ބާސާއާއި ރެއާލް މޮޅުވިއިރު ޖިރޯނާ ބަލިވެއްޖެ
ސްޕެނިޝް ލަލީގާގެ ޕޮއިންޓް ތާވަލުގެ ކުރީގައި އުޅޭ ތިން ޓީމްގެ ތެރެއިން ބާސެލޯނާއާއި ރެއާލް މެޑްރިޑް ކުޅުނު މެޗުތައް ކާމިޔާބުކުރި އިރު ޖިރޯނާ ބަލިވެއްޖެއެވެ. ރަށުން ބޭރުގައި ރޭ ރެއާލް ނުކުމެފައި ވަނީ މަޔޯކާއާއި ދެކޮޅަށެވެ. މި މެޗު ރެއާލުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. މި މެޗުގައި ރެއާލުން ކާމިޔާބުކުރި ހަމައެކަނި ލަނޑު ދެވަނަ ހާފުގެ ކުރީކޮޅު ޖަހައިދިނީ ޗުއަމެނީއެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ މަޔޯކާގެ އޭރިއާ ބޭރުގައި ހުރެ […]