ރިޔާޟް އެއާޕޯޓަށް އަނެއްކާވެސް ނުރައްކާތެރި ހަމަލާއެއް، އޮޕަރޭޝަންތައް ހުއްޓުމަކަށް
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ދިން އައު ހަމަލާއެއްގައި ބަޔަކު ޒަޚަމްވުމާ ގުޅިގެން، އެ އެއާޕޯޓުގެ އޮޕަރޭޝަންތައް ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މިކަން ހާމަކޮށްފައި ވަނީ ސައުދީ އަރަބިއްޔާގެ ޖެނެރަލް އޮތޯރިޓީ އޮފް ސިވިލް އޭވިއޭޝަން (ގާކާ) އިންނެވެ. ގާކާ އިން ނެރުނު ބަޔާނެއްގައި ބުނީ، މި ހަމަލާ ދީފައި ވަނީ ހޮނިހިރު ދުވަހުގެ (10 އޮކްޓޫބަރު) މެންދުރުފަހުގެ ވަގުތެއްގައި ކަމަށެވެ. އަދި މިއީ ސައުދީ އަރަބިއްޔާގެ މަދަނީ […]