ބޭނުންވަނީ ޤައުމަށްޓަކައި މޭ އައްޑަނައަކަށް ދިއްކޮށްލަދޭނެ ދަރިން: އުތީމު ރައީސް
މި ދިވެހި ޤައުމަށް ބޭނުންވެފައި ވަނީ އުތީމު ބޮޑުތަކުރުފާނު ފަދަ، ޤައުމަށްޓަކައި މޭ އައްޑަނައަކަށް ދިއްކޮލަދޭނެ ކެރޭ، މުރާލި ވަފާތެރި ދަރީންކަމަށް އުތީމު ކައުންސިލްގެ ރައީސް އަބުދުﷲ ރަޝީދު ވިދާޅުވެއްޖެއެވެ. މިއަހަރުގެ ޤައުމީ ދުވަސް އަތޮޅު ފެންވަރުގައި ފާހަގަކޮށްފައިވަނީ ހއ. އުތީމުގައެވެ. މިދުވަސް ފާހަގަކުރަނީ އުތީމަށް އުފަން މުޅި ގައުމުގެ ފަޚުރެއްކަމަށްވާ އައްސުލްޠާން މުޙައްމަދު ތަކުރުފާނުލް އައުޒަމް (ބޮޑު ތަކުރުފާނު) ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްކުރެއްވި ޒިކުރާ އާކުރުމުގެ ގޮތުންނ...