ވިޔަފާރި ރަންލެދި ރިސޯޓުން ސާވިސް ޗާޖުގެ ގޮތުގައި މިދިޔަ މަހު 1903.28 ޑޮލަރު ރަންލެދި ރިސޯޓުން ސާވިސް ޗާޖުގެ ގޮތުގައި މިދިޔަ މަހު 1903.28 ޑޮލަރު ދީފިއެވެ. ރާއްޖޭގެ ރިސޯޓުތަކުން ކޮންމެ މަހަކު ދޭ ސާވިސް ޗާޖް އާންމުކުރާ ވެބްސައިޓް ”މޯލްޑިވްސް ސާވިސް ޗާޖް“ގައި ބުނެފައިވާ ގޮތުގައި ރަންދެލި ރިސޯޓުން ސާވިސް ޗާޖުގެ ގޮތުގައި ބޮލަކަށް 1,903.28 ޑޮލަރު (29,348.58 ރުފިޔާ) ވަނީ ބަހާފަ އެވެ. މިއީ ނޮވެމްބަރ މަހާއި އަޅާ ބަލާއިރު 757.28 ޑޮލަރު ( 11677.25 ރުފިޔާ) އިތުރު އަދަދެކެވެ. މިހާރު އެވެބްސައިޓުގައި އާންމުކޮށްފައިވާ މަޢުލޫމާތައް ބަލައިރު ދެވަނަ އަށް […] އަލީ އާދިލް · 6 އަހަރު ކުރިން
ރާއްޖެ މިދިޔަ އަހަރު ދައުލަތުގެ މުއައްސަސާތަކަށް އެއްހާހަށްވުރެ ގިނަ ޤާނޫނީ ލަފާ ފޯރުކޮށްދީފައިވާނެ: އޭޖީ ފާއިތުވި އަހަރު ދައުލަތުގެ މުއައްސަސާތަކަށް އެއްހާހަށްވުރެ ގިނަ ޤާނޫނީ ލަފާ ފޯރުކޮށްދީފައިވާކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން ހާމަކުރައްވައިފިއެވެ. އެ އޮފީހުން ޢާންމު ކޮށްފައިވާ މިދިޔަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ދައުލަތުގެ މުއައްސަސާތަކުން 1082 ކަމެއްގައި ޤާނޫނީ ލަފަޔަކަށް އެދި އެ އޮފީހަށް ފޮނުވާފައިވާއިރު، 1003 ކަމެއްގައި ޤާނޫނީ ލަފާ ވަނީ ދެއްވާފައެވެ. އެޓަރނީ ޖެނަރަލްގެ އޮފީހުން 2019 ވަނަ އަހަރު ދިން ލަފާގެ ތަފާސްހިސާބު pic.twitter.com/IPDTdjY5cR — AG Office Maldives... އަލީ އާދިލް · 6 އަހަރު ކުރިން
ރާއްޖެ ދީނަށާއި ޢިލްމުވެރިންނާ ދެކޮޅަށް ވަގު އައިޑީގައި ބަސްބުނުމަކީ ދީނާއި ޤައުމަށް ވަފާތެރި މުސްލިމަކު ކުރާނެ ކަމެއްނޫން: ސެއިޚް އިލްޔާސް ދީނަށާއި ޢިލްމުވެރިންނާ ދެކޮޅަށް ވަގު އައިޑީގައި ބަސްބުނުމަކީ ޔަޤީނުންވެސް ދީނަށާއި ޤައުމަށް ވަފާތެރި އިޚްލާސްތެރި މުސްލިމް މުވާތިނަކު ކުރާނެ ކަމެއް ނޫންކަމަށް ސެއިޚް އިލްޔާސް ޙުސައިން ވިދާޅުވެއްޖެއެވެ. ސެއިޚް އެހެން ވިދާޅުވީ މިއަދު ކުރި ޓުވީޓެއްގައެވެ. އެ ޓުވީޓުގައި ސެއިޚް އިތުރަށް ވިދާޅުވެފައިވަނީ މުންކަރާތްތަކާއި ދެކޮޅު ހެދުމަކީ ހަރުކަށި ކަމެއްނޫން ކަމަށެވެ. އަދި ” އަހަރެމެން ބަޔަކާ ދެކޮޅުވެރި ވާނީވެސް އަދި އެކުވެރި ވާނީވެސް ހައްޤުގެ ދިފާއުގައި ” ކަމަށް ވިދާޅުވެފައިވެއެވެ. Dhēnashai, ilmuveri... ޔުމްނާ ޢަލީ · 6 އަހަރު ކުރިން
