Skip to main content
Topic Archive

#އިލެކްޝަން ކޮމިޝަން

344 Stories filed
އިންތިހާބީ ރިޝްވަތުގެ މައްސަލައެއް ސާބިތުވެއްޖެނަމަ އެއް އަހަރާއި ހަތަރު އަހަރުގެ ޖަލު ހުކުމެއް!
Raajje

އިންތިހާބީ ރިޝްވަތުގެ މައްސަލައެއް ސާބިތުވެއްޖެނަމަ އެއް އަހަރާއި ހަތަރު އަހަރުގެ ޖަލު ހުކުމެއް!

އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާ ގުޅިގެން އިންތިހާބީ ރިޝްވަތުގެ މައްސަލައެއް މީހެއްގެ މައްޗަށް ސާބިތުވެއްޖެނަމަ އެއް އަހަރާއި ހަތަރު އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) އިން ބުނެފި އެވެ. މި އިންތިހާބުތަކާ ގުޅިގެން ސިޔާސީ ޕާޓިތަކުން ކެމްޕެއިނުގެ ހަރަކާތްތައް ފުޅާކޮށްފައިވާއިރު އޭސީސީން މިއަދު ބުނީ އިންތިހާބުތަކާ ދިމާކޮށް މީހެއްގެ މައްޗަށް އިންތިހާބީ ރިޝްވަތުގެ މައްސަލަ...

އަލިފާނުގެ ހާދިސާގެ ސަބަބުން އިންތިޚާބާގުޅޭ އެއްވެސް ލިޔެކިއުމަކަށް ގެއްލުމެއްނުލިބޭ: އީސީ
News

އަލިފާނުގެ ހާދިސާގެ ސަބަބުން އިންތިޚާބާގުޅޭ އެއްވެސް ލިޔެކިއުމަކަށް ގެއްލުމެއްނުލިބޭ: އީސީ

މާލޭގެ މާފަންނު ފުލޫނިޔާމަގުގައި ހުރި ގުދަނެއްގައި މިރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން، އިންތިޚާބާ ގުޅޭ އެއްވެސް ލިޔެކިއުމަކަށް ނުވަތަ ތަކެއްޗަށް ގެއްލުމެއް ލިބިފައިނުވާކަމުގެ ޔަގީންކަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދީފިއެވެ. އިލެކްޝަންސް ކޮމިޝަނުން މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އިންތިޚާބާބެހޭ މަރުކަޒާ ޖެހިގެން ހުރި ގުދަނެއްގައި ކަމަށެވެ. ނަމަވެސް މި ހާދިސާގައި އިންތިޚާބާ ގުޅުންހުރި އެއްވެސް ލިޔެކިއުމަކަށް ގެއްލުމެއް ލިބިފައި ނުވ...

ވޯޓުލުމުގެ ޙައްޤު 299,876 މީހަކަށް، ފައިނަލް ވޯޓާސް ލިސްޓު ޢާންމުކޮށްފި
Raajje

ވޯޓުލުމުގެ ޙައްޤު 299,876 މީހަކަށް، ފައިނަލް ވޯޓާސް ލިސްޓު ޢާންމުކޮށްފި

2026 ވަނަ އަހަރުގެ އެޕްރީލް މަހުގެ 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު މިއަދު ޢާންމުކޮށްފިއެވެ. މި އިންތިޚާބުތަކުގައި ވޯޓުލުމުގެ ޙައްޤު ޖުމްލަ 299,876 މީހުންނަށް ލިބިފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ 144,506 އަންހެނުންނާއި 150,370 ފިރިހެނުންނެވެ. މި ފަހަރުގެ ލޯކަލް ކައުންސިލްތަކާއި އަންހެ...

