މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

“mtcc” އަށް ފެނުނު ނަތީޖާ

ފަހުގެ ހޯދުންތައް:
ރަސްމާދޫ ބަނދަރުގެ މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ފަހު ޝިޕްމަންޓް ގެންގޮސްފި

ރަސްމާދޫ ބަނދަރުގެ މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ފަހު ޝިޕްމަންޓް ގެންގޮސްފި

ރ. ރަސްމާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ބޭނުންވާ ބޮޑުހިލައިގެ އެންމެފަހު ޝިޕްމަންޓް އެ ރަށަށް ގެންގޮސްފައިވާ ކަމަށް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި ޝިޕްމަންޓް ގެންގޮސްފައިވަނީ މިއަދުއެވެ. މި މަޝްރޫއުގެ ދަށުން، 8100 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށް، 377 މީޓަރުގެ ބޭރުތޮށްޓަކާއި، 600 އަކަ މީޓަރުގެ ޕޭވްމަންޓެއް ހަދާނެއެވެ. އަދި، ނެރުބައްތި ހަރުކުރުމާއި މަގުބައްތި ހަރުކުރުމުގެ މަަސައްކަތް ވެސް މ...

އަޙްމަދު ވަހީދު
ހޯރަފުށީ އެއާޕޯޓު ގޮނޑުދޮށުގެ ގްރޮއިން ޖަހައި ނިމެނީ

ހޯރަފުށީ އެއާޕޯޓު ގޮނޑުދޮށުގެ ގްރޮއިން ޖަހައި ނިމެނީ

ހއ. ހޯރަފުށީ އެއާޕޯޓް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، ގްރޮއިން ޖެހުމުގެ މަސައްކަތް ނިމެން ކައިރިވެފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޯޕަރޭޝަން (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނި ބުނި ގޮތުގައި މި މަސައްކަތުގެ 70 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. އަދި ބޭރުތޮށީގެ ޕްރޮފައިލިންގ މަސައްކަތުގެ 35 އިންސައްތަ ވަނީ ނިމިފައެވެ. މި މަޝްރޫއިގެ ދަށުން، ހޯރަފުށީގެ އެއާޕޯޓު ގޮނޑުދޮށް ހިމާޔަތް ކުރުމާއި ކޯޒްވޭގެ ދެފަރާތުން އޮއިދެމޭ ނިޒާމެއް ގާއިމް ކުރާނެއެވެ. […]

އަޙްމަދު ވަހީދު
ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ މަސައްކަތް ނިމެނީ

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ މަސައްކަތް ނިމެނީ

ގދ. ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ މަޝްރޫއުގެ މަސައްކަތް ނިމެން ކައިރިވެފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ 82 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. އަދި އޯޕީޑީ އިމާރާތާއި ވިއްސާ ކޮޓަރި ހުންނަ އިމާރާތުގެ 99 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، އޯޕީޑީ އިމާރާތެއް އެޅުމާއި، ވިއްސާ ކޮޓަރި ހުންނަ އިމާރާތް އެޅުމާއި، އިމަޖެންސީ ރޫމް […]

އަޙްމަދު ވަހީދު
ހުޅުދެލި ބަނދަރުގެ 64 އިންސައްތަ މަސައްކަތް ނިމިއްޖެ

ހުޅުދެލި ބަނދަރުގެ 64 އިންސައްތަ މަސައްކަތް ނިމިއްޖެ

ދ. ހުޅުދެލި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 64 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުމްފުނިން ބުނީ މި މަޝްރޫއުގެ ދަށުން އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގާ އެތުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި ޕޭވިންގެ 80 އިންސައްތަ މަސައްކަތްވެސް ނިމިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މިހާރު ކުރިއަށްދަނީ އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތެވެ. މި މަޝްރޫއުގެ ދަށުން، 49،612 ކިއުބިކް […]

އަޙްމަދު ވަހީދު
ހުޅުމީދޫ މިފްކޯ ބަނދަރު ތަރައްގީކުރުން: ހުޅުދޫގެ ކުރީގެ ބަނދަރުން ހިއްކާ ބައި ހިއްކާ ނިމިއްޖެ

ހުޅުމީދޫ މިފްކޯ ބަނދަރު ތަރައްގީކުރުން: ހުޅުދޫގެ ކުރީގެ ބަނދަރުން ހިއްކާ ބައި ހިއްކާ ނިމިއްޖެ

އައްޑޫ ސިޓީ ހުޅުދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ނިމެން ކައިރިވެފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި ހުޅިދޫގެ ކުރީގެ ބަނދަރުގެ ހިއްކަން ޖެހޭ ބައި މިހާރު ވަނީ ހިއްކާފައެވެ. މިތަން ހިއްކީ ހުޅުމީދޫ މިފްކޯ ބަނދަރު ތަަރައްގީ ކުރުމުގެ މަސައްކަތުގެ ދަށުން ނަގާފައިވާ ވެލިންނެވެ. މި މަޝްރޫއުގެ ދަށުން އާ ހާބަ ބޭސިން ފުންކުރުމުގެ 75 އިންސައްތަ މަސައްކަތް ނިމިފައިވާއިރު އާ ނެރަށް […]

