ޑްރަގް ވިޔަފާރީގެ ބޮޑެއްކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި
ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މީހަކު ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ވ. ކެޔޮދޫއިން ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނި ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ދޭލިޔާގެ، ވ. ކެޔޮދޫ، އަޙްމަދު ފާޒިލް (31އ) އެވެ. ފާޒިލް އަކީ ވޮލީ ބޯޅައިގައި މަޝްހޫރު ކުޅުންތެރިއެކެވެ. އޭނާ ވަނީ ވޮލީ ގައުމީ ޓީމަށް ވެސް ކުޅެފައެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ޑްރަގް އެންފޯސްމަންޓާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި ވ. އަތޮޅު ފުލުހުން ގުޅިގެން ހިންގި އޮޕަރ...