ޢިލްމުވެރިންނާ މުޚާޠަބުކުރައްވާ - އަލްމަރްޙޫމު އައްޝައިޚް ޢުމަރު ޢީސާގެ ބަސްފުޅެއް
ޝެއިޚް ޢުމަރު ޢީސާގެ ކުރު ތަޢާރަފެއް؛ ޝެއިޚް ޢުމަރު ޢީސާގެ (ޢިސާ ކަލޭގެފާނުގެ ދޮންމަނިކުގެ) ބައްޕާފުޅަކީ ގުޅީ ޢަލީކަލޭގެފާނުގެ ޢީސާކަލޭގެފާނެވެ. މަންމާފުޅަކީ، ރަންފުޅުގޭ ދޮންމަނިކެވެ. ޝެއިޚް ކިޔަވާވިދާޅުވީ މިޞްރުންނެވެ. ޝައިޚް ޢުމަރު ޢީސާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ، މީލާދީ ސަނަތުން 1916 ވަނަ އަހަރު މާލޭގައެވެ. އަވަހާރަވީ 10 އޮކްޓޯބަރ 1988 ގައި، ޢުމުރުފުޅުން 72 އަހަރުގައެވެ. ޝައިޚު ޢުމަރު ޢީސާ އަކީ، ދިވެހި ދީބަށް އުފެދުނު، މޮޅު ޢިލްމުވެރިއެކެވެ. މޮޅު އަދީބެކެވެ. މޮޅު ޅެންވެރިއެއްވެސް މެއެވެ...