މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ޕްރައިމަރީގެ ތިން ރަށެއްގެ ނަތީޖާ ޤަބޫލެއް ނުކުރަން: ކެލާ ނިޒާމް

ޕްރައިމަރީގެ ތިން ރަށެއްގެ ނަތީޖާ ޤަބޫލެއް ނުކުރަން: ކެލާ ނިޒާމް

ލޯކަލް ކައުންސިލް 2020 އަށް ޕީޕީއެމްގެ ކެނޑިޑޭޓުން ކަނޑައެޅުމަށް އިއްޔެ ބޭއްވި ޕްރައިމަރީގެ ހއ. އަތޮޅުގެ ތިން ރަށެއްގެ ނަތިޖާ ޤަބޫލު ނުކުރައްވާކަމަށް ހއ. ކައުންސިލްގެ ޓިކެޓް ހޯއްދެވުމަށް ވާދަ ކުރެއްވި އެއް ކެނޑިޑޭޓް އަޙްމަދު ނިޒާމް (ކެލާ ނިޒާމް) ބުނެފިއެވެ. ނިޒާމްގެ ފޭސްބުކް ޕޯސްޓެއްގައި ބުނެފައިވަނީ ލޯކަލް ކައުންސިލް އިންތިޚާބު ޕީޕީއެމް ޕްރައިމަރީ ހއ. އަތޮޅުގެ ދިއްދޫ، އުތީމު އަދި އިހަވަންދޫގެ ނަތީޖާ ޤަބޫލެއް ނުކުރައްވާ ކަމަށެވެ. މި އިންތިހާބުގައި ނާޒިމް އާއި ވާދަކޮށްފައިވަނީ ހއ […]

ޔުމްނާ ޢަލީ
ޑައިވިނަށް ގޮސްއުޅުނު 69 އަހަރުގެ ފަތުރުވެރިއަކު މަރުވެއްޖެ

ޑައިވިނަށް ގޮސްއުޅުނު 69 އަހަރުގެ ފަތުރުވެރިއަކު މަރުވެއްޖެ

ޑައިވިނަށް ގޮސްއުޅުނު 69 އަހަރުގެ ފަތުރުވެރިއަކު މަރުވެއްޖެ އެވެ. ޅ އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ ފަތުރުވެރިއެއް ނިޔާވެފައިވާ ކަމުގެ މައުލޫމާތު މިއަދު ހެންދުނު 09:30 އެހާކަންހާއިރު ފުލުހުންނަށް ލިބިފައި ވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި މީހާއަކީ އުމުރުން 69 އަހަރުގެ އޮސްޓްރޭލިއާގެ ފިރިހެން ރައްޔިތެއްކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ މިމީހާ ގިނަ އިރުތަކެއް ވަންދެން ޑައިވް ކުރުމަށް ފަހު އެއްވެސް ހަރަކާތެއް ނެތި ފެންމަތީގައި އޮތްތަން ފެނުމުން ޑައިވް އިންސްޓްރަކްޓަރ މިމީހާ ޑައިވިންގް ބޯޓަށް...

ޔުމްނާ ޢަލީ
މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ބައެއް ޙިދުމަތްތަކަށް ބުރޫއަރާނެ: ދިރާގު

މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ބައެއް ޙިދުމަތްތަކަށް ބުރޫއަރާނެ: ދިރާގު

