ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ބިލު މަޖިލީހަށް
ޤައުމީ މުހިއްމު ކަންކަމާއި ރައްޔިތުންނާ ގުޅޭ މައްސަލަތަކުގައި އާންމުންގެ ޚިޔާލު ހޯދުމުގެ މަގުފަހިކުރުމަށް ސަރުކާރުން “ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ބިލު” ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހެވެ. މި ބިލުގެ މަޤްސަދުކަމުގައި ބުނެފައި ވަނީ ޤައުމީ އެކި މައްސަލަތަކާއި ރައްޔިތުންނާ ސީދާ ގުޅުންހުރި ކަންކަމުގައި އާންމު ރައްޔިތުންގެ ވޯޓަށް އެހުމަށް ގާނޫނީ ހަމަތަކާއި އުސޫލުތައް ކަނޑައ...