ޚަބަރު "ކޮރޯނާވައިރަސް" ޖެހޭ މީހުންނާއި މަރުވާމީހުންގެ އަދަދު ވަގުތުން ފެންނަ ވެބްސައިޓެއް ޗައިނާގައި ހަލުވިކަމާއިއެކު ފެތުރެމުންދާ “ނޮވެލް ކޮރޯނާވައިރަސް” ޖެހޭ މީހުންނާއި މަރުވާމީހުންގެ އަދަދު ވަގުތުން ފެންނަ ވެބްސައިޓުގައި މި ވައިރަހާއި ގުޅޭގޮ އެންމެ ފަހުގެ މަޢުލުމާތާއި ޚަބަރުތައް ދަނީ ވަގުތުން ވަގުތައް އަޕްޑޭޓް ކުރަމުންނެވެ. އެގޮތުން މިވަގުތާއި ހަމައަށް މިވައިރަހުގެ އަސަރު 9937 މީހުންނަށް ކޮށްފައިވާއިރު މިވައިރަހުގެ ސަބަބުން 213 މީހުން ވަނީ މަރުވެފައެވެ. މިހާރު މިވަރަސް ދުނިޔޭގެ 26 ޤައުމަކަށް ވަނީ ފެތުރިފައެވެ. މިސައިޓުގައި ޤައުމުތައް ވަކިން ވައިރަހުގެ އަސަރު ކުރި މީހުންނާއި މަރުވި... ޔުމްނާ ޢަލީ · 6 އަހަރު ކުރިން
ރާއްޖެ ކޮރޯނާއާ ގުޅޭ ޚަބަރު ގެނެސްދިނުމުގައި ޤައުމީ މަސްލަޙަތު އިސްކުރުމަށް މީޑިއާކައުންސިލް ގޮވާލައިފި ކޮރޯނާއާ ގުޅޭ ޚަބަރު ގެނެސްދިނުމުގައި ޤައުމީ މަސްލަޙަތު އިސްކުރުމަށް މީޑިއާކައުންސިލް ގޮވާލައިފި އެވެ. ކޮރޯނާވައިރަސްއާއި ގުޅޭގޮތުން ޚަބަރާއި މަޢުލޫމާތު ފެތުރުމުގައި ޤައުމީ މަސްލަޙަތު އިސްކުރުމަށާއި، ޢާއްމުންގެ މެދުގައި ބިރުވެރިކަން ފެތުރޭގޮތަށް ޢަމަލުކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން މީޑިއާތަކަށް އިލްތިމާސްކުރައްވައިފިއެވެ. އެކައުންސިލުން މިކަމަށް އިލްތިމާސްކުރައްވާފައިވަނީ މިރޭ ނެރުނު ނޫސްބަޔާނެއްގައެވެ. އެބަޔާނުގައި ވިދާޅުވެފައިވަނީ ކޮރޯނާވައިރަހާ ގުޅިގެން މަޢުލޫމާތު ފެތުރުމުގައި ތަފާސް... އިބްރާހިމް އަސްވާޤް · 6 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށި ސިޓީއާއި ދިއްދޫ އައު އިންޖީނުގެ ޑިޒައިންކޮށް ޢިމާރާތް ކުރާނެ ފަރާތެއް ހޯދަނީ ކުޅުދުއްފުށި ސިޓީ އަދި ހއ. ދިއްދޫގެ އައު ޕްރީފެބްރިކޭޓެޑް އިންޖީނުގެ ޑިޒައިންކޮށް ޢިމާރާތް ކުރާނެ ފަރާތެއް ހޯދުމަށް ޢިއުލާން ކޮށްފިއެވެ. ފެނަކައިން ކުރި ޢިއުލާނެއްގައި ވަނީ އެކުންފުނިން ދޭ ކުރެހުމާއި ބީ.އޯ.ކިޔު އަދި މަޢުލޫމާތާއި އެއްްގޮތަށް އަމިއްލަ ތަކެތީގައި ކުޅުދުއްފުށި ސިޓީ އަދި ހއ. ދިއްދޫ އައު ޕްރީފެބްރިކޭޓެޑް އިންޖީނުގެ ޑިޒައިންކޮށް ޢިމާރާތް ކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވާކަމަށެވެ. އެމަސައްކަތްތަކަށް ކުރިމަތިލާ ފަރާތްތަކުން ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ މުއްދަތަކީ 4 ފެބްރުއ... އަލީ އާދިލް · 6 އަހަރު ކުރިން
ރާއްޖެ އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުމުގެ ސުންގަޑި މިރޭ 9:30 އާއި ހަމައަށް މިހާރު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުމުގެ ސުންގަޑި މިރޭ 9:30 އާއި ހަމައަށް އިތުރު ކޮށްފިއެވެ. މިހާރު ހިނގަމުންދާ ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގައި ގއ. ރައްޔިތުން ވޯޓުލާ މަރުކަޒުގައި ހަމަނުޖެހުންތަކެއް ހިނގައި އެ ދާއިރާގެ ޕްރައިމަރީ ބާތިލްކޮށް އަލުން ވޯޓުލުން ބާއްވާ ގޮތަށް އެމްޑީޕީއިން ވަނީ ނިންމާފައެވެ. އެމްޑީޕީ ޕްރައިމަރީގައި 909 ކެންޑިޑޭޓުން ވާދަކުރާ އިރު، ޖުމުލަ 169 ވޯޓު ފޮށި ވަނީ ބަހައްޓައިފައެވެ. ޔުމްނާ ޢަލީ · 6 އަހަރު ކުރިން
ރާއްޖެ އެމްޑީޕީ ޕްރައިމަރީ ކާމިޔާބުކުރާ ކެންޑިޑޭޓުން ކާމިޔާބު ހޯދާނެ: ނަޝީދު އެމްޑީޕީ ޕްރައިމަރީ ކާމިޔާބުކުރާ ކެންޑިޑޭޓުން ކައުންސިލް އިންތިހާބު ކާމިޔާބުކުރާނެކަމަށް އެމްޑީޕީގެ ރައީސް، ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. އެމްޑީޕީ ޕްރައިމަރީގައި ދަރުބާރުގޭގައި ހުންނަ މާލޭގެ ވޯޓު ފޮއްޓަކަށް ވޯޓުލެއްވުމަށްފަހު ރާއްޖެ ޓީވީއަށް ދެެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ އެކަމާއި މެދު އެއްވެސް ޝައްކެއްވެސް ނުކުރައްވާ ކަމަށެވެ. އެ ޕާޓީގެ ޕްރައިމަރީގައި ވޯޓުލާ މީހުންގެ އަދަދު ގިނަކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ ކައުންސިލް އިންތިހާބު ކާމިޔާބުވާނެކަން އ... އަލީ އާދިލް · 6 އަހަރު ކުރިން
ރިޕޯޓް ކޮންމެހެން މާސްކު އަޅަންޖެހެނީ ކޮން ބައެއް؟ ޑަބްލިއުއެޗްއޯއިން ހާމަކުރައްވާފައިވާ ގައިޑްލައިންގައިވާ ގޮތުން ކޮރޯނާ ވައިރަސްއިން ރައްކާތެރިވުމަށް ކޮންމެހެން މާސްކު އަޅަންޖެހެނީ ނޭވާލާ ނިޒާމުގެ މައްސަލައެއް ހުންނަ މީހުންނާއި، ނޭވާލާ ނިޒާމުގެ ބައްޔެއްހުރި މީހަކަށް ފަރުވާދޭ ސިއްޙީ ޚިދުމަތްތެރިންނާއި، ނޭވާލާ ނިޒާމްގެ މައްސަލަ ހުންނަ މީހުންނާއި ކޮންމެހެން ބައްދަލު ކުރަންޖެހޭ މީހުންނަށެވެ. އަދި ނޭވާލާ ނިޒާމުގެ ބަލިތައް ނުވަތަ އެފަދަ ބައްޔެއްގެ ޢަލާމާތެއް މިސާލަކަށް ކެއްސުމާއެކު އަރިދަފުސްއައުމާއި ނޭފަތުން އަރިދަފުސް ފޭބުމާއި ކަރުގައި ރިއްސުން ނޭ... އިބްރާހިމް އަސްވާޤް · 6 އަހަރު ކުރިން