ދިރާގުގެ ޙިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރާ މަސައްކަތްތަކަކާ ގުޅިގެން ކުރިއަށްއޮތް 4 ދުވަހު އެ ކުންފުނީގެ ބައެއް ޙިދުމަތްތައް ބޭނުންކުރުމުގައި ދަތިތަކެއް ދިމާވެދާނެކަމަށް ދިރާގުން ބުނެފިއެވެ. ދިރާގުން ބުނީ މިމަހުގެ 7 ވަނަ ދުވަހުން 10 ވަނަ ދުވަހުގެ ނިޔަލަށް ދިރާގުގެ ބައެއް ހިދުމަތްތައް ދަންވަރުގެ ގަޑިތަކުގައި މެދުކަނޑާލާނެކަމަށެވެ. މި މުއްދަތުގެ ތެރޭގައި ދިރާގުގެ ބައެއް ޙިދުމަތްތަކަށް ބުރޫ އެރިނަމަވެސް ފޯނުން ގުޅުމާއި އިންޓަނެޓް ބޭނުން ކުރުން އަދި ފިކްސްޑް ލައިން ބޭނުން ކުރުމުގައި ދަތިކަމެއ...

އަލީ އާދިލް
ފެނަކައިން އުތީމުގައި އިމާރާތްކުރާ އިންޖީނުގޭގެ ބިންގާ އަޅައިފި

ފެނަކައިން އުތީމުގައި އިމާރާތްކުރާ އިންޖީނުގޭގެ ބިންގާ އަޅައިފި

ފެނަކައިން ހއ އުތީމުގައި އިމާރާތްކުރާ އިންޖީނުގޭގެ ބިންގާ އަޅައިފިއެވެ. ހއ އުތީމުގައި އަލަށް އިމާރާތް ކުރާ އިންޖީނުގޭ މަސައްކަތް މިއަދު ފައްޓަވައިދެއްވީ އުތީމުގައި ކުރިއަށްދިޔަ ރަސްމިއްޔާތެއްގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދު އާއި ބާރަށު ދާއިރާގެ މެންބަރު އަޙްމަދު އަބްދުﷲ އެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ނަސާ ލިންކް ޕވޓ ލޓޑ އާއެވެ. ފެނަކަ އާ މިކުންފުންޔާއި ދެމެދު މިމަސައްކަތުގެ އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ މިމަހުގެ 2 ވަނަ ދުވަހުގައެވެ. ނަސާ ލިންކް އާއި މި...

އިބްރާހިމް އަސްވާޤް
ނުރައްކަތެރި "ވާލު ބައިގަނޑެއް"، އޮސްޓްރޭލިއާގެ އަވަށެއް ބިރުވެރި ކަމެއްގެ ތެރެއަށް

ނުރައްކަތެރި "ވާލު ބައިގަނޑެއް"، އޮސްޓްރޭލިއާގެ އަވަށެއް ބިރުވެރި ކަމެއްގެ ތެރެއަށް

އޮސްޓްރޭލިއާގައި އުޅޭ ނުރައްކާތެރި ވާލުގެ ވައްތަރެއްކަމަށްވާ “އޮސްޓްރޭލިއަން ބެޓް” އޮސްޓްރޭލިއާގެ އަވަށެއް ކަމުގައިވާ ކްއީންސްލޭންޑްގެ އިންގާމް ބިރުވެރި ކަމެއްގެ ތެރެއަށް ވައްޓާލައިފިއެވެ. މި ނުރައްކާތެރި ވާލަކީ ލިސަވައިރަސް (އޭބީއެލް) ކިޔާ ބައްޔެއް ވެސް ފަތުރާ ވާލެކެވެ. އާބާދީގެ ގޮތުން 4500 ހާ މީހުން އުޅެމުން އަންނަ މިއަވަށުގެ ފަޒާ ވަނީ ވާލު ތަކުން ފުރާލާފައެވެ. މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ވީޑިއޯ ތަކުން އަދި އެއަވަށުގައި ދިރިއުޅޭ މީހުން ހިއްސާކޮށްފައިވާ ވީޑިއޯ ތަކުން ފެންނަ ގޮތުގައި މުޅި އެ އ...

ޔުމްނާ ޢަލީ
ވޯޓު ހޯދަން ނާންނާތީ ހަނިމާދޫ ޕީޕީއެމް މެމްބަރުން ވޯޓުގައި ބައިވެރިއެއް ނުވި

ވޯޓު ހޯދަން ނާންނާތީ ހަނިމާދޫ ޕީޕީއެމް މެމްބަރުން ވޯޓުގައި ބައިވެރިއެއް ނުވި

އިއްޔެ ބޭއްވުނު ލޯކަލް ކައުންސިލް 2020 ގެ ޕީޕީއެމް ޕްރައިމަރީގައި ހދ. އަތޮޅު ކައުންސިލް ރައީސްކަމަށް ކުރިމަތިލީ އެއްވެސް ކެނޑިޑޭޓަކު ވޯޓު ހޯދަން ހަނިމާދޫއަށް ނާންނަ ކަމަށްބުނެ، އެރަށުގެ ޕީޕީއެމް މެމްބަރުން އިއްޔެގެ އެ ވޯޓުގައި ބައިވެރިއެއް ނުވިއެވެ. ޕީޕީއެމް ޕްރައިމަރީގެ ހަނިމާދޫގެ ވަގުތީ ނަތީޖާ މިހާރު ސޯސަލް މީޑިއާގައި އާންމުވެފައި ވާއިރު އެ ނަތީޖާ ޝީޓްގައި ނޯޓު ޖެހުމަށްފަހު ލިޔެފައިވަނީ ” ލޯކަލް ކައުންސިލް އިންތިޚާބު 2020 ގައި ހދ. އަތޮޅު ކައުންސިލަށް ކުރިމަތިލާފައިވާ އެއްވެސް […]

ޔުމްނާ ޢަލީ
ކޮރޯނާވައިރަހަށް އެންމެ އަވަހަށް ވެކްސިންއެއް ތައްޔާރުވާނީ އަންނަ އަހަރު

ކޮރޯނާވައިރަހަށް އެންމެ އަވަހަށް ވެކްސިންއެއް ތައްޔާރުވާނީ އަންނަ އަހަރު

ޗައިނާގެ ވުހާން ސިޓީއިން ފެތުރެންފެށި ނުރައްކާތެރި ނޮވެލް ކޮރޯނާ ވައިރަަސްއަށް އެންމެ އަވަހަށްވެސް ވެކްސިންއެއް ތައްޔާރުކުރެވޭނެ ކަމަށް ލަފާކުރެވެނީ 2021 ވަނަ އަހަރަށް ކަމަށް އެ ވައިރަހަށް ފަރުވާ ހޯދުމަށް މަސައްކަތްކުރަމުންދާ ސައިންޓިސްޓެއް ބުނެފިއެވެ. އެވައިރަސް މިހާރު ދަނީ ދުނިޔޭގެ އެކި ޤައުމު ތަކަށް ފެތުރެމުންނެވެ. ކޮރޮނާވައިރަސްއަށް އެންމެ ފަރުވާހޯދުމަށް މަސައްކަތްކުރަމުންދާ ލަންޑަންގެ އިމްޕީރިއަށް ކޮލެޖުގެ “މިއުކޯސަލް އިންފެކްޝަން އެންޑް އިމިއުނިޓީ”ގެ އިސްކޮށް އުޅުއްވާ ރޮބިން ޝެޓޮކް އާއި ހަ...

އަލީ އާދިލް
ކުރީގެ ފޯނުތައް ސުލޯ ކުރާތީ 27 މިލިއަން ޑޮލަރުން އެޕަލް ޖޫރިމަނާކޮށްފި

ކުރީގެ ފޯނުތައް ސުލޯ ކުރާތީ 27 މިލިއަން ޑޮލަރުން އެޕަލް ޖޫރިމަނާކޮށްފި

ކުރީގެ މޮޑެލް ތަކުގެ ފޯނުތައް ސުލޯ ކުރާތީ 27 މިލިއަން ޑޮލަރުން އެޕަލް ކުންފުނި ޖޫރިމަނާކޮށްފި އެވެ. މަޝްހޫރު އިލްކްޓްރޯނިކް ސާމާނު އުފައްދާ ކުންފުނި އެޕަލް އާއި ދެކޮޅަށް މިކަން ހުށައަޅާފައިވަނީ ފްރާންސްގެ ފްރައުޑް ވޮޗްޑޯގް ޑީޖީސީސީއާރއެފް އިންނެވެ. ވޮޗްޑޯގް އިން މިމައްސަލަ ޖެއްސީ ކުރީގެ މޮޑެލް ތަކުގެ ފޯނު ބޭނުންކުރާ ފަރާތްތަކަށް އެންގުމަކާއި ނުލާ ފޯނު ސުލޯ ކުރާކަމަށް ބުނެއެވެ. އެޕަލް އިންވަނީ ޖޫރިމަނާ ދައްކާނެކަމަށް ބުނެފައެވެ. ނަމަވެސް އެޕަލް އިން ބުނެފައިވަނީ ފޯނު ސުލޯވަނީ ބެޓެރީގެ މައްސަލަ ތަ...

ޔުމްނާ ޢަލީ
ހދ އަތޮޅު ކައުންސިލް ރައީސްކަމަށް ޕީޕީއެމްއިން ވާދަކުރުމުގެ ޓިކެޓު އަބްދުއްރައްޒާގު އަޙުމަދު އަަށް

ހދ އަތޮޅު ކައުންސިލް ރައީސްކަމަށް ޕީޕީއެމްއިން ވާދަކުރުމުގެ ޓިކެޓު އަބްދުއްރައްޒާގު އަޙުމަދު އަަށް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމް ޓިކެޓުގައި ހދ އަތޮޅު ކައުންސިލްގެ ރައީސްކަމަށް ވާދަކުރުމުގެ ޓިކެޓް އަބްދުއްރައްޒާގު އަޙުމަދު ކަށަވަރުކޮށްފި އެވެ. ހދ. އަތޮޅު ކައުންސިލްގެ ރައީސްކަމަށް ދެ ކެނޑިޑޭޓުން ކުރިމަތިލާފައިވެއެވެ. އެއީ  އަބްދުއްރައްޒާގު އަޙުމަދު / ގޭޖް(ކަންބުރު) އާއި  ނިޒާރު މޫސާ / ޒަމްޒަމް، އެވެ. އެގޮތުން ޕްރައިމަރީގައި އެންމެ ފޯރިޔާއި އެކު ވޯޓުލާފައިވަނީ ކުޅުދުއްފުށީގައެވެ. ހދ އަތޮޅުގެ އެހެން ރަށްރަށުން މިއިންތިހާބަށް ލިބިފައިވަނީ ފިނި ތަރުޙީބެކެވެ. ކުޅުދުއްފުށީގަ...

ޔުމްނާ ޢަލީ
ރާއްޖޭގެ ކަނޑުއަޑިން ވޫހާންގެ ރައްޔިތުންނަށް: "ވޫހާން ހިތްވަރުކުރޭ"

ރާއްޖޭގެ ކަނޑުއަޑިން ވޫހާންގެ ރައްޔިތުންނަށް: "ވޫހާން ހިތްވަރުކުރޭ"

މާފުށި ޑައިވު އެންޑް ވޯޓަރ ސްޕޯރޓްސްގެ ފަރާތުން ދިވެހި ރައްޔިތުން ރަމްޒުކޮށްދޭހެން ޗައިނާގެ ވޫހާން ރައްޔިތުންނަށް ކަނޑުއަޑީގައި ތިބެގެން ހިތްވަރު ދީފިއެވެ. މިގޮތުން ވޫހާންގެ ރައްޔިތުންނަށް ހިތްވަރުދީފައިވަނީ ކަނޑު އަޑީގައި ނަގާފައިވާ ވީޑިއޯއެއް މެދުވެރިކޮށެވެ. އެ ވީޑިއޯ ނަގާފައިވަނީ މާފުށީ ޑައިވް އެންޑް ވޯޓަރ ސްޕޯޓްސްއާއި މޯލްޑިވްސް ޗައިނާ ޓްރޭޑް އެންޑް ކަލްޗަރަލް އޮގަނައިޒޭޝަން ގުޅިގެންނެވެ. https://www.facebook.com/1638441703051701/posts/2598133730415822/ ޗައިނާގައި ހަލުވި ކަމާއިއެކު ނޮވެލް ކޮ...

ހުސައިން ހަބީބް
ހިރިޔާ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް އިމާދުއްދީން ސްކޫލަށް

ހިރިޔާ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް އިމާދުއްދީން ސްކޫލަށް

ހިރިޔާ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަޤާމްގައި ހުންނެވި ޢަލީ މަމްދޫޙު އިމާދުއްދީން ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަޤާމަށް ބަދަލުކޮށްފިއެވެ. ޢަލީ މަމްދޫހަކީ ށ. ކޮމަންޑޫއަށް ނިސްބަތްވެ ވަޑައިގަންނަވާ ހިންގުންތެރި ބޭފުޅެކެވެ. މަމްދޫހްވަނީ މާސްޓަރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލް ކުރައްވާފައެވެ. މާސްޓަރސް ފުރިހަމަކުރެއްވި ކޯހުން 1 ވަނަ ދަރިވަރުގެ ގޮތުގައި މަމްދޫހުވަނީ ސައިރަސް ކޮލެޖުގެ އޮގަރު ފާއިޒާ އެވޯޑު ހާސިލް ކުރައްވާފައެވެ. މަމްދޫހު މިހާރު ގެންދަވަނީ ޕީއެޗްޑީ ފުރިހަމަ ކުރައްވަމު...

ޔުމްނާ ޢަލީ
9 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއި 4.2 މިލިޔަން ރުފިޔާ އާއި އެކު 8 މީހުން ހައްޔަރުކޮށްފި

9 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއި 4.2 މިލިޔަން ރުފިޔާ އާއި އެކު 8 މީހުން ހައްޔަރުކޮށްފި

9 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއި 4.2 މިލިޔަން ރުފިޔާ އާއި އެކު 8 މީހުން ހައްޔަރުކޮށްފި އެވެ. 2020 ޖެނުއަރީ 31 ވަނަ ދުވަހު ޑްރަގް އިންޓެލިޖެންސްއިން ލިބުނު މަޢުލޫމާތަކާއި ގުޅިގެން ކޯޓް އަމުރެއްގެދަށުން މާލޭގެ 5 ގެއެއް ބަލާފާސް ކުރިކުރުމުން ގިނައަދަދެއްގެ މަސްތުވާތަކެއްޗާއި ގިނައަދަދެއްގެ ފައިސާ ހޯދިފައިވާކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ 2020 ފެބްރުއަރީ 06 ވަނަ ދުވަހު ޑްރަގް އިންޓެލިޖެންސްއިން ލިބުނު މަޢުލޫމާތަކާއި ގުޅިގެން ކޯޓް އަމުރެއްގެދަށުން މާލޭގެ 4 ގެއަކާއި ސައިކަލެއް ބަލާފާސް...

ޔުމްނާ ޢަލީ
އުތުރުގެ ލޯންޗް ފެރީގެ ޚިދުމަތަށް ފްލައިން ފިޝް، 19 އަހަރުގެ ތަޖުރިބާއާއި އެކު