މޮނިޓަރުންނާއި އޮބްޒާވަރުންގެ ގޮތުގައި ކުރިމަތިލުމަށް އިތުރު ފުރުޞަތެއް
News

މޮނިޓަރުންނާއި އޮބްޒާވަރުންގެ ގޮތުގައި ކުރިމަތިލުމަށް އިތުރު ފުރުޞަތެއް

2026 އެޕްރީލް 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއް ހަމަ މިދުވަހު ނެގުމަށް ހަމަޖެހިފައިވާތީ، މޮނިޓަރުންނާއި އޮބްޒާވަރުންގެ ގޮތުގައި ކުރިމަތިލުމަށް އިތުރު ފުރުޞަތުއް ދިނުމަށް އިލެކްޝަން ކޮމިޝަނުން ނިންމައިފި އެެވެ. އެގޮތުން މޮނިޓަރުން އަދި އޮބްޒާވަރުންގެ ގޮތުގައި ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން 2026 މާރިޗު 03 ވާ އަންގާރަ ދުވަހުން ފެށިގ...

ވޯޓުލާން ރަޖިސްޓަރީވެފައިވާ ފޮށީގެ މަޢުލޫމާތު އާންމުކޮށް، ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި
Raajje

ވޯޓުލާން ރަޖިސްޓަރީވެފައިވާ ފޮށީގެ މަޢުލޫމާތު އާންމުކޮށް، ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު، އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ފޮށީގެ މަޢުލޫމާތު ހިމެނޭ ރަޖިސްޓަރީ އިލެކްޝަންސް ކޮމިޝަނުން އިއްޔެ އާންމުކޮށްފި އެވެ. އިލެކްޝަން ކޮމިޝަނުން އިއްޔެ ވަނީ އަންނަ އެޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ގ...

ކެންޑިޑޭޓުންގެ މަންދޫބުންނަށް ވުމުގެ ފުރުސަތު ހުޅުވާލައިފި
Raajje

ކެންޑިޑޭޓުންގެ މަންދޫބުންނަށް ވުމުގެ ފުރުސަތު ހުޅުވާލައިފި

ކުރިއަށް އޮތް ލޯކަލް ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އިލެކްޝަން ކޮމިޝަނުން ހުޅުވާލައިފި އެވެ. ކޮމިޝަނުން ބުނީ އަންނަ އޭޕްރީލު މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބުގެ ވޯޓުނެގުމާއި ވޯޓުގުނުމުގެ ކަންތައްތައް ހިނގާ ނުހިނގާގޮތް ބެލުމަށް، ވޯޓުނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް ހިނގާ، އެ ކެންޑިޑޭޓެއްގެ މަސްލަހަތު ހިމެނޭ ކޮންމެ މަރުކަޒަކ...

އޭޕްރީލް 4 ގައި އޮންނަ އިންތިޚާބުގައި ކޮންމެ މީހަކަށް ތިން ވޯޓު ކަރުދާސް ލިބޭނެ
Raajje

އޭޕްރީލް 4 ގައި އޮންނަ އިންތިޚާބުގައި ކޮންމެ މީހަކަށް ތިން ވޯޓު ކަރުދާސް ލިބޭނެ

އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގައި ވޯޓުލާ ކޮންމެ މީހަކަށް ތިން ވޯޓު ކަރުދާސް ލިބޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ. މިކަން ހާމަކުރެއްވީ ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްގެ “ރާއްޖެމިއަދު” ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ މެންބަރު ޙަސަން ޒަކަރިއްޔާއެވެ. އޭޕްރީލް 4 ގައި ކުރިއަށްދާނީ ޖުމްލަ ތިން ވޯޓެކެވެ. އެއީ ލޯކަލް ކައުންސިލްތަކަށް މެންބަރުން އިންތިޚާބު ކުރުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ...

