މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު Northern Atolls އަށް (15:00 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން Fuvahmulah City އަށް (14:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ނެއްލައިދޫގައި ބޭއްވި އަބުދުއް ޞަމަދުގެ ހަދާނީ މަސްރޭހުގެ ނަތީޖާ ފާޅުކޮށްފި

ނެއްލައިދޫގައި ބޭއްވި އަބުދުއް ޞަމަދުގެ ހަދާނީ މަސްރޭހުގެ ނަތީޖާ ފާޅުކޮށްފި

އެންމަސްއެމް ވީ ގެފަރާތުން ހދ ނެއްލައިދޫގައި މަސްވެރިގެން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި އަބުދުއް ޞަމަދުގެ ހަދާނީ މަސްރޭހުގެ ނަތީޖާ ފާޅުކޮށްފިއެވެ. ޖުމްލަ 8 ޓީމް ބައިވެރިވެ ކުރިއަށް ދިޔަ މި މުބާރާތުގެ ފަހުރުވެރި އެއްވަނަ ލިބިފައިވަނީ 82 ކިލޯގެ މަސްބާނައިގެން ޓީމް ކަޅުއޮއްފުންމިއަށްށެވެ. 77 ކިލޯ ގެ މަސްބާނައިގެން ޓީމް ނަސްރު މުބާރާތުގެ ދެވަނަ ހޯދިއިރު ޓީމް ފިނިހަކަ މުބާރާތުގެ 3 ވަނަ އަށް ގޮސްފައިވަނީ 45.5 ކިލޯ މަސް ބާނައިގެން ނެވެ. މި […]

ފާތިމަތު ސިނާޒާ

ކުރިއަށް އޮތް ތިން ދުވަހުވެސް ވިއްސާރަ ކުރާނެ

ކުރިއަށް އޮތް ތިން ދުވަހުވެސް ރާއްޖޭގެ އެކިހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ. މޫސުމާބެހޭ އިދާރާއިން ބުނެފައިވާ ގޮތުގައި ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ރާއްޖެ ކައިރީގައި އުފެދިފައިވާ ލޯ ޕްރެޝަރ ޓްރޮޕެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެކެވެ. އެގޮތުން ކ. އަތޮޅާއި ލ. އަތޮޅުގެ ރަށްތަކަށް ވަނީ ޔެލޯއެލާޓް ވެސް ނެރެފައެވެ. މޫސުމާބެހޭ ޤައުމީ އިދާރާއިން މަޢުލޫމާތުދޭ ގޮތުގައި ދެކުނުގެ އަތޮޅުތަކަށް އިރާއި އިރުދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރ...

މަރްޔަމް ސިމާނާ
އެމްއެންޑީއެފްއިން ދުވާފަރުގައި ހިންގި މޫދު ކަސްރަތު ޕްރޮގްރާމް ނިންމާލައިފި

އެމްއެންޑީއެފްއިން ދުވާފަރުގައި ހިންގި މޫދު ކަސްރަތު ޕްރޮގްރާމް ނިންމާލައިފި

އެމްއެންޑީއެފް ނޮދަން އޭރިއާއިން ރ.ދުވާފަރުގައި ހިންގި މޫދު ކަސްރަތު ޕްރޮގްރާމް “ދުޅަހެޔޮ ހަށިހެޔޮ” ނިމާލައިފިއެވެ. މި ޕްރޮގްރާމް ނިންމުމުގެ ގޮތުން ދުވާފަރުގައި ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑަރ ކާނަލް އިސްމާޢީލް ޝަރީފެވެ. މި ރަސްމިއްޔާތުގައި ޕްރޮގްރާމް ފުރިހަމަ ކުރި ފަރާތްތަކަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ އެމްއެންޑީއެފް ނޮދަން އޭރިއާގައި މަސައްކަތްކުރައްވާ އޮފިސަރުންނެވެ. މި ރަސްމިއްޔާތުގައި ޝަރަފުވެރި މެހުމާން ކާނަލް އިސްމާޢީލް ޝަރީފް ވަނީ...

