ވިނީޝިއުސްގެ ޝަކުވާ، 500 ފައުލް ކުރިއިރު ވެސް ރީނދޫ ކާޑު ދައްކަނީ އަހަންނަށް، ރެފްރީން އިންސާފްވެރިއެއް ނޫން
ޔުއެފާ ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހު ރޯމާ އަތުން ފަހަތުން އަރައި 4-3 އިން ރެއާލް މެޑްރިޑް މޮޅުވި މެޗަށް ފަހު، ރެފްރީން އޭނާއަށް އަމާޒުކޮށްގެން ކަންކަން ކުރަމުންދާ ކަމަށާއި އޭނާ ފަދަ ހުނަރުވެރި ކުޅުންތެރިންނަށް ރެފްރީންގެ ފަރާތުން އިތުރު ރައްކާތެރިކަން ބޭނުންވާ ކަމަށް ބުނެ ވިނީޝިއުސް ޖޫނިއާ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ. ބްރެޒިލްގެ ފޯވާޑް ބުނީ، އޭނާއާ މެދު ރެފްރީން ކަންކަން ކުރާ ގޮތާ މެދު ހިތްހަމަނުޖެހޭ ކަމަށާއި، ބާސެލޯނާގެ ލަމީން ޔަމާލް އަދި […]