ހަނިމާދޫ އަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތީގެ 145 ރަބަރު ޕެކެޓު ހޯދައިފި
ހދ ހަނިމާދޫ އަށް އެތެރެ ކުރަން އުޅުނު މަސްތުވާތަކެތީގެ 145 ރަބަރު ޕެކެޓު ހޯދައި އެއެއްޗެހި ފުލުހުންގެ ބެލުމުގެ ދަށަށް ގެނަސްފިއެވެ. ހަނިމާދޫ ޕޮލިސް އާއި ޕޮލިސް އިންޓެލްޖެންސް ގުޅިގެން އިއްޔެ ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މަސްތުވާތަކެތީގެ 145 ރަބަރު ޕެކެޓު ހޯދާފައިވަނީ ހަނިމާދޫ އިންނެވެ. މި މައްސަލައާއި ގުޅިގެން އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ. މިތަކެތި އަތުލާގަނެފައިވަނީ އިއްޔެ ހަނިމާދޫއަށް އައި ބޯޓެއްގައި ހުރި ފޮށިގަނޑަކުން ކަމަށް ފުލުހުން...