އިބްރާހިމް އަސްވާޤް

އެމްޓީސީސީގެ ކަށަވަރު ޕްރޮމޯޝަނާއި އެކު ހާއްސަ ޑިސްކައުންޓް ތަކެއް

އެމްޓީސީސީން ކޮންމެ އަހަރެއްގެ ނިމުމާއި ދިމާކޮށް ބާއްވަމުން އަންނަ ކަށަވަރު ޕްރޮމޯޝަން ފަށައިފިއެވެ. ފެށޭ ޖެނުއަރީ މަހުގެ10 ވަނަ ދުވަހާއި ހަމައަށް ކުރިއަށްގެންދަން ހަމަޖެހިފައިވާ މި ޕްރޮމޯޝަންގައި ސުޒުކީ އިންޖީން، ޔަންމާ115 ހޯސްޕަވަރ ގެ އިންޖީން، އިންޑަސްޓިރިއަލްގޭސް، ސިގްމާ މެރިން ދަވާދު އަދި ޔަންމާ އަދި ސުޒުކީ އިންޖީން ގެސްޕެއަރް ޕާރޓްސް އިން ވަރަށް ޙާއްސަ ޑިސްކައުންޓްތަކެއް ލިބިެގެންދާނެ ކަމަށް އެމްޓީސީސީއިން ބުނެއެވެ. މިޕްރޮމޯޝަން ޙާއްސަ ކުރެވިފައިވަނީ ފައިސާ ދައްކަވާ ތަކެތި ބައްލަވާގަންނަވާ...

ފާތިމަތު ސިނާޒާ
ސަރުކާރުގެ ހުރިހާ މިނިސްޓްރީތަކަށް ޒިޔާރަތްކުރެއްވުމުގެ ޕްރޮގްރާމެއް ރައީސް ފަށްޓަވައިފި

ސަރުކާރުގެ ހުރިހާ މިނިސްޓްރީތަކަށް ޒިޔާރަތްކުރެއްވުމުގެ ޕްރޮގްރާމެއް ރައީސް ފަށްޓަވައިފި

ސަރުކާރަށް އެއް އަހަރު ފުރުމާއި ގުޅިގެން ސަރުކާރުގެ ވުޒާރާތަކުގެ މަސައްކަތް ކުރިޔަށްދާ މިންވަރު ބައްލަވައިލެއްވުމަށާއި، މުވައްޒަފުންނާ ބައްދަލުކޮށްލެއްވުމުގެ މަޤްޞަދުގައި ކުރިޔަށް ގެންދެވުމަށް ރާއްވަވާފައިވާ ޕްރޮގްރާމްގެ ދަށުން، މިނިސްޓްރީ އޮފް އެޑިއުކޭޝަނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ޒިޔާރަތްކުރައްވައިފިއެވެ. މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ އެޑިއުކޭޝަން މިނިސްޓްރީގެ މުވައްޒަފުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުން ރައްޔިތުންނަށް ކޮށްދޭ ކަ...

އިބްރާހިމް އަސްވާޤް
އަންހެނުންނަށް އެންމެ ނުރައްކާ ގައުމެއްގެ ގޮތުގައި އިންޑިއާ

އަންހެނުންނަށް އެންމެ ނުރައްކާ ގައުމެއްގެ ގޮތުގައި އިންޑިއާ

އިންޑިއާ އަކީ ދުނިޔޭގައި، އަންހެނުންނަށް އެންމެ ނުރައްކާ ގައުމުގެ ގޮތުގައި ސާވޭއަކުން ދައްކައިފިއެވެ. ތޯމަސް ރިއުޓާސް ފައުންޑޭޝަން އިން ޝާއިއު ކުރި ސާވޭގެ ރިޕޯޓަކުން ދެއްކިގޮތުގައި އިންޑިއާއަކީ އަންހެނުނަށް އެންމެ ގިނައިން ޖިންސީ އަނިޔާ ކުރާ ގައުމެވެ. އަދި ހިއުމަން ޓްރެފިކިންގެ އިތުރުން ގަދަބާރުން ކައިވެނި ކުރުމާއި، ކުޑަކުދިންނާ ކައިވެނިކުރުމާއި، ޖިންސީ އެދުން ފުއްދުމަށްޓަކައި އަންހެނުނާއި އަންހެކުދިން އަޅުވެތިކޮށްގެން ގެންގުޅޭ ގައުމެއްގެ ގޮތުގައިވެސް ފާހަގަކޮށްފައިވެއެވެ. މި ސާވޭ އަކީ އަންހެނުނ...

