''ލިޔުންތެރިކަމަކީ އަމާނާތެއް، ޒިންމާދާރުކަން ނެތް ލިޔުންތެރިކަމުން ގެއްލުން ލިބޭ''
ލިޔުންތެރިކަމަކީ އަމާނާތެއް ކަމަށާއި، ޒިންމާދާރުކަމެއް ނެތް ލިޔުންތެރިކަމުން ޤައުމުތަކަށް ބޮޑެތި ގެއްލުންތައް ލިބެމުންދާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ދިވެހިރާއްޖޭގެ ލިޔުންތެރީންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައެވެ. ރައީސް މުޢިއްޒު ދިވެހި ލިޔުންތެރިންގެ ދުވަހުގެ މުނާސަބަތުގައި ޚިޠާބެއް ފޮނުއްވައިފައިވާއިރު، މި ދުވަސް ފާހަގަކުރަނީ 1933 ވަނަ އަހަރުގެ ޖުލައި މަހުގެ 8 ވަނަ ދުވަހު ދިވެހިރާއްޖޭގެ ފުރަތަމަ މަޖައްލާ...