މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ކޮވިޑް-19 ގެ އެއް އަލާމާތަކީ އެއްވެސް އަލާމާތެއް ނެތުން: ޑރ. ފައިސަލް

ކޮވިޑް-19 ގެ އެއް އަލާމާތަކީ އެއްވެސް އަލާމާތެއް ނެތުން: ޑރ. ފައިސަލް

މިހާރު ކުރިމަތިވެގެން އުޅޭ ކޮވިޑް-19 ވައިރަހުގެ މުސީބާތާއި ގުޅޭގޮތުން ތަކުރާރުކޮށް ހޭލުންތެރިކުރުމާއި ސަމާލުވުމަށް އެދި ޑރ. އަޙްމަދު ފައިސަލް ވަނީ އެތައް ޓްވީޓެއް ކުރައްވައިފަ އެވެ. ކުޑަކުދިންނަށް ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް މިއަދު ކުރެއްވި ޓުވީޓުގައި ބުނެފައިވަނީ ކޮވިޑް ގެ އެއް އަލާމާތަކީ އެއްވެސް އަލާމާތެއް ނެތުން ކަމަށާއި އެންގޭނީ ޓެސްޓުކުރީމާކަމަށެވެ. ޑޮކްޓަރު ފައިސަލް މިފަހަރު ކުރެއްވީ އާންމުކޮން ނުކުރައްވާކަހަލަ ޓުވީޓެކެވެ. ގައުމުގެ ސިޔާސީ މަސްރަހުގެ ތެރޭގައި އުޅޭ ކޯޅުންތަކާއި ދެބަސް...

ޔުމްނާ ޢަލީ
ވައިކަރަދޫ ކައުންސިލްގެ ރައީސްގެ މަޤާމަށް ޢަބްދުﷲ ޒާމިރު އިންތިޚާބު ވެއްޖެ

ވައިކަރަދޫ ކައުންސިލްގެ ރައީސްގެ މަޤާމަށް ޢަބްދުﷲ ޒާމިރު އިންތިޚާބު ވެއްޖެ

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 ގައި ހދ. ވައިކަރަދޫ ކައުންސިލްގެ ރައީސް ގެ މަޤާމުގެ ނަތީޖާ އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިޢުލާން ކޮށްފިއެވެ. އިސީއިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ 2020 އޭޕްރިލް 04 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތު ހަމަވިއިރު، ހދ. ވައިކަރަދޫ ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލާފައިވަނީ އިންތިޚާބު ކުރަންޖެހޭ ޢަދަދަށް އެކަނި ކަމަށެވެ. ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކ...

ޔުމްނާ ޢަލީ
އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރާ، އެމްޑީޕީގެ މެމްބަރުން އެޕާޓީން ވަކިކުރަން ނިންމައިފި

އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރާ، އެމްޑީޕީގެ މެމްބަރުން އެޕާޓީން ވަކިކުރަން ނިންމައިފި

ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރާ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މެމްބަރުން އެޕާޓީން ވަކިކުރަން ނިންމައިފި އެވެ. އެމްޑީޕީގެ ވެބްސައިޓުގައި މިއަދު އާންމު ކުރި ބަޔާނެއްގައި ބުނެފައިވަނީ އެމްޑީޕީ ޕްރައިމަރީން ނާކާމިޔާބުވި ފަރާތްތަކުގެ ތެރެއިން ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އަމިއްލައަށް ވާދަކުރާ ކޮންމެ ފަރާތަކާއި، އަދި އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައިހުރެ އެއިންތިޚާބުގައި އަމިއްލައަށް ވާދަކުރާ ކޮންމެ ފަރާތެއް އެޕާޓީގެ މެމްބަރުކ...

އިބްރާހިމް އަސްވާޤް
ހިތްދަތި މަންޒަރެއް! ހަރަމްފުޅު ސަރަޙައްދު އެކީ ހުހަށް!

ހިތްދަތި މަންޒަރެއް! ހަރަމްފުޅު ސަރަޙައްދު އެކީ ހުހަށް!

މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައި ވެ އެވެ. (إِنَّ أَوَّلَ بَيْتٍ وُضِعَ لِلنَّاسِ لَلَّذِي بِبَكَّةَ مُبَارَكًا وَهُدًى لِّلْعَالَمِينَ) އާލުޢިމްރާން: 96 މާނައީ، “ހަމަކަށަވަރުން، މީސްތަކުންނަށްޓަކައި ފުރަތަމަ ލެއްވި (އަޅުކަމުގެ) ގެޔަކީ، މައްކާގައިވާ ގެފުޅުކަން ކަށަވަރެވެ. ބަރަކާތް ލައްވާފައިވާ ތަނެއްގެ ގޮތުގަ އެވެ. އަދި، ޢާލަމްތަކަށް ތެދުމަގެއް ކަމުގަ އެވެ.” ގެފުޅަކީ، ނަމާދުގައި މުސްލިމުންގެ ޤިބުލަ އެވެ. މުސްލިމުން ޙައްޖަށް ގޮސް އުމްރާގެ އަޅުކަން އަދާކުރުމަށް ގެފުޅުގެ ވަށައިގެން ޠަވާފު...

ހުސައިން ހަބީބް
"ދޮގު ޚަބަރާއި މަޢުލޫމާތު" ތާރީޚް ދެމެހެއްޓުމަށް އޮތް ގޮންޖެހުމެއް!

"ދޮގު ޚަބަރާއި މަޢުލޫމާތު" ތާރީޚް ދެމެހެއްޓުމަށް އޮތް ގޮންޖެހުމެއް!

ތާރީޚީ ގޮތުން މިއަދަގެ ޖީލަށް ލިބެން ހުރި މަޢުލޫމާތަކީ އަޅުގަނޑުމެންގެ ކާބަފައިން ކޮށްފައިވާ ވަރަށް ބުރަ މަސައްކަތުން އެތަކެއް ބަޔެއްގެ މިންނަތް މަސައްކަތިން މިއަދުގެ ޖީލަށް ވާސިލްވެފައިވާ އަގު ހުރި ތަރިކައެކެވެ. މިއަދު މިކަމުގެ ޒިންމާ އެޅިފައިމިވަނީ މިއަދުގެ ޖީލުގެ ބޮލުގައެވެ. އަޅުގަނޑުމެންގެ ދަރިންގެ ދަރިންނަށް މިއަދު ވަމުންދާ ކަންކަން އިބްރަތެއްގެ ގޮތުގައި ވާސިލްކޮށްދިނުމަކީ މުހިންމުކަމެކެވެ. ބަވަނަ ވެފައިވާ މިޒަމާނުގައި ކަންކަން މިވަނީ ވަރަށް ފަސޭހަވެފައެވެ. މުވާސަލާތާއި ޓެކްނޮލޮޖީގެ ގޮތުން،...

ހުސައިން ހަބީބް
ކުޑަކުދިންގެ މައްސަލަތައް ހައްލު ކުރެވޭނީ އެންމެން ގުޅިގެން: ރައީސް

ކުޑަކުދިންގެ މައްސަލަތައް ހައްލު ކުރެވޭނީ އެންމެން ގުޅިގެން: ރައީސް

ކުޑަކުދިންނަށް އަނިޔާ ކުރުމާއި ތަފާތު ބާވަތުގެ ގޯނާތައް ކުރުމާއި އިހުމާލުވުމުގެ މައްސަލައަކީ، އެކަންކަމުން ލިބޭ ގެއްލުމުގެ ނުރަނގަޅު އަސަރު އެ ކުދީންގެ މުޅި ހަޔާތަށް ދެމިގެންދާ ބޮޑެތި މައްސަލަތަކެއް ކަމަށާއި، އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ނޫނީ މިފަދަ ކަންބޮޑުވާ މައްސަލަތައް ހައްލު ނުކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ “ސެލެބްރޭޓިންގ އަ ޑިކޭޑް އޮފް ޑިފަރެންސް” ގެ ނަމުގައި ކުޑަކުދިންގެ ޙައްޤުތައް ހިމާޔަތްކުރަން މަސ...

އިބްރާހިމް އަސްވާޤް
ކުޅުދުއްފުށީގައި ގަސްރުކަށް ފެތުރިފައިވާ ހުދުކޫޑި ކޮންޓްރޯލް ކުރުމާއި ގުޅޭގޮތުން މައުލޫމާތު ދެނީ

ކުޅުދުއްފުށީގައި ގަސްރުކަށް ފެތުރިފައިވާ ހުދުކޫޑި ކޮންޓްރޯލް ކުރުމާއި ގުޅޭގޮތުން މައުލޫމާތު ދެނީ

ކުޅުދުއްފުށީގައި ގަސްރުކަށް ފެތުރިފައިވާ ހުދުކޫޑި (ވައިޓް ފްލައި) ކޮންޓްރޯލް ކުރުމާއި ގުޅޭގޮތުން މައުލޫމާތު ދޭން ކުޅުދުއްފުށީ ކައުންސިލުން ނިންމައިފިއެވެ. އެކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ ކުޅުދުއްފުށީގެ ގިނަ ގަސްރުކަށް ހުދުކޫޑި (ވައިޓް ފްލައި) ފެތުރިފައިވާތީ ގަސްރުކަށް ދިމާވެފައިވާ މިމައްސަލަ ހައްލު ކުރާނެ ގޮތުގެ މަޢުލޫމާތު ދިނުމަށް ވަރަށް ހާއްސަ ބައްދަލުވުމެއް 8 މާރޗް 2020ވާ އާދިއްތަ ދުވަހުގެ ރޭގަނޑު 08:30ގައި ހދ. އަތޮޅު ތައުލީމީ މަރުކަޒު ހޯލްގައި ބޭއްވުމަށް ހަމަޖެހިފައިވާ...

އިބްރާހިމް އަސްވާޤް
ސާވިސް ޗާޖުގެ ގޮތުގައި މިދިޔަ މަހު ރަންދެލި ރިސޯޓުން މީހަކަށް 24,028.37 ރުފިޔާ

ސާވިސް ޗާޖުގެ ގޮތުގައި މިދިޔަ މަހު ރަންދެލި ރިސޯޓުން މީހަކަށް 24,028.37 ރުފިޔާ

މިދިޔަ ފެބުރުއަރީ މަހުގެ ސާވިސް ޗާޖުގެ ގޮތުގައި ރަންދެލި ރިސޯޓުން ކޮންމެ މުވައްޒަފަކަށް 24,028.37 ރުފިޔާ ދީފި އެވެ. “މޯލްޑިވްސް ސާވިސް ޗާޖު”ން ހާމަކޮށްފައިވާ ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މަހު އެންމެ ބޮޑު ސާވިސް ޗާޖެއް ބަހާފައިވަނީ ރަންދެލި ރިސޯޓުންނެވެ. މިއީ ޖެނުއަރީ މަހާ އަޅާ ބަލާއިރު ‭15,035.58‬ރ. ގެ ދަށްވުމެކެވެ. ޖެނުއަރީ މަހު އެ ރިސޯޓުން ކޮންމެ ވުވައްޒަފަކަށް ދީފައި ވަނީ 2,533.33 ޑޮލަރު (39,063.95ރ.) އެވެ. މި ލިސްޓުން ދެވަނަ ހޯދާފައި ވަނީ ޖެނުއަރީ […]

އިބްރާހިމް އަސްވާޤް
މިިނިސްޓަރ އޮފް ޖެންޑަރގެ ނައިބުގެ މަޤާމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

މިިނިސްޓަރ އޮފް ޖެންޑަރގެ ނައިބުގެ މަޤާމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ނައިބުގެ މަޤާމަށް، ގއ. ކޮލަމާފުށި، އޯކިޑްވިލާ، ޢަބްދުއްޝުކޫރު ޢަބްދުލްޙަކީމް މިއަދު ޢައްޔަނު ކުރައްވައިފިއެވެ. މި މަޤާމަށް ޢައްޔަނު ކުރެއްވުމުގެ ކުރީން ޢަބްދުއްޝުކޫރު ޢަބްދުލްޙަކީމް ހުންނެވީ ޖެންޑަރ މިނިސްޓްރީގެ ދަށުން ހިންގަވާ ކުޑަކުދިންގެ ހިޔާގެ ޗީފް އެގްޒެކެޓިވް އޮފިސަރގެ މަޤާމުގައެވެ. ޢަބްދުއްޝުކޫރު ޢަބްދުލްޙަކީމަކީ ސްރީލަންކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން އިން މާސްޓަރ އޮ...

އިބްރާހިމް އަސްވާޤް
މުނީއަށް ފުރަތަމަ ކުރީ ފުރައްސާރަ، އެކަމަކު މިހާރު އެންމެންގެ ލޯބި!

މުނީއަށް ފުރަތަމަ ކުރީ ފުރައްސާރަ، އެކަމަކު މިހާރު އެންމެންގެ ލޯބި!

މާލޭގެ ގޭގެއިން ކުނި އުކާލުމުގެ ހިދުމަތް ދެމުން އަންނަ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން މިއަދު ގެނެސްދީފައިވަނީ އެކުންފުނީގެ ތަފާތު މުވައްޒަފެއްގެ ވާހަކައެވެ. ހުޅުމާލޭގައި ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކު ގޮވައިގެން ދިރި އުޅެމުން އަންނަ މުނީޒާގެ ވާހަކަ އެވެ. ވެމްކޯ އާއި ދާދި ފަހުން ގުޅުނު މުނީޒާ އާއި ހަވާލާދީ ވެމްކޯއިން މިއަދު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ކުރިން މުނީޒާ އުޅެމުންއައި ހެލްތު ސެކްޓަރގެ އޮފީސް ވަޒީފާ ދޫކޮށްލީ އަމިއްލަ ކަންކަމަށާއި ދަރިންގެ ކަންކަމަށް […]

ޝިއުނާ އާދަމް
އޭ ސިނގިރޭޓްގެ އެކުވެރިޔާ! ތިބާއަށް ކޮވިޑް-19 ޖެހުމުގެ ފުރުސަތު ބޮޑުކަން އެނގޭހެއްޔެވެ؟

އޭ ސިނގިރޭޓްގެ އެކުވެރިޔާ! ތިބާއަށް ކޮވިޑް-19 ޖެހުމުގެ ފުރުސަތު ބޮޑުކަން އެނގޭހެއްޔެވެ؟

ދުންފަތަކީ ޞިއްޙަތަށް ކިހާ ގެއްލުން ދެވިނި ހަތުރެއްކަން ތިބާއަށް އެނގިހުރެ ހުއްޓާނުލައި އެއަމަލު ކުރިއަށް އެބަ ގެންދަމުއެވެ! ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ފުރާނައަށް ނުރައްކާތެރިކަމެކެވެ. އެއަމަލުގެ ސަބަބުން އަހަރަކު 8 މިލިއަނަށްވުރެ ގިނައިން މީހުން މަރުވެއެވެ. ދުންފަތުގެ ކޮންމެ ބާވަތެއް، ކޮންމެ ގޮތަކަށް ކޮންމެ މިންވަރަކަށް ބޭނުން ކުރުމާއި، ދުންފަތުގެ ނުސީދާ ދުމަށް ހުށައެޅުމަކީ ތިމާގެ ސިއްޙަތަށް ގެއްލުން ހުރި ކަންކަން ތިބާއަށް އެބަ އެނގެއެވެ! ތިބާގެ ޞިއްޙަތަށާއި، ތިބާގެ ދަރިންގެ އުފަލަށްޓަކައ...

ޙުސައިން ޝަހުދީ
ޔުނިސެފްގެ ނަމުގައި މީސްމީޑިއާގައި ދައުރުވަމުންދާ ދޮގު ޙަބަރުތަކަށް ސަމާލުވެލަށްވާ!

ޔުނިސެފްގެ ނަމުގައި މީސްމީޑިއާގައި ދައުރުވަމުންދާ ދޮގު ޙަބަރުތަކަށް ސަމާލުވެލަށްވާ!

ޔުނިސެފްގެ ނަމުގައި މީސްމީޑިއާގައި ދައުރުވަމުންދާ ދޮގު ޙަބަރުތަކަށް ސަމާލުވެލެއްވުމަށް ޔުނިސެފް މޯލްޑިވްސްއިން އިލްތިމާސް ކުރައްވައިފިއެވެ. އެންމެ ރަނގަޅު އަދި ސައްޙަ މަޢުލޫމާތު ހޯއްދެވުމަށް ޔުނިސެފް މޯލްޑިވްސްއިން ވަނީ އެދިފައެވެ. ޔުނިސެފްގެ ނަމުގައިހެން ހީވާގޮތަށް ކޮރޯނާވައިރަސް އާއި ގުޅޭގޮތުން ވައިބަރ، ވަޓްސްއެޕް އަދި އެހެނިހެން މީސްމީޑިއާގައި ދައުރުވަމުންދާ ދޮގު ޙަބަރުތަކަށް ސަމާލުވެލަށްވާ. ‏ޔުނިސެފް މޯލްޑިވްސްއިން ބުނެފައިވެއެވެ. ⚠️⚠️⚠️ ޔުނިސެފްގެ ނަމުގައިހެން ހީވާގޮތަށް ކޮރޯނާވައިރަސް އާއި...

ޔުމްނާ ޢަލީ
އިޓަލީ އިން ރާއްޖެ އައި ދިވެއްސަކު ކަރަންޓީނުކޮށްފި

އިޓަލީ އިން ރާއްޖެ އައި ދިވެއްސަކު ކަރަންޓީނުކޮށްފި

އިޓަލީ އިން ދިވެހިރާއްޖެއައި ދިވެއްސަކު ކަރަންޓީނުކޮށްފި ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އިން ހާމަކޮށްފައިވާ ގޮތުގައި މިއަދު އިޓަލީ ވިލާތުން ރާއްޖެއަށް އައި ދިވެއްސަކު އެކަހެރިކޮށް ބެލެހެއްޓުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ. ކޮރޯނާ ވައިރަސްއަށް ޝައްކު ކުރެވޭ މީހުން ކަރަންޓީނު ކުރުމަށް ހަމަޖެހިފައިވަނީ ފުނަދޫ އަދި ފަރުކޮޅު ފުށީގައެވެ. މިއަދު އިޓަލީ އިން ރާއްޖެ އަށް ދަތުރުކުރި ދިވެއްސެއް #ކޮވިޑް19 އަށް މޮނިޓަރ ކުރުމަށް އެކަހެރިކޮށް ބެލެހެއްޓުމުގެ މަސައްކަތް...

އަލީ އާދިލް
"ދަރިފުޅު ކައިރިއަކަށް ނާދެވޭ، ފެމެލީއާއެކު ވަގުތު ހޭދައެއް ނުކުރެވޭ، މިއީ ހަމަ އިންސާނީ ހައްގުތަކެއް!"

"ދަރިފުޅު ކައިރިއަކަށް ނާދެވޭ، ފެމެލީއާއެކު ވަގުތު ހޭދައެއް ނުކުރެވޭ، މިއީ ހަމަ އިންސާނީ ހައްގުތަކެއް!"

“އިގްތިސޯދުގެ ވާހަކަ މިތާ ވަރަށް ގިނައިން ދެއްކިއްޖެ، އަޅުގަނޑު އަހާލަން ބޭނުން ކާކުގެ އިގްތިސޯދެއްގެ ވާހަކަތޯ މި ދައްކަނީ؟، އިގުސޯދަކީ ވަކި ބައެއްގެ ވިޔަފާރި ފައިދާއަށް ކިޔާ ނަމެއްތޯ ނޫނީ ރައްޔިތުންގެ ވެލްބީން އާއި ރައްޔިތުންނާ ވެސް ގުޅޭ ގޮތަކަށް ކިޔާ ނަމެއް ނޫންތޯ އެއީ؟،” މިއީ ރޭ ރައްޔިތުންގެ މަޖިލީހުން މިނިވަން ވޭޖާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދުމަށް ބޭއްވި ފޯރަމުން ޒުވާން އަންހެން ކުއްޖަކު ތެދު ވެ ކޮއްލި ސުވާލެކެވެ. މިސުވާލާއި އެކު […]

ހުސައިން ހަބީބް
ބީއެމްއެލްގެ މުވައްޒަފުން ވިހެއުމާ ގުޅިގެން ދޭ ޗުއްޓީއަށް ހެޔޮ ބަދަލެއް ގެނެސްފި

ބީއެމްއެލްގެ މުވައްޒަފުން ވިހެއުމާ ގުޅިގެން ދޭ ޗުއްޓީއަށް ހެޔޮ ބަދަލެއް ގެނެސްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މައިންބަފައިންނަށް ދޭ ވިހެއުމުގެ ޗުއްޓީ އަށް ބޮޑު ހެޔޮ ބަދަލެއް ގެނެސްފި އެވެ. ރާއްޖޭގެ ޤައުމީ ބޭންކުން ގެނައި މި ހެޔޮ ބަދަލާ އެކު، ވިހެެއުމުން އަންހެން މުވައްޒަފުންނަށް މުސާރައާ އެކު ހަ މަހުގެ ޗުއްޓީއެއް ލިބޭނެ އެވެ. އަދި މާބަނޑު ދުވަސްވަރު މުވައްޒަފުގެ ސިއްހީ ހާލަތަށް ބަލައި ދެ މަސްދުވަހުގެ ޗުއްޓީއެއް ލިބޭ ގޮތަށް ވެސް ވަނީ ހަމަޖައްސާފަ އެވެ. މީގެ ތެރޭގައި، މުސާރައާ އެކު އެއް މަސްދުވަހުގެ ޗުއްޓީއެއް […]

އަލީ އާދިލް