މަރްޔަމް ސިމާނާ
މޯލްޑިވްސް ބޯޓިން އެވޯޑްސްގެ މެއިން ސްޕޮންސާއަކަށް ނިޕޮން ޕެއިންޓް މެރިން

މޯލްޑިވްސް ބޯޓިން އެވޯޑްސްގެ މެއިން ސްޕޮންސާއަކަށް ނިޕޮން ޕެއިންޓް މެރިން

ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން (އެންބީއޭއެމް) އިންތިޒާމްކޮށްގެން ބާއްވާ، ފަސް ވަނަ މޯލްޑިވްސް ބޯޓިން އެވޯޑްސްގެ މެއިން ސްޕޮންސާރ އަކަށް ނިޕޮން ޕައިންޓް މެރިން ހަމަޖެހިއްޖެއެވެ. އިއްޔެ ބޭއްވުނު ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި، އެސްޓީއޯގެ ފަރާތުން ސޮއި ކޮށްފައިވަނީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ ހުސެން ސޮބާހް އެވެ. އަދި އެންބީއޭއެމްގެ ފަރާތުން ސޮއި ކޮށްފައިވަނީ އެސޯސިއޭޝަންގެ ރައީސް އިބްރާޙިމް ޝަހިދުއެވެ. އެސްޓީއޯއަކީ ނިޕޮން ޕެއިންޓްގެ އޮފިޝަލް ޑިސްޓިބިއުޓަރއެވެ. ބޯޓިން އެ...

މަރްޔަމް ސިމާނާ
މަސްވެރިންގެ ޔޫނިއަންއިން އިހަވަންދޫގެ އިޖްތިމާއީ ހަރަކާތްތަކަށް މާލީ އެހީދީފި

މަސްވެރިންގެ ޔޫނިއަންއިން އިހަވަންދޫގެ އިޖްތިމާއީ ހަރަކާތްތަކަށް މާލީ އެހީދީފި

އިހަވަންދޫގެ މަސްވެރިންގެ ޔޫނިއަން އިން އެރަށުގެ އިޖުތިމާއީ ހަރަކާތްތަކަށް މާލީ އެހީތެރިކަން ދީފިއެވެ. އިހަވަންދޫ ކައުންސިލް އިދާރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވަނީ 227،000 ރުފިޔާގެ އެހީ ދެއްވާފައެވެ. މިއީ އިހަވަންދޫ މަސްވެރި ދޯނިތަކާއި ގުޅިގެން އުފައްދާފައިވާ ފެއާރޓްރޭޑް ޔޫނިއަނަށް މިހާތަނަށް ލިބިފައިވާ ބަޖެޓުން 2019 އިން 2020 އަށް ކަނޑައަޅާފައިވާ ހަރަކާތްތައް ހިންގުމަށް ޕްރޮޕޯސަލް ހުށައެޅުމަށް ހުޅުވާލި ފުރުސަތަށް އިޖާބަދީ ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަކަށް ދީފައިވާ އެހީއެކެވެ. އިހަވަންދ...

މަރްޔަމް ސިމާނާ
ޤާސިމްގެ މަރު، އިންސާފްލިބިދިނުމަށް ގޮވާލެވޭ އަޑު މަޑު

ޤާސިމްގެ މަރު، އިންސާފްލިބިދިނުމަށް ގޮވާލެވޭ އަޑު މަޑު

4 ޑިސެމްބަރ ވަނަ ދުވަހުގެ ރޭ އިރާކޮޅުގެ ވަގުތެއްގައި ހުޅުމާލޭގައި، ވަޅިން ހަމަލާދީ އަނިޔާވެރިކޮށް ގަތުލުކޮށްލެވުނު އދ. މާމިނގިޔަށް އުފަން އުމުރުން 59 އަހަރުގެ ޤާސިމް ޙަސަނަށް އިންސާފް ހޯދައިދިނުމަށް ގޮވާލާ އަޑު މަޑެވެ. ޤާސިމް ޤަތުލުކޮށްލިތާ ދެހަފްތާވިއިރު މީސް މީޑިއާގައި އާންމުރައްޔިތުންތަކެއް އުދާސްތައް ބަނޑުން ކުރަމުން ދިޔަނަމަވެސް ރާއްޖޭގައި ފަހުގެ ތާރީޚްތަކުގައި ހިނގި މިފަދަ އަނިޔާވެރި އަމަލުތަކާދެކޮޅަށް އަޑު އުފުލި މިންވަރާ ގާތަށްވެސް ޤާސިމަށް އިންސާފް ލިބިދިނުމަށް ގޮވާލާތަނެއް ނުފެނެއެވެ....