ރާއްޖެ ިމާލޭގައި މީހެއް ގަޔަށް ވަޅި ޖަހައިފި ިމާލޭގައި މިއަދު ހަވީރު މީހެއް ގަޔަށް ވަޅި ޖަހައިފިއެވެ. ފުލުހުން ބުނީ މާފަންނު ހިލާލީ މަގުގައި ބަޔަކު ހަމަނުޖެހުން ހިންގާ ކަމަށް މިއަދު 4:40 ހާއިރު ފުލުހުންގެ ސީސީޓީވީ ކެމެރާއަކުން ފާހަގަ ކުރެވިފައިވާ ކަމަށެވެ. ފުލުހުން ބުނީ މި މާރާމާރީގައި އަނިޔާވެގެން ފަރުވާދެމުން ދަނީ 29 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށެވެ. އަދި އެކަން ބެލި އިރު މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށާއި އަނިޔާ ލިބުނު މީހާއަށް އައިޖީއެމްއެޗް އިން ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. […] އަލީ އާދިލް · 6 އަހަރު ކުރިން
ކޮލަމް އަތޮޅު ތަކުގެ މީހުން ކުޑަ ސިޓީއާއި ނުލައި މާލެ ފޭބުން ހުއްދަވިތާ 30 އަހަރު އަތޮޅު ތަކުގެ މީހުން ކުޑަ ސިޓީއާއި ނުލައި މާލެ ފޭބުން ހުއްދަވިތާ 30 އަހަރު ފުރުނީ 1 ޖެނުއަރީ 2020 އަށެވެ. އަތޮޅު ތަކުގެ މީހުން ކުޑަ ސިޓީއާއި ނުލައި މާލެ ފޭބުން ހުއްދަވީ އޭރު އަމަލު ކުރެވެމުން އައި ” ރާއްޖެތެރޭ މީހުން މާލެ ފޭބުމާބެހޭ ޤަވާޢިދު ” 1 ޖެނުއަރީ 1990 އިން ފެށިގެން އޭރުގެ ވަޒީރުންގެ މަޖިލިސްއިން އުވާލުމާއި ގުޅިގެންނެވެ. ރާއްޖެތެރޭ މީހުން މާލެ ފޭބުމާބެހޭ ޤަވާޢިދު އުވާލެއްވި ވަޒީރުންގެ މަޖިލިސްގެ ރިޔާސަތުގައި […] ޙުސައިން ޝަހުދީ · 6 އަހަރު ކުރިން
ދީން އިސްލާމް ދީނުގައި އިންސާނާގެ މަޤާމު އިސްލާމްދީނަކީ އިންސާނާއަށް އެންމެ އިސް އަދި އެންމެ ޤަދަރުވެރި މަޤާމުދީފައިވާ ދީނެވެ. މިމަޤާމު ދީފައިވަނީ ވަކި ނަސްލަކަށް، ވަކި ފަންތިއަކަށް، ވަކީ ޤަބީލާއަކަށް ނުވަތަ ވަކި ޖަމާޢަތަކަށް ބެލުމެއްނެތިއެވެ. އެހެންކަމުން އިސްލާމް ދީނުގެ ކުރިމަތީގައި ހުރިހާ އިންސާނުންވެސް ހަމަހަމަވެގެންވެއެވެ. އެހެންގޮތަކަށް ބުނާނަމަ ހަމަ ކޮންމެ އިންސާނަކީވެސް ހަމަހަމަ މީހެކެވެ. އިންސާނާ މޮޅުދެރަކަން ކަނޑައެޅިގެންދަނީ އޭނާގެ ކިބައިގައިވާ ތަޤުވާވެރިކަމުންނެވެ. ކީރިތި ޤުރްއާނުގެ އަންނަނިވި ބަސްފުޅުން އެކަން ވަރަށް ރަނގަ... ޝިއުނާ އާދަމް · 6 އަހަރު ކުރިން