އަޙްމަދު ވަހީދު
ހުނަވަރު ޕްރޮގްރާމުގެ އޯޕަންޑޭ މާދަމާ ކުޅުދުއްފުށީގައި

ހުނަވަރު ޕްރޮގްރާމުގެ އޯޕަންޑޭ މާދަމާ ކުޅުދުއްފުށީގައި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އެކި ދާއިރާތަކުން މީހުން ތަމްރީނު ކުރުމަށް ހިންގާ “ހުނަވަރު” ޕްރޮގްރާމްގެ އޯޕަންޑޭ މާދަމާ ކުޅުދުއްފުށީ ސޓީގައި ބާއްވަން ނިންމައިފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނި ގޮތުގައި އޯޕަންޑޭ އޮންނާނީ މާދަމާ މެމްދުރު 2:00ން ހަވީރު 6:00އަށް ހދ. އަތޮޅު އެޑިއުކޭޝަން ސެންޓަރުގައެވެ. މި އޯޕަންޑޭގައި ވީހާވެސް ގިނަ މީހުން ބައިވެރިވުމަށް ކައުންސިލުން އެދެއެވެ. ހުނަވަރު ޕްރޮގްރާމުގެ ދަށުން އެމްޓީސީސީން ވަނީ 140 އަށްވުރެ ގިނަ ފުރުސަތު...

އަޙްމަދު ވަހީދު
މަންދޫ ބަންދަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

މަންދޫ ބަންދަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

އދ. މަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ހަލުވި ކަމާއެކު ކިރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، މިހާރު ކުރިއަށް ދަނީ އައު ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުމާއި އައު ހާބަ ބޭސިން ފުންކުރުމުގެ މަސައްކަތެވެ. މި މަޝްރޫއުގެ ދަށުން، 65,854 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 236 މީޓަރުގެ އެއްގަމުތޮށި ލުމާއި، 319 މީޓަރުގެ ބޭރުތޮށި […]

އަޙްމަދު ވަހީދު
މިލަދޫ ބަނދަރުގެ މަސައްކަތް ނިމުމަކާ ގާތަށް

މިލަދޫ ބަނދަރުގެ މަސައްކަތް ނިމުމަކާ ގާތަށް

ނ. މިލަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ނިމުމަކާ ގާތް ވެއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ 90 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ އެންމެފަހު ޝިޕްމަންޓް މިދިޔަ އަންގާރަ ދުވަހު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ހާބަރު ޕޭވްމަންޓްގެ މަސައްކަތް މިހާރުވަނީ ނިމިފައިވާއިރު، ރިވެޓްމެންޓް ޖެހުމުގެ މަސައްކަތ...

އަޙްމަދު ވަހީދު
އެމްޓީސީސީން ވަޒީފާތަކަށް މީހުން ތަމްރީން ކުރަނީ، މުސާރަ ބޮޑު

އެމްޓީސީސީން ވަޒީފާތަކަށް މީހުން ތަމްރީން ކުރަނީ، މުސާރަ ބޮޑު

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އެކި ދާއިރާތަކުން މީހުން ތަމްރީނު ކުރުމަށް ހިންގާ “ހުނަވަރު” ޕްރޮގްރާމްގެ ދަށުން 140 އަށްވުރެ ގިނަ ފުރުސަތު ހުޅުވާލައިފިއެވެ. މި ޕްރޮގްރާމަކީ ތަމްރީނާއި ތަޖުރިބާ ލިބިފައިވާ މަސައްކަތްތެރި މުވައްޒަފުން އެކި ވަޒީފާތަކަށް ހޯދުމަށް އެމްޓީސީސީން ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި މަސައްކަތުގެ މާހައުލުގައި ފަންނީ ތަމްރީން ލިބިފައިވާ ދިވެހިން ބިނާކުރާނެއެވެ. މި ޕްރޮގްރާމް ބެހިގެންވަނީ ދެ ބަޔަކަށެވެ. އެއީ ހުނަވަރު ލައިސެންސިނ...

