އިސްވާނީ ޤައުމު، ފޯޅަވަހި ހޯދުމުގައި ދިމާވާ ކޮންމެ ގޮންޖެހުމަކާ ކުރިމަތިލާން ޕީއެންސީން ތައްޔާރު: ޝުޖާއު
އިދިކޮޅު އެމްޑީޕީގެ ވެރިކަމުގައި ރާއްޖޭގެ ދެކުނުގެ އިގްތިސާދީ ސަރަހައްދުން ގެއްލުވާލި ކަނޑުގެ ސަރައްހައްދާއި ފޯޅަވަހި ހޯދުމަށް ކުރެވެމުންދާ މަސައްކަތްތަކުގައި ދިމާވާ ކޮންމެ ގޮންޖެހުމަކާ ކުރިމަތިލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއެކު ކޮންގްރެސް ޕާޓީ އޮތީ ތައްޔާރަށް ކަމަށް އެ ޕާޓީގެ ނާއިބު ރައީސް އަދި ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެ އެވެ. ޝުޖާއު މިފަދައިން ވިދާޅުވީ ފޯޅަވަހީގެ މައްޗަށް ރާއްޖެއިން ކުރަމުންދާ ސިޔާދަތީ ދައުވާގެ ބާރު ބައިނަލްއަގުވާމީ މަސްރަހުގައ...