ކެންދޫ ފެނާއި ނަރުދަމާގެ ޚިދުމަތް ރައީސް އިފްތިތާޙްކޮށްދެއްވައިފި
ބ. އަތޮޅު ކެންދޫގައި ޤާއިމްކުރި ފެނާއި ނަރުދަމާގެ ޚިދުމަތް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިފްތިތާޙްކޮށްދެއްވައިފިއެވެ. މި ޚިދުމަތް އިފްތިތާޙްކުރެއްވީ ރައީސް ބ. އަތޮޅަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ކެންދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައެވެ. 56.26 މިލިއަން ރުފިޔާގެ އަގުހުރި މި މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އާ ހަވާލުކޮށްގެންނެވެ. މި މަޝްރޫޢުގެ ދަށުން ފެނުގެ ނިޒާމް ޤާއ...