އަޙްމަދު ވަހީދު
އުކުޅަހުގެ ބަނދަރު އެއްގަމު ތޮށި ލުމާއި ޖެޓީ ހަދައި ނިމެނީ

އުކުޅަހުގެ ބަނދަރު އެއްގަމު ތޮށި ލުމާއި ޖެޓީ ހަދައި ނިމެނީ

އއ. އުކުޅަސް ބަނދަރުގެ އެއްގަމުތޮށި ލުމާއި ޖެޓީ ހެދުމުގެ މަޝްރޫއު ނިމެން ކައިރިވެއްޖެއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަސައްކަތުގެ 92 އިންސައްތަ ނިމިފައިވާ ކަމަށެވެ. އަދި މިހާރުހުރި ބޭރުތޮށީގެ ޕްރޮފައިލިން މަސައްކަތް މި މަހުގެ 12 ވަނަ ދުވަހު ފަށާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން،19,630 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 31 މީޓަރުގެ ބޭރުތޮށި ލުމާއި، 136 މީޓަރުގެ އެއްގަމުތޮށި […]

އަޙްމަދު ވަހީދު
ކޮމަންޑޫ ފުޓްބޯޅަ ދަނޑު ހެދުމުގެ މަސައްކަތް އިފްތިތާހު ކޮށްފި

ކޮމަންޑޫ ފުޓްބޯޅަ ދަނޑު ހެދުމުގެ މަސައްކަތް އިފްތިތާހު ކޮށްފި

ށ. ކޮމަންޑޫ ފުޓްބޯޅަ ދަނޑު ހެދުމުގެ މަސައްކަތް އިފްތިތާހު ކޮށްފިއެވެ. މިއަދު ބޭއްވި ރަސްމިއްޔާތުގައި މި ނަޝްރޫއު އިފްތިތާހުކޮށްދެއްވީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފެވެ. މި ރަސްމިއްޔާތުގައި، ކޮމަންޑޫ ކައުންސިލްގެ ރައީސް މުހައްމަދު ސިނާން އާއި، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ބައިވެރިވެވަޑައިގެންނެވިއެވެ. މިއީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މި މަސައްކަތް ކޮށްދެނީ އިޖުތިމާއީ ޒިންމާގެ ދަށުންނެވެ. His Exellency @AhmedMahloof, Minister of Youth, Sports and...

އަޙްމަދު ވަހީދު
އުނގޫފާރު ނެރު ބަދަލު ކުރުމުގެ މަސައްކަތް އެމްޓީސީސީއަށް

އުނގޫފާރު ނެރު ބަދަލު ކުރުމުގެ މަސައްކަތް އެމްޓީސީސީއަށް

ރ. އުނގޫފާރުގެ ނެރު ބަދަލު ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލު ކޮށްފިއެވެ. މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙުމަދު ޙަމީދެވެ. މި މަޝްރޫއުގެ ދަށުން 41980 ކިއުބިކް މީޓަރުގެ ބަނދަރު އަދި ނެރު ފުން ކުރާނެއެވެ. އަދި 162 މީޓަރުގެ ބޭރު […]

އަޙްމަދު ވަހީދު
ހޯރަފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިއްޖެ

ހޯރަފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިއްޖެ

ހއ. ހޯރަފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޕެނީ (އެމްޓީސީސީ) އިން ބުނިގޮތުގައި މި މަޝްރޫއުގެ 68 އިންސައްތަ މަސައްކަތް މިހާތަނަށް ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، 280 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ބޭރުތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ. ހއ. ހޯރަފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 68 ޕަސެންޓް ނިމިއްޖެ.  #MTCCProjects #RayyithungeKunfuni pic.twitter.com/csD3sIo05o — MTCC Plc (@MTCCPlc) January...

އަޙްމަދު ވަހީދު
ލަންދޫ ބަނދަރުގެ މަސައްކަތް ނިމިއްޖެ

ލަންދޫ ބަނދަރުގެ މަސައްކަތް ނިމިއްޖެ

ނ. ލަންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަސައްކަތް ނިމިފައިވަނީ އިއްޔެއެވެ. މި މަޝްރޫއުގެ ދަށުން 227 މީޓަރުގެ އެއްގަމު ތޮއްޓަކާއި387 މީޓަރުގެ ބޭރު ތޮއްޓަކާއި 73 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ވަނީ ޖަހައިފައެވެ. އަދި 80 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖަހައި 1750 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭމަންޓް ހަދައި ރޭމްޕެއް ހަދައި މަގުބައްތި ވަނީ ހަރުކޮށްފައެވެ. މިއީ...

އަޙްމަދު ވަހީދު
ނެއްލައިދޫ ބަނދަރުގެ މަސައްކަތް ނިންމާލައިފި

ނެއްލައިދޫ ބަނދަރުގެ މަސައްކަތް ނިންމާލައިފި

ހދ. ނެއްލައިދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަސައްކަތް ނިމިފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ. މި މަޝްރޫއުގެ ދަށުން، 398 މީޓަރުގެ ބޭރުތޮއްޓެއް ލައި، 103 މީޓަރުގެ ގްރޮއިންސް ޖަހައި، 204 މީޓަރުގެ އެއްގަމުތޮއްޓެއް ވަނީ ލައިފައެވެ. އަދި، 1812 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ވަނީ […]

އަޙްމަދު ވަހީދު