މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ލ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (03:15 އިން 08:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ކުޑަކުދިންގެ ހިޔާ އާއި ފިޔަވައްޗަށް ހިލޭ ގޭސް ފޯރުކޮށްދިނުމަށް މޯލްޑިވް ގޭހުން ނިންމައިފި

ކުޑަކުދިންގެ ހިޔާ އާއި ފިޔަވައްޗަށް ހިލޭ ގޭސް ފޯރުކޮށްދިނުމަށް މޯލްޑިވް ގޭހުން ނިންމައިފި

ކުޑަކުދިންގެ ހިޔާ އާއި ފިޔަވައްޗަށް ހިލޭ ގޭސް ފޯރުކޮށްދިނުމަށް މޯލްޑިވް ގޭހުން ނިންމައިފިއެވެ. މިއަދު މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ޖެންޑާ މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޝިދާތާ ޝަރީފެވެ. މޯލްޑިވް ގޭހުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ އިކްރާމެވެ. “ދައުލަތުން ކުދިން ބަލަހައްޓާއިރު، ދައުލަތުން ވެސް ބޮޑެތި ހަރަދުތަކެއް ކޮށްގެން އެކަން ކުރަނީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާ އެކު. އެހެންމެ އެ ކުދިންނަށް ދޭންޖެހޭ ރައްކާ...

ޔުމްނާ ޢަލީ
"ޙަޔާތުގެ ރަން އެއްހާސް ދުވަސް" ށ. އަތޮޅު ހޮސްޕިޓަލުގައި ފަށައިފި

"ޙަޔާތުގެ ރަން އެއްހާސް ދުވަސް" ށ. އަތޮޅު ހޮސްޕިޓަލުގައި ފަށައިފި

“ޙަޔާތުގެ ރަން އެއްހާސް ދުވަސް” ށ. އަތޮޅު ހޮސްޕިޓަލުގައި ފަށައިފިއެވެ. “ޙަޔާތުގެ ރަން އެއްހާސް ދުވަސް” ޕްރޮގުރާމަކީ ކުޑަކުއްޖާގެ ޢުމުރުގެ ފުރަތަމަ އެއްހާސް ދުވަހާބެހޭ ގޮތުން މައިންބަފައިންނަށް އަދި މާބަނޑު މީހުންނަށް މަޢުލޫމާތު ދިނުމުގެ ސެޝަންތަކެކެވެ. ށ. އަތޮޅު ހޮސްޕިޓަލުން ވިދާޅުވީ މި ސެޝަންތަކުގައި މައިގަނޑު ގޮތެއްގައި މަޢުލޫމާތު ފޯރުކޮށްދެނީ  ކުޑަކުއްޖާގެ ޢުމުރުން ފުރަތަމަ އެއްހާސް ދުވަސް ނުވަތަ 2 އަހަރުވުމުގެ ކުރިން ކުރަންޖެހޭ ކަންތައްތަކާ ބެހޭގޮތުންނެވެ. އެދުވަސްތަކަކީ ކުއްޖާގެ ޢުމުރުގެ އެ...

އިބްރާހިމް އަސްވާޤް
ރައީސް ޖަޕާނުގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި

ރައީސް ޖަޕާނުގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޖަޕާނަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޖަޕާނުގެ ބޮޑުވަޒީރު، ޝިންޒޯ އާބޭ މިއަދު ބައްދަލުކުރައްވައި ދެޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވަވައިފިއެވެ. ޖަޕާނުގެ ބޮޑުވަޒީރުގެ އޮފީހުގައި ކުރިއަށްގެންދެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވޭތުވެދިޔަ ދިގު މާޒީގައި ޖަޕާނުން ރާއްޖެއަށް ވެދެއްވާފައިވާ އެހީތެރިކަމަށްޓަކައި ޖަޕާނު ސަރުކާރާ ރައްޔިތުންނަށް ޝުކުރުއަދާ ކުރައްވާފައެވެ. އަދި ޖަޕާނުން ރާއްޖެއާ މެދު ގެންގުޅުއްވާ ރަހުމަތްތ...

އިބްރާހިމް އަސްވާޤް
ތަރައްޤީގައި ރައްޔިތުން ބައިވެރިވުމުގެ ޤާނޫނީ މަސްއޫލިއްޔަތު

ތަރައްޤީގައި ރައްޔިތުން ބައިވެރިވުމުގެ ޤާނޫނީ މަސްއޫލިއްޔަތު

ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީގެ 67 ވަނަ މާއްދާ، “މަސްޢޫލިއްޔަތު ތަކާއި ވާޖިބުތައް” މި ސުރުހީގެ ދަށުގައި ބަޔާންކޮށްފައިވަނީ “ކޮންމެ މީހަކަށްވެސް ލިބޭ ޙައްޤުތަކާއި މިނިވަންކަމާއި، އެ މިހަކު އަދާކުރާންޖެހޭ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކަކީ ވަކިނުކުރެވޭނެ ދެ އަސާސްކަމުގައިވީ ހިނދު، އަންނަނިވި ކަންތައްތައް ކުރުމަކީ ކޮންމެ ރައްޔިތެއްގެ މަސްއޫލިއްޔަތެކެވެ. އަދި އެވަގުތަކު ދިވެހިރާއްޖޭގައި އުޅޭ ކޮންމެ މީހަކު މެ އެކަންތަކަށް އިޙްތިރާމް ކުރާންވާނެއެވެ.” މިގޮތުން ލިސްޓް ކޮށްފައިވާ ކަންތަކުގެ ތެރެއިން އެ މާ...

މުޙައްމަދު ނަޒީފު
ހއ.ބާރަށުގައި ރުއްގަސް އުފުރާ ރަށުން ބޭރުކުން ހުއްޓާލުމަށް އަންގައިފި

ހއ.ބާރަށުގައި ރުއްގަސް އުފުރާ ރަށުން ބޭރުކުން ހުއްޓާލުމަށް އަންގައިފި

ހއ.ބާރަށުގައި ރުއްގަސް އުފުރާ ރަށުން ބޭރުކުން ހުއްޓާލުމަށް އީޕީއޭއިން އަންގައިފިއެވެ. ހއ.ބާރަށުގައި ހިނގަމުންދާ މަޝްރޫޢުއެއްގެ ތެރެއިން ގަވާއިދާ ޚިލާފަށް ރުއްގަސް އުފުރާ ރަށުން ބޭރުކުރާކަމުގެ ޝަކުވާ ލިބުމާ ގުޅިގެން އެމައްސަލަ ބަލާ ވަކިގޮތެއް އަންގަންދެން ރުއްގަސް އުފުރުމުގެ މަސައްކަތް ހުއްޓާލުމަށް އީ.ޕީ.އޭ އިން ވަނީ މަސައްކަތް ކުރިއަށްގެންދާ ފަރާތަށް އަންގާފައިވާނެކަމަށް އީޕީއޭއިން ބުނެގައިވެއެވެ. ހއ. ބާރަށުގައި ކުރަމުންދާ މަސައްކަތަކާއި ގުޅިގެން، ހުއްދަނެތި ރުކާއި ގަސް އެރަށުން ނަގަމުންދާކަމުގެ...

ހުސައިން ހަބީބް
"މޯބައިލް ލެބޯރެޓަރީ" ގެ ޚިދުމަތް ފަށައިފި

"މޯބައިލް ލެބޯރެޓަރީ" ގެ ޚިދުމަތް ފަށައިފި

ރަށްރަށުގައި “މޯބައިލް ލެބޯރެޓަރީ”ގެ ޚިދުމަތް ހެލްތް މިނިސްޓްރީން ފަށައިފިއެވެ. ޚިދުމަށް ފެއްޓުމަށް ބޭއްވި ރަސްމިއްޔާތުގައިވަނީ ލެބޯޓްރީ ނެތް ރަށްތަކުން މީހުންގެ ސާމްޕަލް ނަގައި، ލެބޯޓްރީއާއި ހަމައަށް ގެންގޮސްދޭނެ ފަރާތްތަކާއެކު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. “މޯބައިލް ލެބޯޓްރީ ސަރވިސް”އަކީ ސަރުކާރުގެ ސިއްޙީ ވަަަޢުދުތެރޭގައި ހިމަނައިގެން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޚިދުމަތެކެވެ. މި ޕްރޮގްރާމްގެދަށުން ލެބޯޓްރީގެ ޚިދުމަތް އެންމެ ފުރަތަމަ ގުޅާލާފައި މިވަނީ...

