Skip to main content
Topic Archive

#އުތީމު ކައުންސިލް

95 Stories filed
އުތީމުގައި ވެރިފަރާތް ނޭނގި ގިނަދުވަސްވެފައިވާ ދޯންޏެއް ވެރި ފަރާތް ހޯދަނީ
Raajje

އުތީމުގައި ވެރިފަރާތް ނޭނގި ގިނަދުވަސްވެފައިވާ ދޯންޏެއް ވެރި ފަރާތް ހޯދަނީ

ހއ. އުތީމު ބަނދަރުގައި ވެރިފަރާތެއް ނޭނގި ގިނަ ދުވަސްތަކެއްވާންދެން އޮތް ދޯންޏެއްގެ ވެރިފަރާތް ހޯދުމަށް އުތީމު ކައުންސިލުން އިއުލާނުކޮށްފިއެވެ. އުތީމު ކައުންސިލުން އާއްމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ އުތީމު ބަނދަރުގައި ވެރިފަރާތެއް ނޭނގި ގިނަ ދުވަސްތަކެއްވާންދެން އޮންނަ، ރަޖިސްޓްރީ ނަންބަރު : P2189B-01 05-K ދޯނީގެ މިލްކު ވެރިފަރާތް ހޯދަން ބޭނުންވާކަމަށެވެ. އެހެންކަމުން އެ ދޯނީގެ ވެރިފަރާތެއްވާނަމަ، 17 ސެޕްޓެމްބަރ 2025 ވާ ބުދަ ދުވަހު މެންދުރު 2 ޖެހުމުގެ ކުރިން އުތީމު ކައުންސިލް އިދާރާއަށް...

އުތީމު ''އޮނުހިޔާ'' ހުޅުވައިފި
Thiladhunmathi News

އުތީމު ''އޮނުހިޔާ'' ހުޅުވައިފި

އުތީމު އިސްރަށްވެހީންގެ މައިޒާން، ”އޮނުހިޔާ” ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުޅުއްވައިދެއްވައިފިއެވެ. ރައީސް މިތަން ހުޅުއްވައިދެއްވީ، ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވުމަށް މިއަދު އުތީމަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ. އުތީމު އިސްރަށްވެހީންގެ މައިޒާން، އޮނުހިޔާ ހުޅުއްވައިދެއްވުމަށްފަހު ބޮޑުތަކުރުފާނުގެ ހަނދާނުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ އެ މައިޒާނުގައި ހައިވަކަރު ދެ ގަސް އިންދަވާފައެވެ. ޤައުމީ ދުވަހުގެ މުނާސަބަތުގައި...

ނިޝާން ދިޔަމިގިލި ޝަރަފްގެ ޢިއްޒަތް އުތީމު އާދަމް އަބުދުއްރަޙްމާން
Thiladhunmathi News

ނިޝާން ދިޔަމިގިލި ޝަރަފްގެ ޢިއްޒަތް އުތީމު އާދަމް އަބުދުއްރަޙްމާން

ދިވެހި ދައުލަތުން އަރުވާ ނިޝާން ދިޔަމިގިލި ޝަރަފް (ނ.ދ.ޝ.ޢ)ގެ ޢިއްޒަތް އުތީމު އާދަމް އަބުދުއްރަޙްމާން (އުތީމު އާދަމްބެ) އަށް މިއަދު އަރުވައިފިއެވެ. މި ޝަރަފްއާދަމްއަބުދުއްރަޙްމާނަށް މިއަދު އަރުވާފައި ވަނީ އުތީމުގައި މިހާރު ކުރިއަށްދާ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ. މި ޝަރަފް އާދަމްއަބުދުއްރަޙްމާނަށް އެރުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. އަދި މި ޝަރަފާއި ހަވާލުވެލެއްވީ އާދަމް އަބުދުއްރަޙްމާނެވެ. އާދަމް އަބުދުއްރަޙްމާނަކީ ހއ.އަތޮޅުވެރިކަމާއި، އަތޮޅުތެރޭ ކިޔަވައިދޭ ތަންތަނުގެ ނާޒިރުކަމާއ...

ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޚާއްޞަ ޝަރަފު އުތީމު ރައްޔިތުންނަށް އަރުވައިފި
Thiladhunmathi News

ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޚާއްޞަ ޝަރަފު އުތީމު ރައްޔިތުންނަށް އަރުވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޚާއްޞަ ޝަރަފު، ތިލަދުންމަތީ އުތުރުބުރީ (ހއ.) އުތީމު ރައްޔިތުންނަށް މިއަދު އަރުވައިފިއެވެ. މި ޝަރަފް އުތީމު ރައްޔިތުންނަށް މިއަދު އަރުވާފައި ވަނީ އުތީމުގައި މިހާރު ކުރިއަށްދާ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ. މި ޝަރަފް އުތީމަށް އެރުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. އުތީމުގެ ފަރާތުން އެ ޝަރަފްގެ އައްޑަނަ އާއި ހަވާލުވެލެއްވީ ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދެވެ. މިޖަލްސާގައި އުތީމު ރައްޔިތުން އުތީމު ގަނޑުވަރު […]

އުތީމުން މި ފެނުނީ އާދަޔާ ޚިލާފް ޤައުމީ ރޫހެއް
Report

އުތީމުން މި ފެނުނީ އާދަޔާ ޚިލާފް ޤައުމީ ރޫހެއް

ދިވެހި ޤައުމީ ދުވަސް އެދުވަހަކަށް ނިސްބަތްވާ ރަބީޢުލްއައްވަލު މަހުގެ 1 ވަނަ ދުވަހަކީ ތިލަދުންމަތިން އުފެދުނު ޤައުމީ ބަދަލު އުތީމު މުޙައްމަދު ތަކުރުފާނު، އެޒަމާނުގެ ކަނޑުގެ “ބާޒު” ގޮތުގައި ސިފަކުރެވުނު ވަރުގަދަ ޕޯޗުގީޒުންގެ ވަކިތަކުން މި ދިވެހި އުންމަތް މިނިވަން ކުރެއްވި ދުވަހެވެ. މުޅި ރާއްޖެއަށް ޕޯޗުގީޒުންގެ ހަންފަތުރައި، އަނިޔާ ވެރިކަން އިންތިހާއަށްގޮސް، ޣައިރު ދީނަށް ދިވެހިން މަޖުބޫރުން ވައްދަމުން ދިޔަ ދިޔުން ހުއްޓުމަށް ނުކުންނެވީ ތިލަދުންމަތީ ހއ. އުތީމު ތިންބެއިން އިސްވެ ތިއްބަވައިގެންނެވެ. މ...

އުތީމު ފެނަކަ ބްރާންޗުގެ އަހަރީ ހަދިޔާއަކަށް ކައުންސިލުން އެކްޓިވިޓީ ޔުނީފޯމު ހަދިޔާކޮށްފި
Thiladhunmathi News

އުތީމު ފެނަކަ ބްރާންޗުގެ އަހަރީ ހަދިޔާއަކަށް ކައުންސިލުން އެކްޓިވިޓީ ޔުނީފޯމު ހަދިޔާކޮށްފި

ހއ. އުތީމު ފެނަކަ ބްރާންޗުގެ 2025 ވަނަ އަހަރީ ދުވަހުގެ މުނާޞަބަތުގައި އުތީމު ކައުންސިލުން ހަދިޔާކޮށްފައިވާ އެކްޓިވިޓީ ޔުނީފޯމު އެ ބްރާންޗާއި ހަވާލުކޮށްފިއެވެ. މި މަސައްކަތުގެ ދަށުން އުތީމު ކައުންސިލުން ވަނީ އެ ރަށު ފެނަކަ ބްރާންޗުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނަށް އެކްޓިވިޓީ ޔުނީފޯމު ހަވާލުކޮށްފައެވެ. އުތީމު ކައުންސިލުގެ ރައީސް އަބްދުالله ރަޝީދު “ތިލަދުން” އަށް ވިދާޅުވެފައިވަނީ މި މަސައްކަތަކީ އުތީމު ކައުންްސިލުގެ ފަރާތުން އުތީމު ފެނަކަ ބްރާންޗުގެ ހުރިހާ މުވައްޒަފުންނަށް އަހަރީ ދުވަސް...