ރާއްޖެ ޑިންގީއިން ގެއްލުނު މީހާ އަދިވެސް ނުފެނޭ ބ. ދޮންފަނާއި އެއަތޮޅު ހަނިފަރާ ދެމެދު ދަތުރު ކުރަމުން ދިޔަ ލޯންޗެއް އެ ސަރަހައްދުގައި މަސްވެރިކަމަށް މަަޑުކޮށްގެން އޮތް ޑިންގީއެއްގައި ޖެހި ރޭ ހިނގި އެކްސިޑެންޓުގައި، ޑިންގީއިން ގެއްލުނު މީހާ އަދިވެސް ނުފެންނަ ކަމަށް ކޯސްޓް ގާޑުން މިއަދު ބުނެފި އެވެ. އެ ހާދިސާގެ މައުލޫމާތު އެމްއެންޑީއެފްގެ ކޯސްޓްގާޑަށް ލިބިފައިވަނީ ރޭގެ 19:06 އެހާކަންހާއިރުއެވެ. އެ އެކްސިޑެންޓްގައި ގެއްލިފައި ވަނީ، ބ. އޭދަފުށީ މުޝްތަރީގޭ، ނަސްރުﷲ އަބްދުﷲ، 41 އ. އެވެ. ރޭ ކަނޑުމަތީ އެކްސިޑެންޓެއް ހިނގައި […] އަލީ އާދިލް · 6 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފަތުރުވެރި ކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ މީހުންގެ ހައްްގުތައް ކަށަވަރު ކޮށްދެއްވާނެ: މެންބަރު ޝަހީމް ފަތުރުވެރި ކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ އެންމެހާ ރައްޔިތުންގެ ހައްްގުތައް މިނިސްޓަރު ޢަލީ ވަހީދު ކަށަވަރު ކޮށްދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލިސްގެ ކަނޑިތީމު ދާއިރާގެ މެންބަރު އަބުދު ﷲ ޝަހީމް ވިދާޅުވެއްޖެއެވެ. މެންބަރު ޝަހީމް އެހެން ވިދާޅުވީ މިރޭ ކުރެއްވި ޓުވީޓެއްގައެވެ. އެ ޓުވީޓުގައި ޝަހީމް ވިދާޅުވެފައި ވަނީ ކަމެއް ރަނގަޅު ކުރަން މަސައްކަތްކުރާ ކޮންމެ ބޭފުޅަކަށްވެސް ވަރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށެވެ. ” އަޅުގަނޑުމެންގެ ފުރިހަމަ ތާއީދާއި ޔަޤީންކަން މިނިސްޓަރު ޢަލީ ވަހީ... އަލީ އާދިލް · 6 އަހަރު ކުރިން
ރާއްޖެ ގެއްލުނު މީހާ ހޯދުމަށް މިދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުން: އެމްއެންޑީއެފް މިރޭ ކަނޑުމަތީ އެކްސިޑެންޓެއް ހިނގައި ގެއްލިގެން ހޯދަމުންދާ މީހާ ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންދާކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ. އެމްއެންޑީއެފް އިން ބުނީ ގެއްލުނު މީހާ ހޯދުމަށް އެމްއެންޑީއެފް ކޯސްޓް ކާޑުގެ އެފްއައިސީ ފާމުލަދޭރި އާއި އެމްއެންޑީއެފްގެ ޑައިވަރުން ހުއްޓުމެއްނެތި ހަރަކާތްތެރި ވަނުން ދާކަމަށެވެ. އެ އެކްސިޑެންޓް ހިނގާފައި ވަނީ ބ. ދޮންފަނާއި، ބ، ހަނިފަރާ ދެމެދުން ދަތުރުކުރަމުންދިޔަ ދޯންޏަކާއި، ޑިންގީއެއް ޖެހި ގެންނެވެ. އެ އެކްސިޑެންޓްގައި ގެއްލިގެން ހޯދަނީ ޑިންގީއިން... ޔުމްނާ ޢަލީ · 6 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު "ނަމާދު" މި މަޢުލޫއަށް ވައިކަރަދޫގައި ދަރުހެއް ވިޔެސް