ހިރިމަރަދޫ ރައްޔިތުން މިފަހަރު ފިތުރު އީދު ހާއްސަކުރީ ފަލަސްތީނަށް އެހީވުމަށް
ހާލުގައި ޖެހިފައިވާ ފަލަސްތީނަށް އެހީތެރިވުމަށް ބޭނުންވާ ފައިސާ ހޯދުމަށް ހދ.ހިރިމަރަދޫގައި ކުރިއަށް ގެންދިޔަ “ހިރިމަރަދޫ ރައްޔިތުން ފަލަސްތީނާއިއެކު” ހަރަކާތުން ބައިލައްކައަށްވުރެ ގިނަ ރުފިޔާ ހޯދައިފިއެވެ. މި ހަރަކާތަކީ ހިރިމަރަދޫ ކައުންސިލާއި އެ ރަށުގެ މުއައްސަސާތަކާއި ކްލަބް ޖަމިއްޔާތަކުގެ އިތުރުން ރައްޔިތުން ގުޅިގެން ކުރިއަށް ގެންގޮސްފައިވާ ހަރަކާތެކެވެ. މި ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ ރަމަޟާން މަހުގެ ފަހު ދިހަ ދުވަހުން ފެށިގެން ގޮސް އީދު ދުވަހުގެ ނިޔަލަށެވެ. މި ހަރަކާތުގައި އެ ރަށުގެ...