އަތޮޅުތެރެ ތަރައްޤީ ވާނަމަ ތިމާވެށި ހަލާކުވަނީ، މާލެ ކައިރީ ރިސޯޓު ހަދަން ފަޅު ހިއްކުން އޯކޭ: އެމްޕީ ހާރޫން
މާފަރު އެއާރޕޯޓު އިތުރަށް ތަރައްޤީ ކުރުމާ ގުޅޭގޮތުން އީޕީއޭއިން މިއަދު ދިން ލަފަޔާމެދު މަނަދޫ ދާއިރާގެ މެންބަރުގެ އަހުމަދު ހާރޫން ހިތްގަމަނުޖެހުން ފާޅުކުރައްވައިފިއެވެ. ނ. މާފަރު އެއަރޕޯޓް އިތުރަށް ތަރައްޤީކުރުމާގުޅޭ މަޝްރޫއު އިތުރަށް ކުރިއަށް ގެންދިއުމާމެދު އީޕީއޭއިން ދިން ލަފަޔާމެދު ހިތްހަމަ ޖެހިވަޑައިނުގެން ޝުއޫރު ފާޅު ކުރައްވާ މިއަދު ކުރެއްވި ޓުވީޓްގައި ވިދާޅުވީ ނ.މާފަރު ފަޅުން ވެލި ނެގުން ނުހުއްޓުވުނު ކަމަށެވެ. އަތޮޅުތެރެ ތަރައްޤީ ވާނަމަ ތިމާވެށި ހަލާކުވަނީ ކަމަށް ވާކަމަށާއި، މާލެ ކައިރީ ރި...