޓް އޮފީހުން މުޅިން އައު އެޕެއް ތަޢާރަފުކޮށްފި
News

ވަގުތުން ވަގުތަށް މޫސުން ދެނެގަތުމަށް މެޓް އޮފީހުން މުޅިން އައު އެޕެއް ތަޢާރަފުކޮށްފި

މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތުތައް އާންމުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގެ ގޮތުން 'މޫސުން' ނަމުގައި މެޓް އޮފީހުން ޚާއްޞަ މޯބައިލް އެޕްލިކޭޝަނެއް ތަޢާރަފުކޮށްފިއެވެ.

ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް އުތުރުގެ އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފި
News

ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް އުތުރުގެ އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފި

ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް އުތުރުގެ އަތޮޅުތަކަށް މެޓް އޮފީހުން ރީނދޫ ސަމާލު ނެރެފިއެވެ. ކުރިއަށް އޮތް ހަތަރު ދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މުޅި ރާއްޖެއަށް ހުދުސަމާލު، ކުރިއަށް އޮތީ މޫސުން ގޯސް ހަތަރު ދުވަސް
News

މުޅި ރާއްޖެއަށް ހުދުސަމާލު، ކުރިއަށް އޮތީ މޫސުން ގޯސް ހަތަރު ދުވަސް

ހުޅަނގު މޫސުމުގެ ބާރުގަދަވެ ކުރިއަށް އޮތް ހަތަރު ދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، މުޅި ރާއްޖެއަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ހުދުސަމާލު ނެރެފިއެވެ.

ހުކުރު، ހޮނިހިރުގައި ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމުގެ އިންޒާރު!
Thiladhunmathi News

ހުކުރު، ހޮނިހިރުގައި ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމުގެ އިންޒާރު!

ކުރިއަށް އޮތް ހަފުތާ ބަންދުގައި ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ބުނެފިއެވެ. ހާއްސަކޮށް ހުކުރު އަދި ހޮނިހިރު މި ދެ ދުވަހުވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެއެވެ. […]

ތާރީޚުގައި ވެސް ރެކޯޑުނުކުރާ ވަރުގެ ވަރުގަދަ އެލްނީނޯއެއް، ޕީކަށް ދާނީ ޑިސެމްބަރުގައި
Thiladhunmathi News

ތާރީޚުގައި ވެސް ރެކޯޑުނުކުރާ ވަރުގެ ވަރުގަދަ އެލްނީނޯއެއް، ޕީކަށް ދާނީ ޑިސެމްބަރުގައި

މޫސުމީ ބަދަލުތަކާ އެކު، ތާރީޚުގައި ވެސް ރެކޯޑުކުރެވޭ އެންމެ ވަރުގަދަ އެލްނީނޯ އިވެންޓްތަކުގެ ތެރޭގައި ހިމެނޭ ފަދަ ވަރުގަދަ އެލްނީނޯއެއް އުފެދި، އޭގެ އެންމެ މައްޗަށް ނުވަތަ ޕީކަށް ޑިސެމްބަރު 2026 ގައި ދާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ލަފާކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ މެޓް އޮފީހުން ދާދިފަހުން ނެރުނު ރާއްޖޭގެ މޫސުމާ ބެހޭ އަދާހަމަ، އެލްނީނޯ ބުލެޓިން ގައެވެ. މެޓް އޮފީހުގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ސެޕްޓެމްބަރު 2026 ގައި މި އެލްނީނޯ […]

އިންޑިއަން ރިޖަށް 5.2 މެގްނިޓިއުޑްގެ ބިންހެލުމެއް، ރާއްޖެއަށް ސީދާ އަސަރެއް ނުކުރާނެ
News

އިންޑިއަން ރިޖަށް 5.2 މެގްނިޓިއުޑްގެ ބިންހެލުމެއް، ރާއްޖެއަށް ސީދާ އަސަރެއް ނުކުރާނެ

