އެތެރެކުރާ ކާނާ މަދުކުރުމަށް 10 ރަށެއްގައި އެގްރޯފޮރެސްޓްރީ ދަނޑުތައް ގާއިމުކުރަނީ، ބާރަށް ހިމެނޭ
ރާއްޖޭގައި ކާނާގެ ޔަގީންކަން ކަށަވަރުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުންނާއި، ފަސް މިލިއަން ގަސް އިންދުމުގެ ގައުމީ ލަނޑުދަނޑި ހާސިލުކުރުމަށް 10 ރަށެއްގައި އެގްރޯފޮރެސްޓްރީ ދަނޑުތައް ގާއިމުކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު މުހައްމަދު ނާއިފެވެ. އަދި މި މަޝްރޫއަށް ބިން ހަމަ...