ޓާފް އަޅާ ނިންމާލިތާ ކުޑަ ދުވަސްކޮޅެއްތެރޭ އުތީމު ބޯޅަ ދަނޑުގައި ލައިޓް ޖަހަން ބީލަމަށް
Thiladhunmathi News

ޓާފް އަޅާ ނިންމާލިތާ ކުޑަ ދުވަސްކޮޅެއްތެރޭ އުތީމު ބޯޅަ ދަނޑުގައި ލައިޓް ޖަހަން ބީލަމަށް

ހއ. އުތީމު ފުޓްބޯޅަ ދަނޑުގައި އަމިއްލަ ތަކެތީގައި ލައިޓް ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް، އެ ރަށު ކައުންސިލުން ބީލަމަށް ހުޅުވާލައިފިއެވެ. މި ދަނޑުގައި ޓާފް އަޅައި ނިންމާލިކަން ޔޫތު މިނިސްޓްރީން ހާމަކުރީ މީގެ ހަތަރު ވަރަކަށް ދުވަސް ކުރިންނެވެ. އެއަށްފަހު މިއަދު ވަނީ އުތީމު ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި އެ ދަނޑުގައި ލައިޓް ޖެހުމަށް އުތީމު ކައުންސިލުން ބީލަމަށް ހުޅުވާލައިފައެވެ. އުތީމު ކައުންސިލުން ބީލަމަށް ހުޅުވާލައި ނެރުނު އިޢުލާނުގައިވާ ގޮތުން، […]

އުތީމު ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ނިންމާލައިފި
Thiladhunmathi News

އުތީމު ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ނިންމާލައިފި

ހއ. އުތީމުގައި ޤާއިމްކުރާ ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އުތީމު ކައުންސިލުން ބުނެފިއެވެ. އުތީމުގައި ޤާއިމްކުރާ މި ދަނޑަކީ މިނިސްޓްރީ އޮފް ސްޕޯރޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަން އިން ގާއިމުކޮށްދޭ ދަނޑެކެވެ. އެގޮތުން މި ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ނިމުމާއި ގުޅިގެން އުތީމު ކައުންސިލުން ބުނެފައިވަނީ ވަރަށް އަވަހަށް އާންމު ރައްޔިތުންނަށް ދަނޑު ބޭނުންކުރުމުގެ ހުއްދަ ލިބިގެންދާނެކަމަށެވެ. އަދި މި މަސަައްކަތް މިހާ ފުރިހަމަ އަށް ކުރިއަށް ގެންގޮސްފައިވާތީ އުތީމ...

އުތީމުން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށް ހުޅުވާލައިފި
Thiladhunmathi News

އުތީމުން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށް ހުޅުވާލައިފި

ހއ. އުތީމު ކައުންސިލުން އެރަށުން ދިރިއުޅުމަށް ޓަކައި 2000 އަކަފޫޓުގެ 31 ބަންޑާރަ ގޯތި ދޫކުރުމަށް ނިންމައި، އެކަމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު އެރަށު ކައުންސިލުން ހުޅުވާލައިފިއެވެ. އުތީމު ކައުންސިލުން ބުނި ގޮތުގައި، މި 31 ގޯތި ދޫކުރުމަށް ނިންމާފައިވަނީ ކައުންސިލްގެ 04 ވަނަ ދައުރުގެ 137 އަދި 211 ވަނަ ބައްދަލުވުމުން މިކަން ފާސްކޮށްފަ އެވެ. އެގޮތުން، ކައުންސިލުން އެކަށައަޅާ ފާސްކޮށްފައިވާ އުޞޫލުތަކާއި އެއްގޮތަށް ބަންޑާރަ ގޯއްޗަށް ޝަރުޠު ހަމަވާ ފަރާތްތަކަށް މިގޯތިތައް ދޫކުރުމަށް […]

