މި އަހަރުގެ ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި
މި އަހަރުގެ ރަމަޟާން މަހުގެ ފިތުރު ޒަކާތް ބަލައިގަތުމުގެ މަސައްކަތް މޯލްޑިވްސް ޒަކާތު ހައުސް އިން އިއްޔެ ފަށައިފިއެވެ. ޒަކާތް ދެއްކުމުގެ އިންތިޒާމުތައް އޮންލައިންކޮށް އަދި ކައުންޓަރުތަކުން ވެސް މިހާރު ވަނީ ހަމަޖައްސާފައެވެ. އޮންލައިންކޮށް ޒަކާތް ދެއްކުން ޒަކާތު ހައުސް އިން ބުނީ އިއްޔެ އިން ފެށިގެން ރޯދަމަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 6:00 އާ ހަމައަށް އޮންލައިންކޮށް ހަތް ޕްލެޓްފޯމަކުން ޒަކާތް ދެއްކޭނެ ކަމަށެވެ. ޒަކާތް ދެއްކޭނެ ޕްލެޓްފޯމްތަކުގެ ތެރޭގައި ދިރާގު ޕޭ، އުރީދޫ […]