މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
އުރީދޫއިން ކޮވިޑް-19 އަށް ހޭލުންތެރިކުރުމުގައި ބައިވެރި ވެއްޖެ

އުރީދޫއިން ކޮވިޑް-19 އަށް ހޭލުންތެރިކުރުމުގައި ބައިވެރި ވެއްޖެ

ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ނުރައްކާ ބޮޑުވެ، ދިވެހިން ނޫންނަމަވެސް ރާއްޖެއިންވެސް އެވައިރަސްއަށް 8 މީހުން ޕޮޒިޓިވް ވެފައިވާ މިވަގުތުގައި ރާއްޖޭގެ އެއް މުއާސަލާތީ ކުންފުނި އުރީދޫއިން ރައްޔިތުން ހޭލުންތެރި ކުރުމުގައި ބައިވެރި ވެއްޖެއެވެ. އެގޮތުން އުރީދޫގެ ނަންބަރުތަކަށް ގުޅުމުން ފޯނު ރިންގުވާ އަޑުގެ ބަދަލުގައި، ކޮރޯނާ ވައިރަސް އިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތަކާ ގުޅޭ ހޭލުންތެރި ކުރުމުގެ މެސެޖު އަޑުއިވޭ ގޮތަށް ވަނީ ހަދާފައެވެ. https://twitter.com/OoredooMaldives/status/12379550...

ޝިއުނާ އާދަމް
ރިސޯޓަކަށް އަރާ ފޭބުން ވަގުތީ ގޮތުން ހުއްޓުވައި، 3 ރިސޯޓެއް ހުޅުވާލައިފި

ރިސޯޓަކަށް އަރާ ފޭބުން ވަގުތީ ގޮތުން ހުއްޓުވައި، 3 ރިސޯޓެއް ހުޅުވާލައިފި

ރިސޯޓަކަށް އަރާ ފޭބުން ވަގުތީ ގޮތުން ހުއްޓުވައި، 3 ރިސޯޓެއް ހުޅުވާލައިފިއެވެ. މިގޮތުން އަރާ ފޭބުން ވަގުތީ ގޮތުން ހުއްޓުވާފައި ވަނީ ދ. އަތޮޅުގައި ހިންގަމުން އަންނަ ސަން އެކުއާ އިރު ވެލި މޯލްޑިވްސް ރިސޯޓެވެ. ‏‎އެ ރިސޯޓަށް ވަގުތީ ގޮތުން އަރާ ފޭބުން ހުއްޓވީ ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްދާތީ ކަމަށް އެޗްޕީއޭއިންވަނީ ބުނެފައެވެ. އަދި ޓެސްޓްގެ ނަތީޖާ ލިބެންދެން އެރިސޯޓުގައި ވަނީ މޮނިޓަރިންގްއަށް ލެވިފައި […]

ޝިއުނާ އާދަމް
މެލޭޝިއާއިން ރާއްޖެ އައި ދިވެއްސެއް ކަރަންޓީން ކުރަނީ

މެލޭޝިއާއިން ރާއްޖެ އައި ދިވެއްސެއް ކަރަންޓީން ކުރަނީ

މެލޭޝިއާ އިން ރާއްޖެ އައި ދިވެއްސެއްގެ ގައިން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނިގެން ކަރަންޓީން ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. #ކޯވިޑް19 އަށް ޕޮިޓިވް ވެފައިވާ ފަރާތަކާއި އެއް އިމާރާތެއްގައި ދިރިއުޅުމަށްފަހު މެލޭޝިއާއިން ދިވެހިރާއްޖެއަށް އައި ދިވެއްސެއް #ކޯވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ސާމްޕަލް ނަގާ ޓެސްޓްކުރުމަށް ފަރުކޮޅު އައިސޮލޭޝަން ފެސިލިޓީއަށް ގެންދިއުމުގެ މަސައްކަތްދަނީ ކުރަމުން. — Health Protectio...

ޝިއުނާ އާދަމް
ބިރު ނުގަންނާތި، އެކަމަކު ބުނަންއޮތީ......: ޑރ ފައިސަލް

ބިރު ނުގަންނާތި، އެކަމަކު ބުނަންއޮތީ......: ޑރ ފައިސަލް

މިހާރު ކުރިމަތިވެގެން އުޅޭ ކޮވިޑް-19 ވައިރަހުގެ މުސީބާތާއި ގުޅޭގޮތުން ތަކުރާރުކޮށް ހޭލުންތެރިކުރުމާއި ސަމާލުވުމަށް އެދި ޓުވީޓު ކުރައްވަމުން އަންނަ ޑރ. އަޙްމަދު ފައިސަލް މިއަދުވަނީ ތަކުރާރުކޮން އެތަކެއް ޓްވީޓެއް ކުރައްވާފަ އެވެ. މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީސް ނުވަތަ ކޮވިޑް 19 އަކީ ދުނިޔެއަށް ފެތުރިދާނެ ބަލިމަޑުކަމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އިން ކަނޑައަޅައި ކުރެއްވި ޓުވީޓުތައް ހިމަނުއްވާ ޑރ ފައިސަލް ވަނީ ތަފާތު...