ތިލައުތުރު ފުޓްސަލް މުބާރާތް މި އަހަރު އުތީމުގައި
Thiladhunmathi News

ތިލައުތުރު ފުޓްސަލް މުބާރާތް މި އަހަރު އުތީމުގައި

ހއ.އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ތިލައުތުރު ފުޓްސަލް މުބާރާތް 2025 މި އަހަރު ހއ. އުތީމުގައި ބާއްވަން ހަމަޖެހިއްޖެއެވެ.  މި މުބާރާތް އުތީމުގައި ބާއްވަން ހަމަޖެހިފައިވަނީ މުބާރާތް ހޯސްޓް ކުރުމަށް އަތޮޅު ކައުންސިލުން ހުޅުވާލި ފުރުސަތުގައި އުތީމު ކައުންސިލުން ބީލަން ކާމިޔާބުކޮށްގެންނެވެ. މި މުބާރާތް ހޯސްޓް ކުރުމުގެ ގޮތުން މިއަދު ވަނީ ހއ އަތޮޅު ކައުންސިލާއި އުތީމު ކައުންސިލާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެތައް ބައެއްގެ ތަރުހީބާއި އެއްބާރުލުމާއެކު އިންތިޒާމްކޮށްގެން ބާއް...

އުތީމުގައި ސީސީޓީވީ ކެމެރާ ހަރުކުރުމަށް މަޝްވަރާކޮށްފި
Thiladhunmathi News

އުތީމުގައި ސީސީޓީވީ ކެމެރާ ހަރުކުރުމަށް މަޝްވަރާކޮށްފި

ހއ. އުތީމު ކައުންސިލާއި، އުތީމުގެ އަންހެންނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް، އިސްމާއީލް ނަވީން ބައްދަލުކުރައްވައިފިއެވެ. އެގޮތުން ޝަހީދު ހުސައިން އާދަމް ބިލްޑިންގގައި އިއްޔެ ބޭއްވި މި ބައްދަލުވުމުގައި، އުތީމުގެ ފުލުހުންގެ ހިދުމަތް ފުޅާކުރުމަށާއި ކުށްމަދު އަމާން ވެއްޓަކަށް އުތީމު ހެދުމަށާއި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ރަށުތެރޭގައި ސީސީޓީވީ ކެމެރާ ހަރުކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފަވެއެވެ. މީގެ އިތުރުން އުތީމަކީ މިހާރަށްވ...

ވަޒީރު ވިދާޅުވީ އުތީމު އުޅެނީ ކުރީގައި ކަމަށް، ކައުންސިލް އައު އިމާރާތް އަޅަން އިއުލާންކޮށްފި
Thiladhunmathi News

ވަޒީރު ވިދާޅުވީ އުތީމު އުޅެނީ ކުރީގައި ކަމަށް، ކައުންސިލް އައު އިމާރާތް އަޅަން އިއުލާންކޮށްފި

ތިލަދުންމަތީ އުތުރުބުރީ އުތީމް ކައުންސިލްގެ އައު އިމާރާތް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް، އެ ރަށު ކައުންސިލުން އިއުލާން ކޮށްފިއެވެ. އުތީމް ކައުންސިލް އައު އިމާރާތަކީ، ސަރުކާރުން ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން އިމާރާތްކުރުމަށް ހަމަޖެހިފައިވާ 55 ކައުންސިލް އިދާރާގެ ތެރޭގައި ހިމެނޭ ކައުންސިލް އިމާރާތެކެވެ. މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފު އުމަރު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރުން އިމާރާތްކުރާ 55 ކައުންސިލްގެ ތެރެއި...