ޔުމްނާ ޢަލީ
ހަނިމާދޫ އާދަމް ސަލީމްކަޕް ފުޓްބޯޅަ މުބާރާތް ފަށައިފި

ހަނިމާދޫ އާދަމް ސަލީމްކަޕް ފުޓްބޯޅަ މުބާރާތް ފަށައިފި

ހަނިމާދޫ ޒުވާނުންގެ ޖަމުޢިއްޔާއިން  އިންތިޒާމު ކޮށްގެން  ބާއްވާ އާދަމް ސަލީމް ކަޕް ފުޓްބޯޅަ މުބާރަތް 2019 ފަށައިފިއެވެ. ހަނިމާދޫ ފުޓްބޯޅަ ދަނޑުގައި ކުޅެވެމުންދާ މިމުބާރާތުގެ ފުރަތަމަ މެޗްގައި ބައްދަލުކުރީ ރޫހް އަދި ޔޫތު ފްރެންޑްސްއެވެ. މުބާރާތުގެ ފުރަތަމަ މެޗް ނިމުނީ 1-1 ލަނޑުން މެޗް އެއްވަރު ވެގެންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ރޫހު ޓީމުގެ ޖޯޒީ ނަންބަރު 14 މުޙައްމަދު ޢަލީއެވެ. މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ފުރަތަމަ މެޗް ޝަރަފްވެރި ކޮށްދެއްވީ މުބާރާތުގެ މެއިން ސްޕޮންސަރ،...

ޙުސައިން ޝަހުދީ
އެލަޔަންސް ފުޓްސެލް ކަޕް 2019ގެ ޗެމްޕިޔަންކަން ވިޔޯރާ ސިޓީއަށް

އެލަޔަންސް ފުޓްސެލް ކަޕް 2019ގެ ޗެމްޕިޔަންކަން ވިޔޯރާ ސިޓީއަށް

އެލަޔަންސް ފުޓްސެލް ކަޕް 2019ގެ ޗެމްޕިޔަންކަން ވިޔޯރާ ސިޓީ ހޯދައިފިއެވެ. ވިޔޯރާ ސިޓީ ޗެމްޕިޔަކަން ހޯދައިފައިވަނީ ރޭ ފައިނަލް މެޗްގައި ސްޓަރ ފޯސް އާއި ބައްދަލުކޮށް 10-2 އަކުންނެވެ. މި ފޯރިގަދަ ފައިނަލް މެޗްގެ މޭން އޮފް މެޗަކަށް ހޮވިފައިވަނީ ވިޔޯރާ ސިޓީގެ ހަސަން ސޮލާހެވެ. ފައިނަލް މެޗަށްފަހު މުބާރާތުގެ އެކި ވަނަ ތަކަށް ދިޔަ ފަރާތްތަކަށް ހަނދާނީ ލިޔުމާއި ޓްރޮފީ ވަނީ ހަވާލުކޮށްފައެވެ. އެގޮތުން މުބާރާތުގެ ރަނަރަޕް ޓީމަކީ ސްޓާރ ފޯސް އެވެ. މުބާރާތުގެ ފެއަރ […]

އިބްރާހިމް އަސްވާޤް
އިހަވަންދޫ ފުޓްބޯޅަދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

އިހަވަންދޫ ފުޓްބޯޅަދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ހއ.އިހަވަންދޫ ފުޓްބޯޅަދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމުގެ މަސައްކަތް  ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްން އިޢުލާނު ކޮށްފިއެވެ. ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހު އެ މިނިސްޓްރީން ކޮށްފައިވާ އިއުލާނެެއްގައި ބުނެފައިވަނީ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން މާދަމާ ހެނދުނު 9:00 ގައި ވެލާނާގެ 3 ވަނަ ފަންގިފިލާގައި އޮންނާނެ ކަމަށެވެ. މިމަސައްކަތަށް އަންދާޒީ ހިސާބު ހުށައެޅުން އޮންނާނީ 18 ޑިސެމްބަރު 2019 ވާ...

