ލިވަޕޫލާއި އާސެނަލް އަށް ނަތީޖާ ނުނެރެވުމުން ޗެމްޕިއަނުން އެއްވަނައަށް
އިނގިރޭސި ޕްރިމިއާ ލީގުގެ ރޭ ލިވަޕޫލާއި އާސެނަލް ކުޅުން މެޗުތަކުން މޮޅެއް ނުލިބުމުން ޗެމްޕިއަން މެންޗެސްޓާ ސިޓީއަށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ. ޕޮއިންޓް ތާވަލުގެ އެންމެ ކުރީއޮތް މި ތިން ޓީމްގެ ތެރެއިން ރޭ ލީގުގައި ކުޅުން މެޗުން މޮޅުވެގެން އާސެނަލަށް އަދި ލިވަޕޫލަށް ވެސް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލުމުގެ ފުރުސަތު އޮތެވެ. މެންޗެސްޓާ ސިޓީން ވަނީ ހޮނިހިރު ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި 5-1 ގެ ނަތީޖާއިން ލޫޓަން ބަލިކޮށް 32 މެޗުން […]