ރައީސް ސަލާމަތީ ބާރުތަކާއި ބައްދަލުކުރައްވައި ޚިދުމަތުގެ މެޑެލި ދެއްވައިފި
ދިވެހިރާއްޖޭގެ މިނިވަންދުވަހާ ގުޅިގެން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދިވެހި ސިފައިންނާއި ފުލުހުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައެވެ. މި ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވީ ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫނާއި، ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީ އަދި ޕޮލީސް ކޮމިޝަނަރ އިސްމާޢީލް ނަވީންއެވެ. މި ރަސްމިއްޔާތަށް ވަ...