ކައުންސިލު އިންތިހާބުގައި ހދ. އަތޮޅުން ތަފާތު ދައްކާނަން: މުހައްމަދު
އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު އޮންނަ ކައުންސިލު އިންތިހާބުގައި ބޮޑުތިލަދުއްމަތި ހިމެނޭ ހދ. އަތޮޅުން ތަފާތު ދައްކާނޭ ކަމަށް ކޮންގްރެސް ޕާޓީގެ ޑެޕިއުޓީ ޕީޖީ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެ އެވެ. ކޮންގްރެސް ޕާޓީގެ ހދ. އަތޮޅު މާލޭ ޖަގަހަ ހުޅުވުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން މި ކެމްޕޭނުގައި ޕީއެންސީގެ ފަރާތުން ހދ.ގެ ކަންކަން ބެލެހެއްޓުމުގައި އިސްކޮށް ހުންނެވި މެމްބަރު މުހައްމަދު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަކީ […]