މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ދިއްދޫ ހައުސިންގ ޔުނިޓްތަކަށް ކުރިމަތިލި 389 ފަރާތަށް ޕޮއިންޓް ދީފައިވާ ގޮތުގެ ފައިނަލް ލިސްޓް އާންމުކޮށްފި

ދިއްދޫ ހައުސިންގ ޔުނިޓްތަކަށް ކުރިމަތިލި 389 ފަރާތަށް ޕޮއިންޓް ދީފައިވާ ގޮތުގެ ފައިނަލް ލިސްޓް އާންމުކޮށްފި

ހއ ދިއްދޫގައި ޢިމާރާތްކުރެވިފައިވާ ހައުސިންގ ޔުނިޓްތަކަށް އެދި ފޯމް ހުށަހެޅި 389 ފަރާތަށް ޕޮއިންޓް ދީފައިވާ ލިސްޓް އަލުން މުރާޖަޢާކުރުމަށްފަހު، ހައުސިންގ ޔުނިޓްތަކަށް އެދިފައިވާ ފަރާތްތަކަށް ލިބިފައިވާ ޕޮއިންޓް ލިސްޓް އާންމުކޮށްފިއެވެ. ދިއްދޫ ކައުންސިލުން ކޮށްފައިފާ ޢިއުލާނެއްގައިވަނީ އެރަށުގައި ޢިމާރާތްކުރެވިފައިވާ ހައުސިންގ ޔުނިޓްތަކުގެ ތެރެއިން A ކެޓަގަރީން ހައުސިންގ ޔުނިޓްތައް ލިބޭ ފަރާތްތަކުގެ ޕޮއިންޓް ލިސްޓް  ޢާންމުކުރާކަމަށެވެ. އެ ލިސްޓާ މެދު އެއްވެސް ފަރާތެއްގެ އެއްވެސް ޝަކުވާއެއް އޮތް ނ...

އަލީ އާދިލް
އިހަވަންދޫ ބަނދަރުގެ ވެލިގަނޑުން ވެލި ދޫކުރުމުގެ އުސޫލު އާންމުކޮށްފި

އިހަވަންދޫ ބަނދަރުގެ ވެލިގަނޑުން ވެލި ދޫކުރުމުގެ އުސޫލު އާންމުކޮށްފި

ހއ. އިހަވަންދޫ ބަނދަރުގެ އިރު އުތުރު ކަނުގައި ހެދިފައިވާ ވެލިގަނޑުން ވެލި ދޫކުރުމުގެ އުސޫލު އާންމުކޮށް، ވެލި ދޫކުރުމުގެ ތައްޔާރިތައް ވެއްޖެއެވެ. އިހަވަންދޫ ބަނދަރުގައި ހެދިފައިވާ ވެލިގަނޑުން ވެލި ނެގުމަށް ނަން ނޯޓްކޮށްފައިވާ ފަރާތްތަކަށް ވެލި ދޫކުރުނަން ފެށުމަށް ހަމަޖެހިފައިވަނީ 23 ޖަނަވަރީ 2020 ވާ ބުރާސްފަތި ދުވަހުން ފެށިގެންނެވެ. ވެލި ދޫކުރުމަށް ހަމަޖެހިފައިވަނީ ވެލި ނެގުމަށް ނަންނޯޓް ކޮށްފައިވާ ތަރުތީބުން ކޮންމެ ދުވަހަކު 10 ފަރާތަކަށް، ވެލިދޫކުރުމަށް ކަނޑައަޅައި، އާންމުކޮށްފައިވާ އުޞޫލުގެ ދަށ...

ޔުމްނާ ޢަލީ
"ޒީރޯ ޓޮލަރެންސް" އަކީ ހަލަބޮލިކަން އޮއްބާލުމަށް ބޭނުންކުރާ ޓޫލްއެއްތޯ: އިރުތިޝާމް

"ޒީރޯ ޓޮލަރެންސް" އަކީ ހަލަބޮލިކަން އޮއްބާލުމަށް ބޭނުންކުރާ ޓޫލްއެއްތޯ: އިރުތިޝާމް

