ދަނޑުގެ ބޭނުން ހިފުމުގައި ޚާއްޞަ ކަންތައްތަކަކަށް ސަމާލުވާން ނައިވާދޫ ރައްޔިތުންގެ ކިބައިން އެދިއްޖެ
ފުޓްބޯޅަ ދަނޑަށް ވަންނައިރު، ބޫޓަށް އަރައިގެން ވަނުމާއި، ފުޓްބޯޅަ ކުޅުމަށާއި، ކަސްރަތު ކުރުމަށް ފިޔަވައި، އެހެން ބޭނުންތަކަށް ދަނޑު ބޭނުން ނުކުރުމަށް ހދ. ނައިވާދޫ ކައުންސިލުން ރައްޔިތުންގެ ކިބައިން އެދެފިއެވެ. ދަނޑަށް އެއްވެސް ބާވަތެއްގެ ގެއްލުމެއް ނުލިބޭނެ ފަދައިން އަދި ދަނޑުގެ ވަށާފާރު ރޭނުމުގެ މަސައްކަތަށް ހުރަސް ނޭޅޭނެ ގޮތަށް ޢަމަލުތައް ބެހެއްޓުމަށް ވެސް ކައުންސިލުން އިލްތިމާސްކުރައްވާފައިވެއެވެ. އަދި އާއިލާތަކަށް އުފާވެރި މާހައުލެއް ހޯދައިދިނުމަށް ތަރައްޤީކޮށްފައިވާ ޕާކުތަކަށް ކުޑަކުދިން ގ...