''ކުރީގެ ސަރުކާރުން 524 މިލިޔަން ޑޮލަރުގެ ސްކޫކް ނެގުމަށް ރަހުނުކުރި ހަތަރު ބިމެއް ސަލާމަތްކޮށްފިން''
ކުރީގެ ސަރުކާރުން 524 މިލިޔަން ޑޮލަރުގެ ސްކޫކް ނެގުމަށް ރަހުނުކުރި ދައުލަތުގެ މުހިންމު ހަތަރު ބިމެއް މި ސަރުކާރުން މިހާރު ސަލާމަތްކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ އޭޕްރިލް 4 ގައި ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީއަށް އއ. ރަސްދޫ، އުކުޅަސް އަދި ތޮއްޑޫއިން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރަސްދޫގައި ރޭ ބޭއްވި ޚާއްޞަ ޖަލްސާގައ...