ފުޅަދޫގެ ރައްޔިތުން ބޭނުންވާގޮތަށް ތަރައްގީ ގެނެސްދޭނަން: ރައީސް
ސަރުކާރުގެ ހުރިހާ ޝައުގެއް ހުރީ ބ. ފުޅަދޫގެ ރައްޔިތުން ބޭނުންވާ ގޮތަށް، އެ އަމާޒަށް ތަރައްޤީ ގެންގޮސްދެއްވުމަށްކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހޯމަ ދުވަހު ބ. އަތޮޅުގެ މީހުން އުޅޭ ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އަށް ވަނަ މަޒްޒިލްގެ ގޮތުގައި ރޭ ވަނީ ފުޅަދޫ އަށް ވަޑައިގެންފައެވެ. ފުޅަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ފުޅަދޫގެ ތަރައްގީގެ ކަންކަމުގައި ރައްޔިތުން ދެއްވާ އެއްބާރުލުމާއެކު […]