މަރްޔަމް ސިމާނާ
މަސްވެރިންގެ ދުވަހުގެ ހަރަކާތްތައް ނެއްލައިދޫގައި ފަށައިފި

މަސްވެރިންގެ ދުވަހުގެ ހަރަކާތްތައް ނެއްލައިދޫގައި ފަށައިފި

ރާއްޖޭގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހދ.ނެއްލައިދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ކުޑަކުދިންގެ ހަވީރުގެ ހަރަކާތްތައް ފަށައިފިއެވެ. އެންމަސް އެމްވީ އިސްނަގައިގެން ކުރިއަށް ގެންދާ މި ހަރަކާތުގައި ގިނަ އަދަދެއްގެ ކުޑަކުދިން ދަނީ ބައިވެރިވަމުންނެވެ. އެގޮތުން ބޯލް ޝޫޓިން، ފޭސް ޕެއިންޓިން ،ބޯލް ޝޫޓިން ،މަސްބޭނުން ފަދަ ގޭމްތައް ވަރަށް ފޯރިއާއި އެކު ކުރިއަށް ދާ ކަމަށް އިންތިޒާމް ކުރާފަރާތުން ވަނީ ބުނެފައެވެ. މީގެ އިތުރުން ތިލަދުން އާއި ވާހަކަ ދައްކަމުން ކުޑަކުދިންގެ ހަވީރު އިންތިޒާމް ކުރާ...

ފާތިމަތު ސިނާޒާ
ކަޝްމީރުގެ އެންމެ ބޮޑު މިސްކިތުގައި ހުކުރު ނުކުރެވޭތާ 4 މަސް

ކަޝްމީރުގެ އެންމެ ބޮޑު މިސްކިތުގައި ހުކުރު ނުކުރެވޭތާ 4 މަސް

އިންޑިއާ ކަޝްމީރުގެ އެންމެ ބޮޑު މިސްކިތުގައި ހުކުރު ނަމާދު ނުކުރެވޭތާ 4 މަސް ދުވަސްވެއްޖެކަމަށް ބޭރުގެ ހަބަރުތައް ބުނެފިއެވެ. ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މިދިޔަ އޯގަސްޓު މަހު، އިންޑިއާ އިން އެ ޤައުމުގެ ޤާނޫނު އަސާސީން ކަޝްމީރަށް ލިބިދީފައިވާ އަމިއްލަ ވަންތަކަން އުވާލުމަށް ނިންމިފަހުން ކަޝްމީރުގެ ބޮޑެތި މިސްކިތްތަކުގައި ހުކުރު ނަމާދު ކުރުން ވަނީ މަނާކޮށްފައެވެ. އެގައުމުގެ ސިފައިންވަނީ ހުކުރު ނަމާދުގެ އިތުރުން ދީނީގޮތުން އެއްވެސް ކަހަލަ ބައްދަލުވުމެއް ކަޝްމީރުގައި ބޭއްވުން މަނާކޮ...

ފާތިމަތު ސިނާޒާ
ކުޅުދުއްފުށީގެ ތާރު އެޅި މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ވަގުތީ ހައްލެއް ހޯދުމުގެ މަސައްކަތް ކުރަނީ

ކުޅުދުއްފުށީގެ ތާރު އެޅި މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ވަގުތީ ހައްލެއް ހޯދުމުގެ މަސައްކަތް ކުރަނީ

ހދ. ކުޅުދުއްފުށީގެ ތާރު އެޅި މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ވަގުތީ ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ. ވިއްސާރަވުމާއި ގުޅިގެން، ތާރު މަގުތަކުގައި ފެންބޮޑުވަނީ ކާނުތަކުން ފެން ހިނދޭނެ އިންތިޒާމެއް ގާއިމް ކުރެވިފައި ނެތުމުން ކަމަށް ކައުންސިލްގެ ރައީސް އަބްދުއްލަތީފް ހަސަން ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ވިއްސާރަ މޫސުމުގައި ތާރު ނާޅާ މަގުތަކެކޭ އެއްގޮތަށް ތާރު އަޅާފައިވާ މަގުތަކުގައިވެސް ފެންބޮޑުވަމުން ދެއެވެ. މިކަން ހައްލު ކުރުމަށް ބޮޑު މަ...

މަރްޔަމް ސިމާނާ