ކުއާޓާގެ ފުރަތަމަ ލެގުގައި ސިޓީއާއި ރެއާލް އެއްވަރު
ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ޗެމްޕިއަން މެންޗެސްޓާ ސިޓީއާއި ރެއާލް މެޑްރިޑް ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު އެއްވަރު ވެއްޖެއެވެ. ރެއާލްގެ ދަނޑުގައި ރޭ ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗު އެއްވަރުވެފައި ވަނީ 3-3 ގެ ނަތީޖާއިންނެވެ. ރޭ މެޗުގައި ސިޓީން ވަނީ ވަރަށް ކުރީކޮޅު ލީޑު ނަގާފައެވެ. ޖެކް ގްރީލިޝްއަށް ޗުއަމެނީ ކުރި ފައުލަކާއި ގުޅިގެން ލިބުނު ހިލޭ ޖެހުމުން ބާނާޑޯ ސިލްވާ ވަނީ ލަނޑުޖަހައި ސިޓީއަށް މެޗުގެ […]