މުޅި ރަށް ބަނދަރަށް ޖަމާވެ، އައިހަމަށް އުތީމުން ކީ ހިތްގައިމު ސަގާފީ މަރުހަބާއެއް
ފާއިތުވި ސީޒަނުގައި ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ގައުމީ ޓީމުގެ ޒުވާން މިޑްފީލްޑަރު އަހުމަދު އައިހަމް (ފަތޯ) މިއަދު އޭނާގެ އުފަން ރަށަށް އުތީމަށް ދިޔުމުން އެރަށު ރައްޔިތުން ނުކުމެ ހޫނު މަރުޙަބާއެއް ކިޔައިފިއެވެ. އައިހަމަށް މަރުޙަބާ ކިޔުމުގެ ހަރަކާތެއް އުތީމު ކައުންސިލުން އިސްވެ އިންތިޒާމްކޮށްފައިވާއިރު، މިއަދު ހެނދުނު އައިހަމް ދަތުރުކުރި ލޯންޗް އުތީމު ބަނދަރަށް ވަނުމާއެކު އޭނާ ރަަށަށް ފޭބުމުން ފުރަތަމަ މަރުޙަބާ ކިޔާފައި ވަނީ […]