ޖަމިއްޔާއިން ބާއްވަނީ “ނަމާދު” މި މަޢުލޫއަށް ވައިކަރަދޫގައި ވަރަށް ޚާއްސަ ދަރުހެއް ވިޔެސް ޖަމިއްޔާއިނަ ބާއްވަން ނިންމައިފިއެވެ. ވިޔެސް ޖަމިއްޔާއިން އިންތިޒާމްކުރާ މި ދަރުސް އޮންނާނީ 3 ވާ ހުކުރު ދުވަހުގެރޭ 20:45 ގައި ހދ އަތޮޅު މަދަރުސާގައެވެ. ދަރުސް ދެއްވާނީ ޢައްޝެއިޚް ޝުޢައިބު ނާޒިމް އެވެ. ވިޔެސް ޖަމިއްޔާއިން ބުނީ މިދަރުހަކީ ވައިކަރަދޫގައި ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށް އެޖަމިއްޔާއިން ކުރިޔަށް ގެންދާ ދަރުހެއްކަމަށާއި މިކަމުގައި އެހީތެރިކަން ފޯރުކޮށްދިން ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވާކަމަށެވެ. ހުސައިން ހަބީބް · 6 އަހަރު ކުރިން
ވިޔަފާރި ފެނަކައިން މިއަހަރު ތެރޭގައި 30 އިންޖީނުގޭގެ މަސައްކަތް ނިންމާ ޚިދުމަތްދޭން ފަށަނީ ފެނަކައިން މިއަހަރު ތެރޭގައި 30 އިންޖީނުގޭގެ މަސައްކަތް ނިންމާ ޚިދުމަތްދޭން ފަށާނެކަމަށް އެކުންފުނިން ބުނެފިއެވެ. އެ ކުންފުނިން މިއަދު ބުނީ ރަށްރަށުގެ އިންޖީނުގެތައް މީހުން އުޅޭ ސަރަހައްދުތަކުން އެކަހެރި ސަރަހައްދުތަކަށް ބަދަލުކުރުމުގެ މަޝްރޫއުތަކުގެ ދަށުން 2019 ވަނަ އަހަރުގެ ތެރޭގައި އައު އިމާރާތްތައް އެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، އެގޮތުން 27 ރަށެއްގައި އެ މަސައްކަތް ފެށި، 2020 ފެށުނުއިރު ބައެއް ރަށްރަށުގެ އިންޖީނުގޭގެ ގިނަ މަސައްކަތްތައް ނިމިފައިވާ ކަމަށެވެ. 2020 ގައި އިންޖީނުގެތައް... އަލީ އާދިލް · 6 އަހަރު ކުރިން
ރާއްޖެ ވެރިކަމާއި ހަވާލުވިއިރު ކޯސްޓްގާޑްގެ ގިނަ އުޅަނދުތައް ހުރީ ހަލާކުވެފައި: މާރިޔާ މި ސަރުކާރު ވެރިކަމާއި ހަވާލުވީއިރު ކޯސްޓްގާޑުގެ ވަރަށް ގިނަ އުޅަނދުތައް ހުރީ ހަލާކުވެފައި ކަމަށާއި އެހެން ކަމުން އެ އުޅަނދުތައް މަރާމާތު ކުރުުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރު ވިދާޅުވެއްޖެ އެވެ. ކޯސްޓްގާޑްގެ ހިދުމަތަށް 40 އަހަރު ފުރުމާއި ގުޅިގެން އާންމު ކުރެއްވި ވީޑިއޯ އިންޓަވިއުއެއްގައެއެކަމަނާ މިހެން ވިދާޅުވެފައި ވާއިރު އެކަމަނާ އިތުރަށް ވިދާޅުވީ ސިފައިންގެ މުއައްސަސާއަކީ ގަދަރާއި އިހުތިރާމް ލިބިފައިވާ މުއައްސަސާއަކަށް ހެދުމާއި، ޒަމާނީ ވަސީލަތްތައް އެ މުއައްސަސާއަށް ހޯއް... ފާތިމަތު ސިނާޒާ · 6 އަހަރު ކުރިން
