ސެލޫނަކަށް ވަދެ ހަމަނުޖެހުން ހިންގި މައްސަލައެއްގައި ފުލުހަކު ހައްޔަރުކޮށްފި
މާލޭގައި ހުންނަ ސެލޫނެއްގެ ތެރެއަށް ވަދެ ހަމަނުޖެހުން ހިންގައި، އެތަނުގެ މުވައްޒަފަކާ މާރާމާރީ ހިންގި މައްސަލައެއްގައި ފުލުހަކު ހައްޔަރުކޮށް، ސަސްޕެންޑްކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރި ގޮތުގައި، މި ހާދިސާ ފުލުހުންނަށް ރިޕޯޓްކުރެވުނީ 2025 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 5 ވަނަ ދުވަހުއެވެ. ފުލުހުން ބުނީ މީހަކު ސެލޫނަކަށް ވަދެ ހަމަނުޖެހުން އުފައްދައި، ތަކެއްޗަށް ގެއްލުންދީ އަދި އެތަނުގެ މުވައްޒަފަކާ މާރާމާރީ ހިންގާފައިވާ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ / އަސަރީވި...