1.5 ބިލިއަން ރުފިޔާގެ ޑްރަގް އަތުލައިގަނެ، 24 ނެޓްވޯކެއްގެ މައްސަލަ ތަހުގީގުކުރަނީ
ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި ރާއްޖެއިން 1.3 ޓަނުގެ މަސްތުވާތަކެތި އަތުލައިގަނެ، މަސްތުވާތަކެތީގެ ވިޔަފާރިކުރާ 24 ނެޓްވޯކެއްގެ މައްސަލަ ތަހުގީގުކުރަމުންދާކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙުސާން ވިދާޅުވެއްޖެއެވެ. ވަޒީރު މިކަން ހާމަކުރެއްވީ މިރޭ ކުރިއަށް ދިޔަ “އަހާ” ފޯރަމުގައި މަސްތުވާތަކެތީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން އާންމު މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ވަޒީރު އިޙުސާން ވ...