“ޒީރޯ ޓޮލަރެންސް” އަކީ ކޮބައިތޯ އިރުތިޝާމް އާދަމް ސުވާލު އުފައްދައިފިއެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ހެލްތް މިނިސްޓަރުކަން އަދި އެންމެ ފަހުން ޔޫތް މިނިސްޓަރުކަން ކުރެއްވި އިރުތިޝާމް މިކަމަށް ސުވާލު އުފައްދާ ފޭސްބުކްގައި ލިއުއްވި ސްޓޭޓަސް އެއްގައި ބުނެފައިވަނީ އިޖްތިމައީ މައްސަލަތައް މެދުވެރިވާ ހާލަތުގައި ޒީރޯ ޓޮލަރެންސްގެ ޕޮލިސީ ތަންފީޒުކުރާނީ ކޮންގޮތަކަށްތޯ އައްސަވާފައެވެ. އަދި މިއީ އިޖްތިމާއީ ހަލަބޮލިކަން އޮއްބާލުމަށް ބޭނުންކުރާ ޓޫލްއެއްތޯ ސުވާލު އުފައްދަވާފަ...

އަލީ އާދިލް

މިހާތަނަށް 3،100 މީހުންނަށް ވެކްސިން ދެވިއްޖެ، މާދަމާ 30،000 ވެކްސިން ގެންނަނީ

ހިމަބިން ރައްކާތެރިވެ ތިބުމަށް މިހާތަނަށް 3100 މީހަކަށް ވެކްސިން ދެވިއްޖެކަމަށާއި، މާދަމާ 30،000 ވެކްޝިން ރާއްޖެ ގެނެވޭނެކަމަށް ހެލްތު މިނިސްޓަރު އަމީން ވިދާޅުވެއްޖެއެވެ. މިނިސްޓަރު އެހެން ވިދާޅުވީ މިއަދު ހެލްތު މިނިސްޓްރީގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން ވިދާޅުވީ ހިމަބިހި އިތުރަށް ފެތުރުނަ ނުދީ ރައްކާތެރިވުމުގެ ގޮތުން މިހާރުވެސް ގިނަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ. ހިމަބިހި މިފަހުން ރާއްޖޭގައި ފެތުރެން ފެށިފަހުން މިހާތަނ...

އަލީ އާދިލް
ވަކިވަމުން އެމްޑީ އާޒިމްގެ ޝުކުރު ފެންކުންފުނީގެ މުވައްޒަފުންނަށް

ވަކިވަމުން އެމްޑީ އާޒިމްގެ ޝުކުރު ފެންކުންފުނީގެ މުވައްޒަފުންނަށް

ފެންކުންފުނީގެ މުވައްޒަފުންނާއެކު މަސައްކަތް ކުރުމުގެ ފުރުޞަތުލިބުމަކީ، ލިބުނު ފަޚުރެއްކަމަށް އެ ކުންފުނީގެ ކުރީގެ އެމްޑީ އާދަމް އާޒިމް ވިދާޅުވެއްޖެވެ. އާދަމް އިއްޔެވަނީ ފެންކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރުކަމުގެ މަޤާމުން، އެމްޓީސީސީ މެނޭޖިންގ ޑައިރެކްޓަރުގެ މަޤާމަށް ބަދަލު ކުރައްވާފައެވެ. އާދަމް ފެންކުންފުނިން، އެމްޓީސީސީއަށް ވަޑައިގަތުމަށްފަހު ރޭ ވިދާޅުވީ ފެންކުންފުނީގެ ޓީމަކީ ކުންފުންޏާމެދު ކުރިމަގަށް އެންމެ ރަނގަޅު ތަސައްވުރެއް ގެންގުޅޭ އަދި ކަސްޓަމަރުންނަށް އެންމެ ފެންވަރު ރަނގަޅު ޚިދުމަތް...

އަލީ އާދިލް
ތިން އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި 76 އަހަރުގެ މީހަކު ހައްޔަރުކޮށްފި

ތިން އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި 76 އަހަރުގެ މީހަކު ހައްޔަރުކޮށްފި

ދެކުނުގެ ރަށެއްގައި އުމުރުން ތިން އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި 76 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފި އެވެ. އުމުރުން ތިން އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ މައްސަލައެއްގައި ފުލުހުންގެ ސައުތު ސެންޓްރަލް ޕޮލިސް ޑިވިޝަނުގައި ހިމެނޭ ރަށަކުން މިއަދު މެންދުރު 13:00 ހާއިރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެ މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ އުމުރުން 76 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް […]

