ފަލަސްޠީނުގެ މައްސަލަ ޙައްލުކުރުގެ ގަރާރު ބަލައިގަތުމުން ރައީސްގެ މަރުޙަބާ
ސުލްޙަވެރިގޮތުގައި ފަލަސްޠީނުގެ މައްސަލަ ޙައްލުކުރުމާއި ދެ ދައުލަތުގެ ޙައްލު ތަންފީޒުކުރުމާ ގުޅޭ “ނިއުޔޯކް ޑެކްލެރޭޝަން” ބަލައިގަތުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ރަސްމީ ބަޔާނެއް ނެރުއްވައިފިއެވެ. މި ޤަރާރަކީ 2025 ވަނަ އަހަރުގެ ޖުލައި 28 އިން 30 އަށް، ސަޢޫދީ ޢަރަބިއްޔާ އާއި ފަރަންސޭސިވިލާތުގެ ރިޔާސަތުގައި، އދ. ގައި ބޭއްވުނު މަތީ ފެންވަރުގެ ބައިނަލްއަޤްވާމީ ކޮންފަރެންސްގެ ނަތީޖާ ކަރުދާހެވެ. ރައީސް މުޢިއްޒުގެ ބަޔާނުގައި މި ޤަރާރު ބަލައިގަތުމަކީ ދިވެހި ސަރުކާރުން މަރ...