ފާތިމަތު ސިނާޒާ
ށ. ފޯކައިދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތްކުރާނެ ފަރާތެއް ހޯދަނީ

ށ. ފޯކައިދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތްކުރާނެ ފަރާތެއް ހޯދަނީ

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެދިލެއްވުމުގެ މަތިން ޑިޒައިން އެންޑް ބިލްޑްއުސޫލުން ށ. ފޯކައިދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާން ކޮށްފިއެވެ. މިނިސްޓްރީ އޮފް ފިނޭންސް އިން މިއަދު ކުރި އިއުލާނުގައި ބުނެފައިވަނީ މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލާފައިވަނީ މިކަމަށް ޝައުގުވެރިކަން ހުރި ޝަރުތު ހަމަވާ ރާއްޖެއާއި ރާއްޖޭންބޭރުގެ ފަރާތްތަކަށްކަމަށެވެ، އެގޮތުން 30 މާރިޗު 2019 އިން ފެށިގެން މި މިނިސްޓްރީއިން ކުރިއަށް ގ...

ފާތިމަތު ސިނާޒާ

ރަސްމީ ދަތުރުފުޅެއްގައި ރައީސް ޖަޕާނަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒުނާ އަޙުމަދު މިއަދު ޖަޕާނަށް ވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޖަޕާނަށް ކުރައްވާ މިދަތުރުފުޅުގައި އެޤައުމުގެ ބޮޑުވަޒީރު ޝިންޒޯ އަބޭއާ ބައްދަލު ކުރައްވައި ދެޤައުމު ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބޭއްވެވުމަށްވެސް ހަމަޖެހިފައިވެއެވެ. މީގެއިތުރުން ޖަޕާނު ސަރުކާރުގެ މަތީފަންތީގެ ގިނަ ޢަދަދެއްގެ އޮފިޝަލުންނާ ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. ރާއްޖެއާ ޖަޕާނާ ދެމެދު އެކި ރޮނގުތަކުން ގުޅުން ބަދަހިކުރުމ...

އިބްރާހިމް އަސްވާޤް
މަސްތުވާތަކެތި އެތެރެކުރާ ގައުމުތައް ދައްކުވައިދޭ ޗާޓެއް އާއްމުކޮށްފި

މަސްތުވާތަކެތި އެތެރެކުރާ ގައުމުތައް ދައްކުވައިދޭ ޗާޓެއް އާއްމުކޮށްފި

ރާއްޖެއަށް ވައިގެ މަގުންނާއި ކަނޑުމަގުން މަސްތުވާތަކެތި އެތެރެކޮށްފައިވާ ގައުމުތައް ދައްކައިދޭ ޗާޓެއް ކަސްޓަމްސް އިން އާއްމުކޮށްފިއެވެ. އެ އިދަރާއިން އާންމު ކޮށްފައިވާ ޗާޓްގައި ފަހަގަކޮށްފައިވާ ގައުމުތަކަކީ 2013 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާއި ހަމައަށް އަތުލައިގަތް މަސްތުވާތަކެތި އެތެރެ ކޮށްފައިވާ ގައުމުތަކަށް ކަމަށް އެފަރާތުގެ ޓުވީޓްގައި ވަނީ ބުނެފައެވެ. އެގޮތުން ރާއްޖެއަށް އެންމެ ގިނައިން މަސްތުވާތަކެތި އެެތެރެކޮށްފައި ވަނީ ރާއްޖެ އެ ސަރަހައްދެއްގައި އޮންނަ އޭޝިއާ ގެ ގައުމުތަކުންނެވެ...