މިޑް އިންޑިއަން ރިޖަށް 5.2 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން  ބުނެފިއެވެ. މިޑް އިންޑިއަން ރިޖަށް އައި ކަމަށް ރެކޯޑު ކުރެވުނު މި ބިންހެލުން އައީ އައްޑޫ ސީޓީ އާއި 1245 ކިލޯ މީޓަރު ދުރުންނެވެ. ނަމަވެސް މި ބިންހެލުމުގެ ސީދާ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މެޓުން ބުނެއެވެ. މިއަދު އިންޑޮނޭޝިއާގެ ސުލަވެސީ ކައިރިއަށް، ޕެސިފިކް ރިންގް އޮފް ފަޔަރ ސަރަހައްދަށް ވެސް 5.7 މެގްނިޓިއުޑްގެ ފާހަގަކޮށްލެވޭ ބިންހެލުމެއް […]

ފޯޅަވަހި ސަރަހައްދަށް 5.0 މެގްނިޓިއުޑްގެ ބިންހެލުމެއް
Raajje

ފޯޅަވަހި ސަރަހައްދަށް 5.0 މެގްނިޓިއުޑްގެ ބިންހެލުމެއް

ޗާގޯސް އާކިޕެލާގޯ (ފޯޅަވަހި) ސަރަހައްދަށް 5.0 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން  ބުނެފިއެވެ. ޗާގޯސް އާކިޕެލަގޯ ރީޖަން އަށް އައި ކަމަށް ރެކޯޑު ކުރެވުނު މި ބިންހެލުން އައީ ރާއްޖޭގެ އައްޑޫ ސިޓީ އާއި 833 ކިލޯ މީޓަރު ދުރުންނެވެ. ނަމަވެސް މި ބިންހެލުމުގެ ސީދާ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މެޓުން ބުނެއެވެ. ބިންހެލުމުގެ މައުލޫމާތު ގެނެސްދޭ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާގޮތުގައި ޗާގޯސް އާކިޕެލާގޯ (ފޯޅަވަހި) ސަރަޙައްދަށް މެދުމިނުގެ ބ...

ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ: މެޓް
Raajje

ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ: މެޓް

ހުޅަނގުމޫސުމާ ގުޅިގެން ރާއްޖެ ސަރަހައްދުގައި ގިނަ އަދަދަކަށް ވިއްސާވިލާ އުފެދެމުން ދިއުމުގެ ފުރުސަތު ބޮޑުކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން ބުނެފިއެވެ. ވިއްސާވިލާ އަކީ ވިއްސާރަ ވިލާތަކުގެ ތެރެއިން ބޯކޮށް ވާރޭ ވެހުމާއި ގުގުރުމާއި ވިދުމުގެ އިތުރުން ވައިގަދަވުމުން އެކުލެވޭ، މޫސުން ވަރަށް ބޮޑަށް ގޯސްވާ ވަގުތުތަކުގައި އުފެދޭ ބޯ އަނދިރި ވިލާތަކެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން މައުލޫމާތު ދޭ ގޮތުގައި، ކުރިއަށް އޮތް 3 ދުވަސް (11، 12، އަދި 13 ސެޕްޓެމްބަރު) ގައި ރާއްޖޭގެ ބޮޑުބަޔަކަށް...

އެލްނީނޯގެ އަސަރު ރާއްޖެއަށް: އާދަޔާ ހިލާފަށް ހޫނުމިން މައްޗަށް! ބައެއް ހިސާބުތަކަށް ބޯކޮށް ވާރޭ
Raajje

އެލްނީނޯގެ އަސަރު ރާއްޖެއަށް: އާދަޔާ ހިލާފަށް ހޫނުމިން މައްޗަށް! ބައެއް ހިސާބުތަކަށް ބޯކޮށް ވާރޭ

ދުނިޔޭގެ މޫސުމަށް އަންނަ ބަދަލެއް ކަމަށްވާ “އެލް ނީނޯ” ގެ އަސަރުތަކާއެކު، ކުރިއަށް އޮތް ސެޕްޓެމްބަރު މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ހޫނުމިން އާންމުކޮށް ހުންނަ މިންވަރަށްވުރެ މަތިވާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީހުން) ލަފާކޮށްފިއެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން އާންމުކުރި މޫސުމީ މައުލޫމާތުތަކާއި ޗާޓުތަކުން ދައްކާ ގޮތުގައި، މި މުއްދަތުގެ ތެރޭގައި ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވާރޭވެހޭ މިންވަރަށް ވެސް ބޮޑެތި ބަދަލުތަކެއް...