އިބްރާހިމް އަސްވާޤް
ދީބާޖާ މައްސަލަ ރިވިއު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުމަށް އޭޖީ ނިންމައިފި

ދީބާޖާ މައްސަލަ ރިވިއު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުމަށް އޭޖީ ނިންމައިފި

ދީބާޖާ މައްސަލަ ރިވިއު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުމަށްއެޓާނީ ޖެނެރަލް (އޭޖީ) ނިންމައިފި އެވެ. އެޓާރނީ ޖެނެރަލްގެ އޮފީހުން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ ދީބާޖާ މައްސަލާގައި ސުޕްރީމް ކޯޓުން ކޮށްފައިވާ ޙުކުމާމެދު ޢާންމުންގެ ކަންބޮޑުވުން އޮތް ކަމަށް، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާތީ، ޢާންމު މަޞްލަޙަތަަށް ރިއާޔަތްކޮށް، އެ މައްސަލަ ރިވިއު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުމަށް އޭޖީ ނިންމައިފި ކަމަށެވެ. ދީބާޖާ މައްސަލާގައި ސުޕްރީމް ކޯޓުން ކޮށްފައިވާ ޙުކުމާމެދު ޢާންމުންގެ ކަންބޮޑުވުން...

އަލީ އާދިލް
އާސެނަލް އަދި ޗެލްސީއަށް ހަމަހަމަ ނިމުމެއް

އާސެނަލް އަދި ޗެލްސީއަށް ހަމަހަމަ ނިމުމެއް

އިނގްލިޝް ޕްރިމިއަރ ލީގުގަ ރޭ ލަންޑަނަށް ނިސްބަތްވާ ދެ ޓީމް ކަމަށްވާ އާސެނަލް އަދި ޗެލްސީ ބައްދަލުކުރި މެޗް ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. ޗެލްސީގެ ސްޓެމްފޮޑް ބްރިޖްގައި ރޭ ކުޅުނު މިމެޗްގައި ފުރަތަމަ ގޯލް ޖަހާ ލީޑް ނެގީ ޗެލްސީންނެވެ. މެޗްގެ 26 ވަނަ މިނިޓްގައި އާސެނަލްގެ ޑިފެންޑަރ މުސްތާފީ ކީޕަރަށް ޖައްސާލި ބޯޅަ އަތުލާ ޗެލްސީގެ ޓެމީ އަބްރަހަމް ބޯޅަ ހިފައިގެން ހުސްކޮށް ހުރެ އޭރިއާ ތެރެއަށް ވަދެ ގޯލަށް ފޮނުވާލުމުގެ ކުރިން ފަހަތުން […]

އަޙްމަދު އަސްފާން
ކަނޑިތީމު ގޭގެއަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފަށައިފި

ކަނޑިތީމު ގޭގެއަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފަށައިފި

ކުށްމަދު އަމާން މާހައުލެއް ގާއިމު ކުރުމަށާއި ރައްޔިތުން ހޭލުންތެރިކުރުމަށް މަޢުލޫމާތު ދިނުމާ އަދި ފުލުހުންނާއި އާންމު ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ށ. ކަނޑިތީމު ގޭގެއަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް އެރަށު ޕޮލިސް ސްޓޭޝަނުން ފަށައިފިއެވެ. މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން ކުރިއަށްގެންދާ މި ޕްރޮގްރާމުގައި، ރަށުތެރޭގައި ހިނގާ ނޭދެވޭ ކަންކަން ހުއްޓުވުމަށް ފުލުހުންނާއި ރައްޔިތުން ގުޅިގެން ކުރެވިދާނެ ކަންކަމާއި ނޭނ...

