އިސްރާއީލާއި ގުޅުންހުރި އެއްވެސް ކުންފުންޏަކާއި އެއްވެސް މުއާމަލާތެއް ނުކުރަން: އެމްއޭސީއެލް
ހައްދުފަހަނާ އަޅާފައިވާ އިސްރާއީލުގެ ދައުލަތާއި ނުވަތަ އިސްރާއީލާއި ގުޅުންހުރި އެއްވެސް ކުންފުންޏަކާއި އެއްވެސް މުއާމަލާތެއް ކޮށްފައިނުވާނެކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިރޭ ބުނެފިއެވެ. އެމްއޭސީއެލުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހުޅުވުމުގެ ރަސްމިއްޔާތަށް ހަވާ އެރުވުމަށް އެ ކުންފުނިން ހަވާލުކޮށްފައިވާ ކުންފުންޏަކީ އަނިޔާވެރި އިސްރާއީލަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންދާ ކުންފުންޏެއްކަމަށް ބުނެ 7 ޖުލައި 2025 ގައި ...