އުތުރުގެ ލޯންޗް ފެރީގެ ޚިދުމަތަށް ފްލައިން ފިޝް، 19 އަހަރުގެ ތަޖުރިބާއާއި އެކު

2000 ވަނަ އަހަރު ވަރަށް އާދައިގެ ގޮތަކަށް ށ. ކަނޑިތީމުގައި ސްޕީޑް ލޯންޗުގެ ޚިދުމަތްދޭން ފެށި ފްލައިންގް ފިޝް އަކީ މިއަދު ށ އަތޮޅުގައި އެންމެ ކާމިޔާބުކަމާއި ޔަޤީން ކަމާއިއެކު ސްޕީޑް ފެރީގެ ޚިދުމަތްދޭ ފަރާތޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.   ސްޕީޑް ފެރީގެ ޚިދުމަތް މާލޭއާއި ރ، ށ އަދި ހދ އަތޮޅުގެ ރަށްތަކަށް ފްލައިން ފިޝްއިން އަންނަނީ ދެމުންނެވެ. އެގޮތުން ރ އަލިފުށި، ށ އަތޮޅުން ކަނޑިތީމު، ގޮއިދޫ، ބިލެއްފަހި، ފޭދޫ، މަރޮށި ކޮމަންޑޫ […]

އިބްރާހިމް އަސްވާޤް
ކޮމަންވެލްތު ސްކޮލަރޝިޕްތަކަށް ދިވެހިންނަށް ކުރިމަތިލެވޭގޮތް ހަމަޖެހިއްޖެ

ކޮމަންވެލްތު ސްކޮލަރޝިޕްތަކަށް ދިވެހިންނަށް ކުރިމަތިލެވޭގޮތް ހަމަޖެހިއްޖެ

ދިވެހިރާއްޖެ ކޮމަންވެލްތުގެ މެމްބަރު ޤައުމަކަށް އަލުން ވުމާއި ގުޅިގެން ކޮމަންވެލްތު ސްކޮލަރޝިޕްތަކަށް ދިވެހިންނަށް ކުރިމަތިލެވޭ ގޮތް ހަމަޖައްސައިފިއެވެ. މިކަން މިގޮތަށް ހަމަޖެހިގެން ދިޔައީ، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލެންޑާއިއެކު ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މިއަދު ބޭއްވެވި ބައްދަލުވުމުގައި، ދިވެހި ދަރިވަރުންނަށް ކޮމަންވެލްތު ސްކޮލަރޝިޕްތަކަށް ކުރިމަތިލެވޭނެ މަގުފަހިކޮށްދެއްވުމަށް މިނިސްޓަރ ޝާހިދު އެދިވަޑައިގަތުމާއި ގުޅިގެންނެވެ. މިނިސްޓަރ ޝާހިދުގެ އެދިވަޑައިގަތުމާއި...

އިބްރާހިމް އަސްވާޤް
ކިޔެވެނި އެހީއަށް އެދުމުގެ ފުރުޞަތު ށ. އަތޮޅު ކައުންސިލުން ހުޅުވާލައިފި

ކިޔެވެނި އެހީއަށް އެދުމުގެ ފުރުޞަތު ށ. އަތޮޅު ކައުންސިލުން ހުޅުވާލައިފި

މަދަދު ލޯނު ޕްރޮގްރާމްގެ ދަށުން ހިންގާ ކިޔެވެނި އެހީގެ ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލައިފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. ށ އަތޮޅު ކައުންސިލުގެ މަދަދު ލޯނު ޕްރޮގްރާމްގެ ދަށުން ހިންގާ ކިޔެވެނި އެހީގެ އުޞޫލު އިސްލާޙްކޮށް އެ ޕްރޮގްރާމްގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ. މި ޕްރޮގްރާމްގެ ދަށުން ސެޓްފިކެޓް ލެވެލްއިން މައްޗަށް ކިޔަވާ ދަރިވަރުންގެ ކޯހުގެ ޓިއުޝަން ފީއާއި އެހެނިހެން ޚަރަދު ހަމަޖައްސައިދެވޭނެއެވެ. މި އެހީ އަކީ އަނބުރާ ދައްކާގޮތަށް ދޫކު...

އިބްރާހިމް އަސްވާޤް