''ފްލޯޓިން ބާ''އެއްގެ ގޮތުގައި މާފުށީ ބޭރުގައި އަޅާފައި އޮންނަ ސަފާރީ ފުނޑުފުނޑުވެއްޖެ
Raajje

''ފްލޯޓިން ބާ''އެއްގެ ގޮތުގައި މާފުށީ ބޭރުގައި އަޅާފައި އޮންނަ ސަފާރީ ފުނޑުފުނޑުވެއްޖެ

ފްލޯޓިން ބާއެއްގެ ގޮތުގައި ކ. މާފުށީ ބޭރުގައި އަޅާފައި އޮންނަ ސާފާރީ މިއަދުގެ ގަދަ ވިއްސާރާގައި އެރަށު ބަނދަރުގެ ބޭރު ތޮށިގަނޑާ ދިމާލުން ފަރުމައްޗަށް ލައްވެ ފުނޑުފުނޑުވެއްޖެއެވެ. މި ހާދިސާއާއި ގުޅޭގޮތުން ރަސްމީ ފަރާތްތަކުން އަދި އެއްޗެއް ނުބުނެއެވެ. ނަމަވެސް ދައުރުވަމުން އަންނަ ”އެމްވީ ކްރައިސިސްގެ” ވީޑިއޯއިން އެ ސަފާރީ އެރަށު ބަނދަރުގެ ބޭރު ތޮށިގަނޑާ ދިމާލުން ފަރުމައްޗަށް ލައްވާ މަންޒަރު ފެނެއެވެ. އަދި އެ އުޅަނދު ލައްވިތާ ކުޑަ ހިނދުކޮޅެއްތެރޭ ފުނޑުފުނޑުވަމުންދާ މަންޒަރު ފެނެއެވެ. ވީޑިއޯ އިން […...

ހއ.އަތޮޅުން ފެށިގެން އައްޑޫ އާއި ހަމައަށް މޫސުން ގޯސް
Raajje

ހއ.އަތޮޅުން ފެށިގެން އައްޑޫ އާއި ހަމައަށް މޫސުން ގޯސް

މިއަދު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ރޭ ބުނެފައިވާއިރު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުމީ ސަމާލުތައް މިއަދު ވަނީ ނެރެފައެވެ. މިގޮތުން ހއ. އަތޮޅުން ފެށިގެން މ. އަތޮޅު ހިމެނޭ ސަރަހައްދުތަކަށް މިވަގުތު އޮތީ ރީނދޫ ސަމާލު ނެރެފައެވެ. މީގެ އިތުރުން ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ ހިމެނޭ ސަރަހައްދުތަކަށް އޮތީ ހުދު ސަމާލު ނެރެފައެވެ. ފަހުން މެޓް އޮފީހުން ވަނީ […]

ހުކުރު ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ: މެޓް
Raajje

ހުކުރު ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ: މެޓް

ހުކުރު ދުވަހު (މާދަމާ) ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން މިއަދު ބުނެފިއެވެ. މެޓް އޮފީހުން މިއަދު ނެރުނު ސަމާލުގެ މެސެޖެއްގައި ބުނެފައި ވަނީ ހުޅަނގު މޫސުމާއި ގުޅިގެން ރާއްޖޭގެ އުތުރާއި ދެކުނުގައި ލޯޕްރެޝަރ ޓަރަފްއެއް އުފެދިފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ހުޅަނގުގައި ގިނަ އަދަދަކަށް ބޯ ވިއްސާރަވިލާ އުފެދެމުން އަންނަކަމަށް މެޓުން ބުނެއެވެ. އެހެންވެ، ކުރިއަށް އޮތް ހުކުރު ދުވަހު، 31 […]

