މީދާ މަރާ ވިހަ އެކުލެވޭތީ "ހިޕް" ބްރޭންޑުގެ ކުޑަކުދިންގެ ކާނާ ރާއްޖޭގައި މަނާކޮށްފި
މީދާ މަރާ ވިހަ ހުރި ކަމަށް އޮސްޓްރިއާގެ ކަމާބެހޭ ފަރާތްތަކުން ރިޕޯޓްކޮށްފައިވާ “ހިޕް” (HiPP) ބްރޭންޑުގެ ތުއްތު ކުދިންގެ ކާނާ ރާއްޖެ އެތެރެކުރުމާއި، ވިއްކުމާއި ބޭނުންކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު މަނާކޮށްފިއެވެ. އެމްއެފްޑީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ޖަރުމަނުގެ މަޝްހޫރު “ހިޕް” ކުންފުނިން އޮސްޓްރިއާގެ ބާޒާރުގައި ހުރި އެ ކުންފުނީގެ އުފެއްދުންތައް ބާޒާރުން އަނބުރާ ނަގަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. މިގޮތަށް އަމަލުކުރަން ފަށާފައިވަ...