29 ރިސޯޓަކާއި ސިނާއީ ތިން ރަށަކާއި މެލޭޝިއާ، ލަންކާގައި ވޯޓު ފޮށި ނުބަހައްޓާނެ
Raajje

29 ރިސޯޓަކާއި ސިނާއީ ތިން ރަށަކާއި މެލޭޝިއާ، ލަންކާގައި ވޯޓު ފޮށި ނުބަހައްޓާނެ

4 އެޕްރީލް 2026 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގައި، ބައެއް ރިސޯޓުތަކާއި ސިނާއީ ރަށްތަކުގެ އިތުރުން ރާއްޖެއިން ބޭރުގެ ދެ ގައުމެއްގައި ވޯޓުފޮށި ނުބަހައްޓަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ. މިގޮތަށް ނިންމީ ވޯޓުފޮށި ބެހެއްޓުމަށް ކޮމިޝަނުން ކަނޑައަޅާފައިވާ އަދަދަށް އެ ތަންތަނުގައި މީހުން ރީ-ރަޖިސްޓަރީ ވެފައި ނުވާތީއެވެ. އިލެކްޝަންސް ކޮމިޝަނ...

ވޯޓުގެ ސިއްރުކަން ގެއްލޭ ފަރާތްތަކަށް އެހެން ފޮށްޓަކަށް ރަޖިސްޓަރީވާން ހުޅުވާލައިފި
Raajje

ވޯޓުގެ ސިއްރުކަން ގެއްލޭ ފަރާތްތަކަށް އެހެން ފޮށްޓަކަށް ރަޖިސްޓަރީވާން ހުޅުވާލައިފި

4 އޭޕްރީލް 2026 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގައި، ރަޖިސްޓަރީ ކޮށްފައިވާ ފޮށީގެ ގޮތުން ވޯޓުގެ ސިއްރުކަން ގެއްލޭ ފަރާތްތަކަށް އެހެން ފޮށްޓަކަށް ރަޖިސްޓަރީވުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު  ހުޅުވާލައިފިއެވެ. މިގޮތުން ވޯޓުގެ ސިއްރުކަން ގެއްލޭ މީހުންގެ މަޢުލޫމާތު ހިމެނޭ ލިސްޓެއް އެ ކޮމިޝަނުން މިހާރު ވަނީ ޢާންމުކޮށްފައެވެ. މި ލިސްޓުގަ...

ޖޭއެސްސީ އަށް ޝަފީޢު، އީސީ އަށް ރިފްޢަތު ޢައްޔަނުކުރަށްވައިފި
Raajje

ޖޭއެސްސީ އަށް ޝަފީޢު، އީސީ އަށް ރިފްޢަތު ޢައްޔަނުކުރަށްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދެ ކޮމިޝަނެއްގެ މެންބަރުކަމުގެ މަގާމަށް މިއަދު ދެ ބޭފުޅުން ޢައްޔަނުކުރަށްވައިފިއެވެ. މިގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އާއި އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ވަނީ އައު މެންބަރުން ޢައްޔަނުކުރައްވާފައެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަނުކުރެއްވީ ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުން އިންތިޚާބުކުރި ފަނޑިޔާރެއްގެ ހައިސިއްޔަތުން، ކ. ދިއްފުށި، ސްވީޓްމީޑް އަލްއުސްތާޛު ޙަސަން ޝަފީޢު އެވެ. އަދި އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ޢައ...

ދެ އިންތިހާބު އެއްކޮށްލާ ވޯޓަށް ރީ-ރަޖިސްޓްރީ ވުމަށް ހުޅުވާލައިފި
Raajje

ދެ އިންތިހާބު އެއްކޮށްލާ ވޯޓަށް ރީ-ރަޖިސްޓްރީ ވުމަށް ހުޅުވާލައިފި

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމާއި ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓަށް ރީ-ރަޖިސްޓަރވުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަނުން ހުޅުވާލައިފިއެވެ. އެ ކޮމިޝަނުން މި ފުރުސަތު ހުޅުވާލާފައިވަނީ މިއަދު ހެނދުނު 10:00 އިން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ މެންދުރުފަހު 3:00 ގެ ނިޔަލަށެވެ. މި މުއްދަތުގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ މިހާރު ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަން ބަދަލުކުރުމަށް ބޭނުންވާ ފަރާތްތައް އެކަންޏެވެ. ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން...