މެކްސިކޯ ސަރަހައްދަށް ބާރުގަދަ ބިންހެލުމެއް، ރާއްޖެއަށް ނުރައްކަލެއް ނެތް
Raajje

މެކްސިކޯ ސަރަހައްދަށް ބާރުގަދަ ބިންހެލުމެއް، ރާއްޖެއަށް ނުރައްކަލެއް ނެތް

މެކްސިކޯގެ ޗިއަޕާސްގެ އައްސޭރިފަށަށް ރިކްޓަރ މިންގަނޑުން 7.3 ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ. ޔޫ.އެސް ޖިއޮލޮޖިކަލް ސާވޭ (ޔޫ.އެސް.ޖީ.އެސް) އާ ހަވާލާދީ ސްކައި ނިއުސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ބިންހެލުން އައިސްފައިވަނީ ބިމުގެ 10 ކިލޯމީޓަރު (6.21 މޭލު) އަޑިއަށެވެ. ފުރަތަމަ މި ބިންހެލުމުގެ ބާރުމިން 7.4 ގައި ހުރިކަމަށް ރެކޯޑް ކުރެވުނު ނަމަވެސް، ފަހުން ވަނީ އެއީ 7.3 ގެ ބިންހެލުމެއް ކަމަށް އިސްލާހުކޮށްފައެވެ. އާންމުގޮތެއްގައި ތިލަ ސަރަހައްދުތަކަށް އަންނަ މިފަދަ ބާރުގަދަ ބިންހެލުންތަކުގެ...

''ރާއްޖެއަށް އަސަރެއް ކޮށްފާނެ ބިންހެލުމެއް އަތުވެއްޖެނަމަ ލަސްނުކޮށް އަންގާނެ''
Raajje

''ރާއްޖެއަށް އަސަރެއް ކޮށްފާނެ ބިންހެލުމެއް އަތުވެއްޖެނަމަ ލަސްނުކޮށް އަންގާނެ''

ރާއްޖެއަށް އަސަރެއް ކޮށްފާނެ ބިންހެލުމެއް އަތުވެއްޖެނަމަ އެ މައުލޫމާތު ލަސްނުކޮށް އާންމުންނަށް ހިއްސާކުރަމުން ގެންދާނެކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (އެމްއެމްއެސް) އިން މިއަދު ބުނެފިއެވެ. އެމްއެމްއެސް އިން މިއަދު އާންމު ކުރި މައުލޫމާތެއްގައި ބުނީ ބިންހެލުންތައް ސައިންޓިފިކް ގޮތުން ކުރިއާލާ ދެނެގަނެވޭނެ އެއްވެސް ގޮތެއް އަދި ހޯދިފައެއްނުވާކަމަށެވެ. އެހެންނަމަވެސް ދިގު މުއްދަތަކަށް ބަލާއިރު ބިން ހެލުންތައް އައުން ގާތް ސަރަހައްދުތައް ސައިންސްވެރިންނަ...

އުތުރާއި މެދުރާއްޖެތެރެއަށް ރީންދޫ ސަމާލު
Raajje

އުތުރާއި މެދުރާއްޖެތެރެއަށް ރީންދޫ ސަމާލު

ރާއްޖޭގެ މޫސުން ގޯސްވެ، އުތުރާއި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ރީންދޫ ސަމާލު ނެރެފިއެވެ. މި އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާ ދެމެދުގެ ސަރަހައްދުތަކަށެވެ. މެޓް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި މި އެލާޓް ނެރެފައިވަނީ މިރޭ ދަންވަރު 00:15 އިން ފެށިގެން ފަތިހު 04:15 އާ ހަމައަށެވެ. މި ވަގުތުތަކުގައި އެ ސަރަހައްދުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި […]