ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން ނަޝީދުއާ ދެކޮޅަށް ކުރި ދައުވާ ސުޕްރީމް ކޯޓުން ވެސް ނާކާމިޔާބު
ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދުގެ އަތުން ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން ބޭރު މީހަކު ކުރި ދައުވާގައި އެ ފައިސާ ނަޝީދު ދައްކަން ނުޖެހޭ ކަމަށް ސުޕްރީމް ކޯޓުން ވެސް ހުކުމްކޮށްފި އެވެ. އިންޑިއާގެ މީހެއް ކަމަށްވާ ޑރ. އަލަކާ ސިންގް ދައުވާުކުރީ އޭނާ އިންވެސްޓްކުރި ކަނޑު އުޅަނދެއް އެހެން މީހަކަށް ވިއްކާލުމުގެ މުއާމަލާތާ ގުޅިގެންނެވެ. އެއީ އެ އުޅަނދު އެހެން މީހަކަށް ވިއްކާލީ ބޭނުންވި އަގަށް […]