އީގަލް ހިލްސްއިން ހުޅުމާލޭގައި 5,000 ހައުސިން ޔުނިޓް އަޅަނީ، އާންމުންގެ ގޯތިތަކަށް އަސަރެއް ނުކުރާނެ
ރަސްމާލޭގައި ދުނިޔޭގެ ފެންވަރުގެ ވޯޓާ ފްރޮންޓް މެރީނާއަކާއި ރިއަލް އެސްޓޭޓް އިމާރާތްތައް ހިމެނޭހެން ޖުމްލަ 20 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއެއް ހިންގަން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ސަރުކާރުން މިއަދު ހަވާލުކޮށްފައިވާއިރު، އެ ކުންފުނިން ހުޅުމާލޭގައި 5,000 ހައުސިން ޔުނިޓް އަޅައިދޭނެކަމަށް އިންފްރާސްޓަކްޗަރ ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓް މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީން ބުނިގޮތުގައި، ރަސްމާލޭގެ މި މަޝްރޫއުގެ ސަބަބުން އާންމުންނަށް ދޭން ކަނޑައަޅާފައިވާ ގޯއްޗާއި ފްލެޓްތަކުގެ އަދަދަ...