ރާއްޖެ އެންމެހާ ބަލިމަޑުކަމުން ދިވެހިން ސަލާމަތް ކޮށްދެއްވުން އެދި ޤާސިމް ދުއާ ކުރައްވައިފި ޗައިނާއިން ފެނުނު ކޮރޯނާ ވައިރަސް ގިނަ ޤައުމުތަކެއްގައި ހަލުވިކަމާ އެކު ފެތުރެމުންދާ މިދަނޑިވަޅުގައި ކޮރޯނާ ވައިރަސްއިން ދިވެހި އެންމެހާ ރައްޔިތުން ސަލާމަތްވުން އެދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ދުއާ ކުރައްވައިފިއެވެ. ގާސިމް ވަނީ ކޮރޯނާ ވައިރަސް ގެ ނުރައްކާތެރިކަމުންނާއި، އަދި މިފަދަ އެހެނިހެން ނުރައްކާތެރި ރޯގާތަކާއި، އާފަތްތަކުން ދިވެހި ރައްޔިތުން ސަލާމަތް ކުރައްވައި، އަވަސް ޝިފާއާއި، ރައްކާތެރިކަމާއި އަމާންކަން މިންވަރު ކޮށްދެއްވުން އެދި ދުއާ ކުރައްވާފައެވެ. “ޔާ الله! ކޮރޯނާ ވައިރ... ޔުމްނާ ޢަލީ · 6 އަހަރު ކުރިން
ރާއްޖެ އެސްޓީއޯއިން އަގު ކޮންޓްރޯލްކޮށް މީހަކަށް ގިނަވެގެން 3 މާސްކް، 1 ސެނެޓައިޒަރ ފުޅި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން އެސްޓީއޯގެ ބޭސްފިހާރަތަކުން ސަރޖިކަލް މާސްކް އާއި ސެނެޓައިޒަރ ވިއްކާ އަދަދާއި އަގު ކޮންޓްރޯލްކޮށްފިއެވެ. އެސްޓީއޯއިންވިއްކާ ސެނެޓައިޒަރ ފުޅި ވިއްކާނީ މީހަކަށް ފުޅިއެކެވެ. މާސްކް ވިއްކުމަށް ހަމަޖެހިފައިވަނީ 2 ރުފިޔާ 50 ލާރީގެ ރޭޓުން މީހަކަށް ގިނަވެގެން 3 މާސްކެވެ. މާލޭގެ ގިނަ ބޭސްފިހާރަތަކުން މާސްކު ހުސްވެފައިވާއިރު އާންމު ފިހާރަތަކުން މާސްކެއް ވިއްކަމުން ދަނީ 5 ރުފިޔާ އަދި 10 ރުފިޔާއަށެވެ. 50 މާސްކު ހިމެނޭ މާސްކު ފޮއްޓެއް 500 ރުފިޔާއަށް ބަޔެއް ފިހާރަތަކުން ވިއްކާފ... ޔުމްނާ ޢަލީ · 6 އަހަރު ކުރިން
ދީން ކަރަންޓީނުގެ އުސޫލަކީ ގަޟާގަދަރަށް އީމާންވުމާއި ފުށުއަރާ ކަމެއް ނޫން: ޚުޠުބާ ބައެއް މީހުންނަށްނަށް ހީވެފައި އޮންނަ ގޮތާ ހިލާފަށް ކަރަންޓީނުގެ އުސޫލަކީ ގަޟާގަދަރަށް އީމާންވުމާއި ފުށުއަރާ ކަމެއް ނޫން ކަމަށާއި އަދި ﷲއަށް ވަކީލުކުރުމާއި ފުށުއަރާ ކަމެއްވެސް ނުމެނޫން ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ. ބަލި ހާލަތު މެދުވެރިވުމުގެ ސަބަބާއި މުސްލިމުން އަމަލުތައް ބަހައްޓަންވީ ގޮތް މިމައުޟޫގެ ދަށުން ރާއްޖޭގެ ހުރިހާ ރަށެއްގައި ދިން ޚުޠުބާގައި ބުނެފައިވަނީ ވާންހުރި ކަމެއް ވާނެ ނޫންހޭ ބުނެ ސަބަބުތަކުގައި ނުހިފާ ދޫކޮށްލުމަކީ އިސްލާމީ ޝަރީއަތާ ހިލާފު ކަމެއް ކަމަށެވެ. އަދި ނު... ޝިއުނާ އާދަމް · 6 އަހަރު ކުރިން
