ރަމަޟާން ކޭޝް ސަޕޯޓް ގޮތުގައި 50،000ރ. ލިބޭނެކަމަށް ބުނެ ގާސިމްގެ ނަމުގައި ސްކޭމް މެސެޖެއް ފޮނުވަނީ
ރަމަޟާން ކޭޝް ސަޕޯޓްގެ ގޮތުގައި 50,000 ރުފިޔާ ލިބޭ ފުރުސަތެއް ކަމަށް ބުނެ، ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތް (ނ.މ.ޝ.ޢ)ގެ ވެރިޔާ އަދި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ.)، ޤާސިމް އިބްރާހީމްގެ ނަމުގައި ސޯޝަލް މީޑިއާގައި ސްކޭމް މެސެޖުތަކެއް ދައުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް އެމަނިކުފާނު އެދިވަޑައިގެންފިއެވެ. މިކަމާ ގުޅިގެން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ޤާސިމް މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމަނިކުފާނުގެ އޭއައި ފޮޓޯއެއް ބޭނުންކޮ...