އުތީމު އައުޓްޑޯރ ޖިމް ވަގުތީ ގޮތުން ބޭނުން ކުރަން ފަށައިފި
Thiladhunmathi News

އުތީމު އައުޓްޑޯރ ޖިމް ވަގުތީ ގޮތުން ބޭނުން ކުރަން ފަށައިފި

ހއ. އުތީމުގައި މިނިސްޓްރީ އޮފް ސްޕޯރޓްސް، ފިޓްނެސް އެންޑް ރެކްރިއޭޝަން ގެ ފަރާތުން ތަރައްގީކުރި އައުޓްޑޯރ ޖިމް ވަގުތީ ގޮތުން ބޭނުން ކުރުމަށް މިއަދު ރައްޔިތުންނަށް ހުޅުވާލައިފިއެވެ. އުތީމް ކައުންސިލްގެ ރައީސް އަބްދުالله ރަޝީދު ތިލަދުންނަށް މައުލޫމާތު ދިން ގޮތުގައި ޖިމް ތަރައްޤީކޮށްފައި ވަނީ އުތީމު ސްޕޯރޓސް އެރީނާ ގައެވެ. މި ސަރަހައްދުގައި ފުޓްސަލް ދަނޑު، ބޯޅަ ދަނޑު އަދި ވޮލީ ކޯޓެއްވެސް ހިމެނެއެވެ. މި ގޮތުން ޖިމް ބޭނުން ކުރާ ރައްޔިތުންނަށް ފަސޭހަ ވާނެހެން ބޯޅަ […]

"ރަށު އެކްސްޕޯ" ގެ ބެސްޓް ކައުންސިލަކަށް، އުތީމް ކައުންސިލް
Thiladhunmathi News

"ރަށު އެކްސްޕޯ" ގެ ބެސްޓް ކައުންސިލަކަށް، އުތީމް ކައުންސިލް

ލޯކަލް ޓްއަރިޒަމާއި، ރަށްރަށުގެ ސަގާފަތާއި އާދަކާދަ ޕްރޮމޯޓް ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ދި ޓްރެވްލް ގާއީޒްގެ ފަރާތުން އިންތިޒާމް ކޮށްގެން ބޭއްވި “ރަށު އެކްސްޕޯ 2025” ގެ ބެސްޓް ކައުންސިލް ޓީމް އެވޯޑް، ތިލަދުންމަތީ އުތުރުބުރީ އުތީމް ކައުންސިލަށް ލިބިއްޖެއެވެ. ރަށު އެކްސްޕޯގައި އުތީމް ކައުންސިލުން ވަނީ އެ ރަށް ޕްރޮމޯޓް ކުރުމަށްޓަކައި، އެ ރަށުގެ ސަގާފަތާއި އާދަކާދައިގެ އިތުރުން އެ ރަށުގައި އުފައްދާ ތަފާތުތަކެތި، އެ ރަށަށް ހާއްސަ ސްޓޯލުގައި ބަހައްޓާފައެވެ. ހާއްސަކޮށް އެރަށުގައި […]

އުތީމް ކައުންސިލް ލޯގޯއާއި ޔުނީފޯމް އިފްތިތާހް ކޮށްފި
Thiladhunmathi News

އުތީމް ކައުންސިލް ލޯގޯއާއި ޔުނީފޯމް އިފްތިތާހް ކޮށްފި

ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލްގެ ރަސްމީ ލޯގޯއާއި ޔުނީފޯމް އިފްތިތާހް ކޮށްފިއެވެ. އުތީމު ކައުންސިލުގެ ރަސްމީ ލޯގޯއާއި ޔުނީފޯމް ރަސްމީކޮށް އިފްތިތާހް ކޮށްފައި ވަނީ އެކަމަށްޓަކައި ރޭ އުތީމު ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒުގައި ބޭއްވި ހަފްލާގައެވެ. ހަފްލާ ޝަރަފްވެރި ކޮށްދެއްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢުއެވެ. ލޯގޯއިން ރަމްޒުކޮށްދޭ ކަންކަން ލޯގޯގައި ދޯންޏެއްގެ ސިފައިގައި ރަމްޒުކޮށްދޭބައިން ބުނެދެނީ އުތީމު ތިންބެއިން ރާއްޖެ އިސްލާމް ކުރެއްވުމަށ...