80 އިސްލާހާއެކު ލާމަރުކަޒީ ބިލު ކޮމިޓީން ފާސްކޮށްފި
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ބިލު ލާމަރުކަޒީ ކޮމިޓީން ފާސްކޮށްފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ އިސްލާހުތައް ހުށަހެޅީ އެމްޑީޕީ، އެލްޖީއޭ، އެޗްއާރުސީއެމް، އޮޑިޓާޖެނެރަލް، އީޕީއޭ، ޓްރާންސް ޕޭރެންސީ، ހޯޕްފޯ ވިމެންގެ ފަރާތުން ކަމަށާއި އެގޮތުން ޖުމުލަ 80 އިސްލާހާއެކު ލާމަރުކަޒީ ބިލު މިއަދު ކޮމިޓީން ފ...