ރާއްޖެ ޑރ. ނިޔާފުގެ އިތުރު ނަސޭހަތްތަކެއް: ރޯގާގެ ޖެހިފައި ހުރިނަމަ ބޭރު ތެރެއަށް ނިކުމެ އުޅުން ރަނގަޅެއްނޫން ކޮރޯނާވައިރަސް ނޫނަސް ހުން، ކެއްސުން، ކިނބިހި އެޅުން، ބޭރަށްހިންގުން ފަދަ އަލާމާތެއް ހުރެއްޖެނަމަ ބޭރުތެރެޔަށް ނުކުމެ ނޫޅުމަށް ޑޮކްޓަރު ނިޔާފު ނަސޭހަތްތެެރިވެ ވަޑައިގެންފިއެވެ. ޑޮކްޓަރު ނިޔާފު ބުނުއްވީ އެފަދަ އެއްވެސް ކަމެއް ކުރިމަތިވެފައި ވާނަމަ ގިނަ ގިނައިން އަތްދޮވެ، ހޭންޑް ރަބް އުނގުޅައި ސާފުކުރުމަށާއި، ސާފުތާހިރު ކަމަށް އިސްކަންދީ ރައްކާތެރި ކަމުގެ ފިޔަވަޅު އަޅައި، ބަލިމަޑުކަން ފެތުރުން ހުއްޓުވުމަށް ސަމާލުވުމަށެވެ. އޭގެ އިތުރަށް ޑޮކްޓަރު ވަނީ މަގުމައްޗައް ކުޅުޖެހުމުގެ ނުރަނގަޅު އާދަ ނައްތާލ... އަލީ އާދިލް · 6 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯރޓްގައި ކޮރޯނާވައިރަސްއިން ރައްކާތެރިވުމަށް ފިޔަވަޅެއް އަދި އެޅިފައި ނުވާތީ ކަންބޮޑުވުން ރާއްޖޭގެ އުތުރުގެ މައި ދޮރާށި، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯރޓްގައި ކޮރޯނާވައިރަސްއިން ރައްކާތެރިވުމަށް ފިޔަވަޅެއް އަދި އެޅިފައި ނުވާތީ ބައެއް މުވައްޒަފުންނާއި، އާންމުން ކަންބޮޑުވުން ފާޅުކުރަމުން އެބަ ދެއެވެ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ހަފްތާއަކު އިންޑިއާގެ ޓްރެވެންޑްރަމްއަށް 2 ފްލައިޓް އަދި ކޮޗިންއަށް 3 ފްލައިޓް އޮޕަރޭޓް ކުރާ އެއަރޕޯޓެކެވެ. އެއަރޕޯރޓްގައި މިހާތަނަށް ރައްކާތެރިކަމުގެ އެއްވެސް ފިޔަވަޅެއް އެޅިފައި ނުވާކަމަށް އެ އަރޕޯރޓުން ވާހަކަ ދެއްކި ބައެއް މުވައްޒަފުން ޔަޤީން ކޮށްދ... އަލީ އާދިލް · 6 އަހަރު ކުރިން
ރިޕޯޓް ޑރ ނިޔާފްގެ އާދޭސް: ޝައްކުވާނަމަ، ހޮޓްލައިން އަށް ގުޅާ! ގުޅާ އެންގުމަކާނުލާ މަރުކަޒު/ހޮސްޕިޓަލަށް ނުދޭ! ރޭގެ ވަގުތެއްގައި ރާއްޖެއިން ކޮރޯނާ ވައިރަސް އަަސަރުކޮށްފައިވާކަމަށް ޝައްކު ކުރެވޭ މީހަކު ފެނިގެން ކަރަންޓީނު ކުރެވިފައިވަނިކޮން ރާއްޖޭގެ މަޝްހޫރު ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަދި އޭޑީކޭ ހޮސްޕިޓަލުގެ ޗީފް މެޑިކަލް އޮފިސާ ޑރ. އަބްދުﷲ ނިޔާފް މިވަނީ ޓުވިޓަރ މެދުވެރިކޮން މިކަމުގައި އަމަލު ކުރަންވީ ގޮތުގެ ކުޑަ އިރުޝާދެއް ދެއްވާފައެވެ. އެންމެ ފުރަތަމަ ޑރ ނިޔާފްގެ ޓުވީޓުގަައި ބުނެފައިވަނީ ޗައިނާގެ ހުރިހާ ޕްރޮވޮންސް އަކުން ކޮރޯނާވައިރަސް މިހާރު ފެނިފަ ވުމާއިއެކު, ހުމާ, ރޯގާ, ކެއްސުން, ނޭވާކުރުވުން ފަދަ... އިބްރާހިމް އަސްވާޤް · 6 އަހަރު ކުރިން