ފާތިމަތު ސިނާޒާ
އެމްޑީއެންގެ މައްސަލާގައި އަޒްރާ ފުލުހަށް ހާޒިރުކުރަނީ

އެމްޑީއެންގެ މައްސަލާގައި އަޒްރާ ފުލުހަށް ހާޒިރުކުރަނީ

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓް އެކުލަވާލުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި އެ ޖަމިއްޔާގެ މެންބަރެއް ކަމަށްވާ އަޒްރާ ނަސީމް ހާޒިރުވާން އަންގައި ފުލުހުން އިއުލާނެއް ނެރެފި އެވެ. ފުލުހުން އަޒްރާގެ ފޮޓޯއާއެކު އާންމުކޮށް އިއުލާން ކޮށފައިވަނީ އާއިލާއަށާއި ފުލުހުންނަށް އަޒްރާ އުޅޭ ތަނެއް އެނގިފައި ނުވާތީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުންކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އެމްޑީއެންއިން ނެރެފައިވާ ރިޕޯޓްގައި ރަސޫލާއަށް ފުރައްސާރަ ކޮށް ކީރިތި ގުރުއާނުގައިވާ ކަންކަމ...

ފާތިމަތު ސިނާޒާ
އެމްޑީއެންގެ ރިޕޯޓް އުތީމު ކައުންސިލުންވެސް ކުށްވެރިކޮށްފި

އެމްޑީއެންގެ ރިޕޯޓް އުތީމު ކައުންސިލުންވެސް ކުށްވެރިކޮށްފި

އެމްޑީއެން އިން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމް އަށާއި އިސްލާމްދީނަށް ފުރަށްސާރަކޮށް ނެރެފައިވާ ރިޕޯޓް ހއ އުތީމު ކައުންސިލުންވެސް ކުށްވެރިކޮށްފިއެވެ. އެމްޑީއެން އިން ” ޕްރިލިމިނަރީ އެސެސްމެންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް” ގެ ނަމުގައި އާންމުކުރި ރިޕޯޓާއި ގުޅޭގޮތުން އުތީމު ކައުންސިލުން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ އިސްލާމްދީނުގެ އަސާސްތަކާއި ރައްބުލް ކާއިނާތުގެ ވެރި މާތްﷲ ގެ ކުޅަދުންވަންތަކަމާމެދު ޝައްކު އުފައްދާ، އަދި ކީރިތި ޤުރުއާނުން ވާރިދުވެފައިވާ ކަންކަމާމެދު...

އަޙްމަދު މުޖުތަބާ
މޫސުން ގޯސްވެ ހއ އަތޮޅުން ބ އަތޮޅަށް ވައިޓް އެލާޓް ނެރެފި

މޫސުން ގޯސްވެ ހއ އަތޮޅުން ބ އަތޮޅަށް ވައިޓް އެލާޓް ނެރެފި

މޫސުން ގޯސްވެ، ހއ އަތޮޅުން ބ އަތޮޅަށް ވައިޓް އެލާޓް ނެރެފި އެވެ. އެގޮތުން މޫސުން ގޯސްވާނޭކަމަށް ލަފާކުރެވޭތީ މޫސުމާއި ބެހޭ އިދާރާއިން ވައިޓް އެލާޓް ނެރެފައި ވަނީ ހއ އަތޮޅުން ފެށިގެެން ބ އަތޮޅާ ދެމެދުގެ ރަށްތަކަށެވެ. އަދި އެލާޓް ނެރެފައި ވަނީ މިއަދު 13:30 އިން ފެށިގެން 17:30 އާއި ހަމައަށެވެ. Alert White for heavy rain and thunderstorms. pic.twitter.com/gEyzuTFiC4 — Maldives Meteorology (@MetMaldives) October 20, 2019 މެޓް […]

އިބްރާހިމް އަސްވާޤް
ސީއެމްޑީއޭއާއި މޯލްޑިވްސް ސްޓޮކް އެކްސްޗޭންގް ގުޅިގެން ކެޕިޓަލް މާކެޓް ފޯރަމެއް ބާއްވަނީ