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ގޮތުން ނަގާ ޢާންމު ވޯޓު ނެގުމަށް އިޢުލާންކޮށްފި
Raajje

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ގޮތުން ނަގާ ޢާންމު ވޯޓު ނެގުމަށް އިޢުލާންކޮށްފި

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށް ޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފައިވާ “ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު” ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމަށް ރައްޔިތުން ދެކޭގޮތް ބެލުމަށް ވޯޓެއް ނަގަން ނިންމާފައިވާތީ މި ވޯޓާ ގުޅޭ ކަންކަން އިލެކްޝަން ކޮމިޝަން (އީސީ) އިން އިއުލާނުކޮށްފި އެވެ. އީސީން ބުނީ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައިވާ ސުވާލަށް ރައްޔިތުން ރުހޭތޯ ބެލުމަ...

ކައުންސިލް/ޑަބްލިޔުޑީސީ އިންތިޚާބު: ރީ-ރަޖިސްޓަރީ ވުމުގެ ފުރުޞަތު މާދަމާ އިން ފެށިގެން
Raajje

ކައުންސިލް/ޑަބްލިޔުޑީސީ އިންތިޚާބު: ރީ-ރަޖިސްޓަރީ ވުމުގެ ފުރުޞަތު މާދަމާ އިން ފެށިގެން

2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ (ޑަބްލިޔުޑީސީ) އިންތިޚާބުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރީ-ރަޖިސްޓަރީ ވުމުގެ ފުރުޞަތު މާދަމާ ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން (އީސީ) ހާމަކޮށްފިއެވެ. މި އިންތިޚާބު ބޭއްވުމަށް ތާވަލުކޮށްފައިވަނީ 2026 އެޕްރީލް 4 ވާ ހޮނިހިރު ދުވަހުއެވެ. އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދިން ގޮތުގައި، ރަޖިސްޓަރީވެފައިވާ ތަން ނޫން އެ...

ކައުންސިލް/ޑަބްލިޔުޑީސީ އިންތިޚާބު: 2888 މީހެއްގެ ކެންޑިޑެންސީ ބަލައިގެންފި
Raajje

ކައުންސިލް/ޑަބްލިޔުޑީސީ އިންތިޚާބު: 2888 މީހެއްގެ ކެންޑިޑެންސީ ބަލައިގެންފި

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ)ގެ އިންތިޚާބު 2026 އަށް ކުރިމަތިލި 2888 މީހެއްގެ ކެންޑިޑެންސީ ބަލައިގެންފައިވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ. އީސީން މިއަދު އާންމުކުރި މައުލޫމާތަށް ބަލާއިރު، 30 ޖެނުއަރީ 2025ގެ 23:00ގެ ނިޔަލަށް ކައުންސިލްތަކަށް ކުރިމަތިލި މީހުންގެ ތެރެއިން 1556 މީހެއްގެ ކެންޑިޑެންސީ ވަނީ ބަލައިގެންފައެވެ. އެއީ ސިޔާސީ ޕާޓީތަކުން 1197 މީހަކާއި، އަމިއްލަގޮތުން ވާދަކުރާ 359 މީހެކެވެ. މި މުއްދަތުގައ...

ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ސުންގަޑި މިއަދު ހަމަވާނެ، މެންދުރާއި ހަމައަށް 639 ޝަކުވާ
Raajje

ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ސުންގަޑި މިއަދު ހަމަވާނެ، މެންދުރާއި ހަމައަށް 639 ޝަކުވާ

މިއަހަރުގެ އެޕްރީލް 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މިއަދު ހަމަވާނެއެވެ. އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، މިއަދު މެންދުރު 12:00 ގެ ނިޔަލަށް ޖުމްލަ 639 ޝަކުވާ ވަނީ އެ ކޮމިޝަނަށް ލިބިފައެވެ. ލިބިފައިވާ ޝަކުވާތަކުގެ ތަފްސީލަށް ބަލާއިރު، އޭގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ...