ހދ. ގެ ތަރައްގީއާ ރައްޔިތުންގެ ކަންބޮޑުވުންތަކާ ބެހޭގޮތުން މަޝްވަރާކޮށްފި
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ހދ. އަތޮޅުގެ ތަރައްޤީގެ މަޝްރޫއުތަކާއި އަދި ރައްޔިތުންގެ ކަންބޮޑުވުންތަކާ ބެހޭގޮތުން އެއަތޮޅުގެ ދާއިރާތަކުގެ ރައްޔިތުންގެ މަޖުލިސް މެންބަރުންނާއި ކަމާބެހޭ ދައުލަތުގެ އިދާރާތަކުގެ އިސްވެރިންނާއެކު މިއަދު މަޝްވަރާކުރައްވައިފިއެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވެވި މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި މި ސަރުކާރުން ޚިދުމަތްތައް ދިނުމުގައި އެއްވެސް ރަށެއް ތަފާތު ނުކުރައްވާނެކަން ފާހަގަކުރެއްވިއެވެ. ހދ އަތޮޅުގެ ތަރައް...