އިބްރާހިމް އަސްވާޤް
އެހީ ނުލިބިއްޖެ ނަމަ ރާއްޖޭގެ ރަށްތައް އެކީ އަޑިއަށް ހިނގައިދާނެ: ޝާހިދު

އެހީ ނުލިބިއްޖެ ނަމަ ރާއްޖޭގެ ރަށްތައް އެކީ އަޑިއަށް ހިނގައިދާނެ: ޝާހިދު

މޫސުމާ ގުޅިގެން ކަނޑުގެ ލޮނުގަނޑަށް އަންނަ ބަދަލުތަކުން ސަލާމަތްވުމަށް އަވަސް ފުރުސަތެއްގައި އެހީ ނުހޯދިއްޖެނަމަ ޖަޒީރާ ރަށްތަކަކަށް އެކުލެވިގެންވާ ރާއްޖޭގެ ރަށްތައް އެކީ އަޑިއަށް ހިނގައިދާނެކަމުގެ ބިރު އޮތްކަމަށް ފޮރިން މިނިސްޓަރ ވިދާޅުވެއްޖެއެވެ. ޝާހިދު މިހެން ވިދާޅުވީ މިމަހުގެ 14 އިން 16 އަށް އިންޑިއާގައި އޮތް ރައިޒީނާ ޑައިލޮގުގައި ބައިވެރިވެވަޑައިގަތުމަށް އެ ޤައުމަށް ވަޑައިގެން ނޫސްވެރިންނާއި ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގައެވެ. ފަރުތުވެރިންގެ މެދުގައި މަޤުބޫލުކަން ލިބިފައިވާ ރީތި ދޮންވެލ...

އައިމިނަތު ޔުމްނާ
ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ: މުހިންމު މަޢުލޫމާތާއި އެހީ!

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ: މުހިންމު މަޢުލޫމާތާއި އެހީ!

ޖިންސީ ގޯނާއަކީ، ބޮޑެތި މީހުން އެމީހުންގެ ބާރާއި ނުފޫޒު ބޭނުންކޮށްގެން އެމީހެއްގެ މައްޗަށްކުރާ އިތުބާރާއި އިޙްތިރާމްގެ ނާޖާއިޒު ފައިދާ ނަގައިގެން، ޖިންސީ ކަންކަމުގައި ކުއްޖާ މަޝްޣޫލްކުރުވުމެވެ. މިފަދަ ކަންކަން ގަދަބާރުން، މަކަރުން، އެއްޗެތި ދީގެން ހައްލާލައިގެން ނޫނީ ބިރުދައްކައިގެން ހިންގަފާނެއެވެ. ކުއްޖާ އަށް ކޮއްފާނެ އަސަރު ހެދިބޮޑުވުމަށާއި ކުއްޖާގެ ސިއްޙަތަށް ނޭދެވޭ އަސަރު ކޮށްފާނެ. އަމިއްލަ ނަފުސާ ދޭތެރޭ ދެރަކޮށް ދެކި، އިޙުސާސްތައް ހާމަނުކޮށް އެތެރޭގައި ބަހައްޓަފާނެ. މީހުންނަށް އިތުބާރުކުރަ...

އިބްރާހިމް އަސްވާޤް
ކޮރޯނާ ވައިރަސް އެމެރިކާއިންވެސް ފެނިއްޖެ. މުޅި ދުނިޔެ އެލާޓަށް!

ކޮރޯނާ ވައިރަސް އެމެރިކާއިންވެސް ފެނިއްޖެ. މުޅި ދުނިޔެ އެލާޓަށް!

ޗައިނާގައި ފެތުރެމުންދާ، ނޭވާލާ ނިޒާމަށް އަސަރުކުރާ ގޮތްނޭނގޭ ބަލި “ނޮވެލް ކޮރޯނާ ވައިރަސް” ދާދިފަހުން ޗައިނާއަށް ދަތުރުކުރި އެމެރިކާގެ ރައްޔިތެއްގެ ހަށިގަނޑުން ވައިރަސްގެ އަސަރު ފެނިފައިވާކަމަށް އެމެރިކާއިން ބުނެފި އެވެ. ޗައިނާގައި ކޮރޯނާވައިރަސް އެންމެ ބާރަށް ފެތުރެމުންދާ ވުހާން ސިޓީ ހުންނަ ޞަރަޙައްދަށް ދަތުރުކޮށްފައިވާ މިމީހާއަކީ އުމުރުން 30ގެ އަހަރުގެ މީހެކެވެ. މިމީހާއަށް މިހާރު ހޮސްޕިޓަލުން ފަރުވާދެމުން އަންނަކަމަށާއި އެމީހާގެ ޙާލަތު ރަނގަޅުކަމަށް އެމެރިކާގެ އިދާރާތަކަށް ހަވާލާދީ ނޫސްތަކުން...