ރާއްޖެ އެމްޑީޕީ ޕްރައިމެރީގައި ވާދަކުރާ 2 ކެންޑިޑޭޓެއްގެ ކެންޑިޑެސީ ބާތިލުކޮށްފި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމެރީގައި ވާދަކުރާ 2 ކެންޑިޑޭޓެއްގެ ކެންޑިޑެސީ ރޭ ދަންވަރު ނެރުނު ބަޔާނަކުން ބާތިލުކޮށްފި އެވެ. އެމްޑީޕީއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ކުޑަކުދިންނާއެކު ޖިންސީޢަމަލު ހިންގުމާއި، އެ ފަދަ މައްސަލަތަކުގައި އެކުދިންނާމެދު ޙަމްދަރުދީވުމުގެ ބަދަލުގައި، އެފަދަ ޢަމަލު ހިންގާ މީހުންނާމެދު ޙަމްދަރުދީވެ އެމީހުންގެ ދިފާޢުގައި ވާހަކަދެއްކުމަކީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އެކަމާ ދެކޮޅު، އަދި އެފަދަ ޢަމަލުތަކަށް މުޖުތަމަޢުއިން ޖާގަދިނުމާއި... އަލީ އާދިލް · 6 އަހަރު ކުރިން
ދީން ކަންބޮޑުވުމާއި ހާސްކަމުގެ ފަރުވާއަކީ ނަމާދު! ކަންބޮޑުވުމާއި ހާސްކަމުން އަރައިގަންނަން ބޭނުންނަމަ ފަރުޟު ފަސް ނަމާދު ގާއިމު ކުރުންމަތީ ދެމިތިބެން ޖެހެއެވެ. މިހާރަކަށް އައިސް ޒުވާނުންނާއި ޖުމުލަކޮށް ހުރިހާ އެންމެނަށް ވެސް ޑިޕްރެޝަން ނުވަތަ ކަންބޮޑުވުމާއި ހާސްކަމުގެ މައްސަލަތައް ކުރިމަތިވެއެވެ. އެމައްސަލައިގެ އެންމެ ރަނގަޅު ފަރުވާއަކީ ﷲއަށް ޝުކުރުކޮށް ނަމާދު ގާއިމް ކުރުންމަތީ ދެމިތިބުމެވެ. ތަފާސް ހިސާބްތަކަށް ބަލާއިރު ކެންސަރު ޖެހިގެން މީހުން މަރުވާ އަދަދަށް ވުރެން ގިނައިން ޑިޕްރެޝަންގައި މީހުން މަރުވާ އަދަދު ގިނަ އެވެ. ފަރުޟު ފަސް ނަމާދުގެ އ... ޝިއުނާ އާދަމް · 6 އަހަރު ކުރިން
ރިޕޯޓް ކޮރޯނާ ވައިރަސް ފެތުރެނީ ކިހިނެތް؟ އަލާމާތްތައް ފާޅުވާނީ ކިހާ މުއްދަތަކުން؟ މިވައިރަސް ޖެހިފައި ހުރި މީހެއް އަތްލާފައި ހުރި އެއްޗެއްގައި އަތްލައިގެން މި ބަލި ޖެހިދާނެ ހެއްޔެވެ. އެމީހަކު ގޮސްހުރިތާކަށް ގޮސްގެން މިބަލި ޖެހުމުގެ ފުރުޞަތު އެބައޮތް ތޯއެވެ. ކޮރޯނާވައިރަސްގައި ހައިބަރނޭޝަން ޕީރިއަޑެއް އޮވޭހެއްޔެވެ ނުވަތަ އަލާމާތްތައް ފާޅުވާން ކިހާ މުއްދަތެއް ނަގާހެއްޔެވެ. ރާއްޖެއިން ރޭ މިބައްޔަށް ޝައްކު ކުރެވޭ މީހަކު ފެނިފައިވާއިރު ދިވެހިންގެ ތެރެއިން މިވައިރަހުގެ މަޢުލޫމާތު ނޭންގޭ މިހުން ގިނައެވެ. ނުރައްކާތެރި ސާސް އަދި މާސްގެ އާއިލާއަށް ނިސަބަތްވާ މި ވައިރަސްގެ ސަބަބުން އެތަ... އަލީ އާދިލް · 6 އަހަރު ކުރިން