ބާރަށު ކަނޑޫފަލަކުން މަރުވެފައި ހުރި 1،000 އެއްހާ މަސް ނަގައި ވަޅުލައިފި
ހއ. ބާރަށު ކަނޑޫފަލެއްގައި މަރުވެފައި ހުރި ގާތްގަނޑަކަށް 1،000 މަސް ނަގައި ރައްކާތެރިކަމާއެކު ވަޅުލައިފިއެވެ. މި މަސައްކަތަކީ ބާރަށު ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމ) އަދި އެ ރަށު ސިއްޙީ މަރުކަޒާއި އާންމު ރައްޔިތުން ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މިއީ އެ ރަށުގެ އެންމެ ކަނޑޫފަލަކުން ނެގުނު އަދަދު ކަމަށާއި، އަދިވެސް އިތުރު ކަނޑޫފާތައް ސާފުނުކުރެވި އޮތް ކަމަށް ކައުންސިލުން މައުލޫމާތު ދެއްވައެވެ. މި މަސައްކަތުގައި ބައިވެރިވި އެންމެހާ ފަރާތްތަކަށް ކައުންސިލ...