ރަށުން ބޭރުނުވެ ވިޔަފާރި ރަޖިސްޓަރކުރުމުގެ ހިދުމަތް ލިބެންޖެހޭ: ޝިފާޢު
ރަށުން ބޭރުނުވެ ވިޔަފާރި ރަޖިސްޓަރކުރުމުގެ ހިދުމަތް ލިބެންޖެހޭކަމަށް އިހަވަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެ އެވެ. ސަރުކާރު ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ބިލާ ގުޅޭ ގޮތުން މަޖިޅިހުގައި ވާހަކަ ދައްކަވަމުން މެމްބަރު ޝިފާއު ވިދާޅުވީ ރާއްޖެ ލާމަރުކަޒީ ރާއްޖެއަކަށް ދަތުރު ކުރާއިރު ވިޔަފާރި ރެޖިސްޓްރީ ކުރުން ފަދަ ކޮންމެ ޚިދުމަތަކީވެސް ރައްޔިތު މީހާ އެ ހުންނަ ފަސްގަނޑުން ފަސޭހަކަމާއި އެކު ލިބޭނެ ޚިދުމަތަކަށް ވާން އެބަޖެހޭކަމަށެވެ. “ސަރުކާރ...