ކުޅުދުއްފުށީގައި ބޭންކް އޮފް މޯލްޑިވްސްގެ އާ އިމާރާތެއް ހަދަނީ
ބޭންކް އޮފް މޯލްޑިވްސް ގެ ހދ. ކުޅުދުއްފުށި ބްރާންޗްގެ އައު އިމާރާތް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާންކޮށްފިއެވެ. މިމަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2019 އޮކްޓޫބަރ 20 ވަނަ ދުވަހުގެ 14:00 ގެ ކުރިން މަޢުލޫމާތު ސާފުކުރުމަށް ބާއްވާ ސެޝަންގައި ބައިވެރިވާން ބޭނުންފުޅުވާކަން ލިޔުމުން ނުވަތަ އީމެއިލް މެދުވެރިކޮށް ބޭންކަށް އަންގަވަން ޖެހިލައްވާނެއެވެ. މައުލޫމާތު ސާފުކުރުން އޮންނާނީ 2019 އޮކްޓޫބަރ 21 ވަނަ ދުވަހު މެންދުރު 14:00 ގައި ބޭންކް އޮފް މޯލްޑިވްސް...