ރާއްޖެ ކަނޑުމަތީ އެކްސިޑެންޓެއް ހިނގައި މީހަކު ގެއްލިގެން ހޯދަނީ ކަނޑުމަތީ އެކްސިޑެންޓެއް ހިނގައި މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. މި އެކްސިޑެންޓް ހިނގާފައި ވަނީ ބ. ދޮންފަނާއި، ބ، ހަނިފަރާ ދެމެދުން ދަތުރުކުރަމުންދިޔަ ދޯންޏަކާއި، ޑިންގީއެއް ޖެހި ގެންނެވެ. https://twitter.com/MNDF_Official/status/1212753128770039808?s=19 މިއެކްސިޑެންޓްގައި ގެއްލިގެން ހޯދަނީ ޑިންގީއިން ދަތުރުކުރި މީހެކެވެ. އެމީހާ ހޯދުމަށް އެމްއެންޑީއެފްގެ ނޯދަން އޭރިއާ ކޯސްޓް ގާޑުން ދަނީ ހަރަކާތް ތެރި ވަމުންނެވެ. ގެއްލިގެން ހޯދަމުންދަނީ ދިވެއްސެއް ކެވެ. މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފ... ފާތިމަތު ސިނާޒާ · 6 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މަކުނުދޫ، ނޭކުރެންދޫ، ނެއްލައިދޫގައި އަޅާ ފެނާއި ނަރުދަމާގެ ޑިޒައިން ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ ހދ. މަކުނުދޫ، ހދ. ނޭކުރެންދޫ، ހދ. ނެއްލައިދޫގެ އިތުރުން 4 ރަށެއްގެ ފެނާއި ނަރުދަމާ އަޅަން ޑިޒައިންތައް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން ހުޅުވާލައިފި އެވެ. ހދ.ނެއްލައިދޫ، ހދ.ނޭކުރެންދޫ، ހދ. މަކުނުދޫ އިތުރުން ޑިޒައިންގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ހުޅުވާލި ރަށްތަކުގެ ތެރޭގައި ގދ. ވާދޫ، ގދ. ފިޔޯރީ ، ބ.ކެންދޫ އަދި ށ. ފޭދޫ ހިމެނެ އެވެ. އެ ޕްރޮޖެކްޓަށް ބީލަން ހުޅުވާލުން އޮންނާނީ މިމަހުގެ 23 ވާ ބުރާސްފަތި ދުވަހު އެވެ. އަލީ އާދިލް · 6 އަހަރު ކުރިން
ރާއްޖެ އާ އަހަރުގެ އޮޕަރޭޝަންގައި 100 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފި އާ އަހަރާ ގުޅުވައިގެން ފުލުހުން އިއްޔެ އާއި ރޭ ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނުގައި ރާއްޖޭގެ އެކި ރަށްރަށުން 110 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ. ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ފުލުހުން ހިންގި އެ އޮޕަރޭޝަނުގައި އެންމެ ގިނަ މީހުން ހައްޔަރުކުރީ ބަނގުރާ ބޭނުންކޮށްގެންނާއި މަގުމަތީގެ އާއްމު ހަމަޖެހުން ނަގާލަން އުޅުނުކަމުގެ ތުހުމަތުގަ އެވެ. ފުލުހުން މިހާތަނަށް އާއްމުކޮށްފައިވާ ހިސާބުތަކުގައިވާ ގޮތުން އެންމެ ގިނަ ބަޔަކު ހައްޔަރު ކުރީ ޏ. ފުވައްމުލަކުންނެވެ. އެ […] ފާތިމަތު ސިނާޒާ · 6 އަހަރު ކުރިން