ސީއެމްޑީއޭއާއި މޯލްޑިވްސް ސްޓޮކް އެކްސްޗޭންގް ގުޅިގެން ކެޕިޓަލް މާކެޓް ފޯރަމެއް ބާއްވަނީ

ރާއްޖޭގައި ފުރަތަމަ ފަހަރަށް ކެޕިޓަލް މާކެޓް ފޯރަމެއް ބާއްވަން ނިންމައިފިއެވެ. ސީއެމްޑީއޭއާއި މޯލްޑިވްސް ސްޓޮކް އެކްސްޗޭންގް ގުޅިގެން ކެޕިޓަލް މާކެޓް ފޯރަމެއް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 31 ވަނަ ދުވަހު ބަނޑޮސް އައިލެންޑް ރިސޯޓުގައިކަމަށް ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، ސީއެމްޑީއޭއިން ބުނެއެވެ. މިފޯރަމްއަކީ ޙިއްސާގެ ބާޒާރާއި ގުޅޭ ގޮތުން މިހާ ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ބޭއްވޭ އެންމެ ފުރަތަމަ ފޯރަމްގައި ދާއިރާއާއި ގުޅުންހުރި ދަޢުލަތުގެ މުއައްސަސާތަކުގެ އެންމެ އިސްވެރިން ބަރިވ...

އިބްރާހިމް އަސްވާޤް
މަސްތުވާތަކެއްޗާއެކު ރ. ހުޅުދުއްފާރުން ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއެކު ރ. ހުޅުދުއްފާރުން ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާއި ރ.އުނގޫފާރު ޕޮލިސް ސްޓޭޝަން ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި  މަސްތުވާތަކެއްޗާއެކު ދެ މީހަކު ރ. ހުޅުދުއްފާރުން ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ ދިވެހި ފިރިހެނަކާއި 18 އަހަރުން ދަށުގެ ކުޑަކުއްޖެކެވެ. މި ދެމީހުން ހައްޔަރުކޮށްފައިވަނީ ހުޅުދުއްފާރަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އޮކްޓޫބަރ...

ޔުމްނާ ޢަލީ
އައިޖީއެމްއެޗްއިން ތުއްތު ކުއްޖެއްގެ ފުއްޕާމެއިން ލެގޯ ކޮޅެއް ނަގައިފި

އައިޖީއެމްއެޗްއިން ތުއްތު ކުއްޖެއްގެ ފުއްޕާމެއިން ލެގޯ ކޮޅެއް ނަގައިފި

އައިޖީއެމްއެޗްގައި ކުރިއަށްގެންދިޔަ ކާމިޔާބު އޮޕަރޭޝަނެއްގައި އުމުރުން ހަ އަހަރު ކުއްޖެއްގެ ފުއްޕާމެއިން ލެގޯ ކޮޅެއް ނަގައިފިއެވެ. އައިޖީއެމްއެޗްއިން ބުނީ އައީ.ޖީ.އެމް.އެޗް ގެ ފުއްޕާމެއާއި ނޭވާލާ ނިޒާމް އާއި ބެހޭ ހާއްސަ ޑޮކްޓަރުން 6 އަހަރުގެ ތުއްތު ކުއްޖެއްގެ ފުއްޕާމެއިން ލެގޯ ކޮޅެއް ކާމިޔާބު ކަމާއި އެކީ ނަގައިފައިވާކަމަށެވެ. އެ ކުއްޖާގެ ފުއްޕާމެއަށް ލެގޯ ބުރިކް ކޮޅެއް ގޮސްގެން ހޮސްޕިޓަލަށް ގެނައީ އިއްޔެގެ ވަގުތެއްގައެވެ. އައީ.ޖީ.އެމް.އެޗް ގެ ފުއްޕާމެއާއި ނޭވާލާ ނިޒާމް އާއި ބެހޭ ހާއްސަ ޑޮކްޓަރުނ...

އިބްރާހިމް އަސްވާޤް