އަލީ އާދިލް
ކުރެވޭ ކިތަންމެ ކުޑަ ކަމަކުންވެސް، ސުވަރުގެއަށް ވަނުމުގެ ދޮރު ހުޅުވިދާނެ

ކުރެވޭ ކިތަންމެ ކުޑަ ކަމަކުންވެސް، ސުވަރުގެއަށް ވަނުމުގެ ދޮރު ހުޅުވިދާނެ

އުފާވެރިކަމުގައި ހުންނަތަން މެނުވީ އެހެން މީހުނަށް ނުދައްކާށެވެ. މީހުނަށް އަބަދުވެސް ހިނިތުންވުމުގައި ހުރެ ބައްދަލު ކުރާށެވެ. ދިރިއުޅުމުގައި ދަތިތަކާއި ކުރިމަތިވަނީ ނަމަ ޤުރުއާނަކީ ތިބާއަށް ދުނިޔެމަތިން ހިތްހަމަ ޖެހުން ގެނެސްދޭ ސުވަރުގެ ކަމުގައި ދެކޭށެވެ. އެކަނިވެރިކަމުގެ އިހުސާސް ކުރެވޭނަމަ އަޅުކަން ކުރުން ގިނަކޮށް ތިބާގެ ހިތާމަ ހެއްދެވި ފަރާތާ ހިއްސާ ކުރާށެވެ. މީހަކު ހާލު ކިހިނެއްތޯ ސުވާލު ކޮށްފިނަމަ މާތް ﷲ އަށް ޙަމްދުކޮށް ހިނިތުން ވެލާށެވެ. ހިނގާފައިދާއިރު ހިންޏެއް ފެނިއްޖެނަމަ އެހިންޏަށް ފައ...

އައިމިނަތު ޔުމްނާ
ހޯރަފުށީގައި އެއްގަމު ލައިސަންސް ޑްރައިވިންގ ޓްރެކެއް އަޅައިދޭނެ ފަރާތެއް ހޯދަނ

ހޯރަފުށީގައި އެއްގަމު ލައިސަންސް ޑްރައިވިންގ ޓްރެކެއް އަޅައިދޭނެ ފަރާތެއް ހޯދަނ

ހއ. ހޯރަފުށީގައި އެއްގަމު ލައިސަންސް ޑްރައިވިންގ ޓްރެކެއް އަޅައިދޭނެ ފަރާތެއް ހޯދުމަށް ހުޅުވާލައިފިއެވެ. މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ސާފުކުރުމަށް ހުޅުވާލާފައިވަނީ 28 ޖަނަވަރީ 2020 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:30 ގައެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ދީފައިވާ ސުންގަޑިއަކީ 04 ފެބްރުވަރީ  2020 ވާ އަންގާރަ ދުވަހުގެ 11:30 އެވެ. މި ހަފްތާގައި އެރަށު ކައުންސިލުންވަނީ ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް ހޯރަފުށިން ލިބޭނެ އިންތިޒާމްވެސް ހަމަޖައްސާފައ...

ޔުމްނާ ޢަލީ
ޙިމާޔަތްކޮށްފައިވާ "ކޭލަކުނު" ވަގުތީ ގޮތުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދަނީ

ޙިމާޔަތްކޮށްފައިވާ "ކޭލަކުނު" ވަގުތީ ގޮތުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދަނީ

ދިވެހިރާއްޖޭގެ ތިމާވެށި ޙިމާޔަތްކޮށް ރައްކާތެރިކުރުމާބެހޭ ޤާނޫނު (ނަންބަރު:4/93) ގެ ދަށުން ޙިމާޔަތްކޮށްފައިވާ ހދ.ކޭލަކުނު ވަގުތީ ގޮތުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ހދ އަތޮޅު ކައުންސިލުން އިޢުލާންކޮށްފިއެވެ. މިކަމަށް ހުޅުވާލެވިފައިމިވަނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 4182/81) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކުގެ އިތުރުން ހދ.އަތޮޅު ރަށު ކައުންސިލްގެ އިދާރާތަކަށް ކަމަށް ހދ އަތޮޅު ކައުންސިލުން ނެރެފައިވާ އިޢުލާނުގައި ބުނެފައިވެއެވެ. ބީލަމުގައި ބައިވެރ...

އިބްރާހިމް އަސްވާޤް