''ސަރުކާރުން އަބަދުވެސް ނޫސްވެރިންގެ ޚިދުމަތުގެ އަގުވަޒަންކުރާނެ''
ސަރުކާރުން އަބަދުވެސް ނޫސްވެރިންގެ ޚިދުމަތުގެ އަގުވަޒަންކުރާނެކަމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް އަދި ދައުލަތުގެ މީޑިއާ ޕަބްލިކް ސާވިސް މީޑިއާގެ ޕީ.އެސް.އެމް ނިއުސްގެ ހަތް ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ޕީ.އެސް.އެމް ނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ. ޕީ.އެސް.އެމް. ނިއުސް އިން ރޭ ދުރަށް ދެއްކި މި ބަސްދީގަތުމުގައި ވާހަކަފުޅުދައްކަމުން ނައިބު ރައީސް ވިދާޅުވިގޮތުގައި މީޑިއާތައް އަމިއްލަ...