ޝިއުނާ އާދަމް
އިތުރު 1 ހަފްތާއަށް ސްކޫލުތައް ބަންދުކޮށްފި

އިތުރު 1 ހަފްތާއަށް ސްކޫލުތައް ބަންދުކޮށްފި

ކޮވިޑް19 އާއި ގުޅިގެން އެއް ހަފްތާއަށް ސްކޫލްތައް ހުޅުވުން ފަސްކުރުމަށް ސަރުކާރުން ނިންމައިފިއެވެ. މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި މުހައްމަދު މަބްރޫކް ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ސްކޫލްތައް ހުޅުވުން އެއް ހަފްތާ ދުވަހަށް ލަސްކުރަން ނިންމާފައިވާ ކަމަށެވެ. އަންނަ އާދީއްތަ ދުވަހު ސްކޫލްތައް ހުޅުވަން ހަމަޖެހިފައިވާ ސްކޫލްތައް މިހާރު އޮތީ ފުރަތަމަ ޓާމްގެ މިޑް ބްރޭކަށް ބަންދުކޮށްފައެވެ. މަބްރޫކް ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ، ސްކޫލްތައް ބަންދުކޮށްގެން ވެސް ކިޔަވައިދ...

އަލީ އާދިލް
ލަންކާ އިން އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލައިފި

ލަންކާ އިން އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލައިފި

އަވަށްޓެރި ލަންކާ އިން އޮން އެރައިވަލް ވިސާ ދިނުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. ލަންކާއިން މިފިޔަވަޅުއެޅީ ދުނިޔޭގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮވިޑް-19 ވައިރަހަށް ސްރީލަންކާގެ ރައްޔިތަކު ޕޮޒިޓިވްވުމާ ގުޅިގެންނެވެ. އެކަމާ ގުޅިގެން، ލަންކާގެ އިންފޮމޭޝަން ޑިޕާޓްމަންޓުން ބުނީ އޮން އެރައިވަލް ވިސާ ސްކީމުގެ ދަށުން އެއްވެސް ބޭރު މީހަކަށް ވިސާ ދޫކުރުން މުއްދަތެއްނެތް ގޮތަށް މެދުކަނޑާލާފައިވާ ކަމަށެވެ. އެ ޤައުމުން ކޮވިޑް-19 ވައިރަހަށް ޕޮޒިޓިވެފައިވަނީ އުމުރުން 52 އަހަރުގެ މީހެކެވެ. އެމީހާއަކީ...

ޔުމްނާ ޢަލީ
ޕެންޝަން އޮފީހުގެ ޚިދުމަތްތައް މިހާރު ގޭގައި ތިބެގެން ވެސް ހޯދޭނެ!

ޕެންޝަން އޮފީހުގެ ޚިދުމަތްތައް މިހާރު ގޭގައި ތިބެގެން ވެސް ހޯދޭނެ!

ކޯވިޑް-19 އާއި ގުޅިގެން ޕެންޝަން އޮފީހުން ޚިދުމަތް ހޯދާ ފަރާތްތަކާއި އޮފީހުގެ މުވައްޒަފުންގެ ރައްކާތެރިކަމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ޕެންޝަން އޮފީހުގެ ޚިދުމަތްތައް ފޯނުން ނުވަތަ އިންޓަރނެޓް  މެދުވެރިކޮށް ހޯދޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ. މިގޮތުން ހަމަޖައްސާފައިވާ އިންތިޒާމުތަކުގެ ތެރޭގައި ޚިދުމަތް ހޯދާ ފަރާތުން މައުލޫމާތާއި އެހީތެރިކަން ހޯދުމަށް އަދި ފޯމާއި ލިޔެކިޔުން ހުށަހެޅުމަށް ޕެންޝަން އޮފީހަށް ދިއުމުގެ ބަދަލުގައި މިކަންކަމަށް ބޭނުންކުރާނެ އެކި ވަސީލަތްތައް ވަނީ ކަނޑައަޅާފައެވެ. އެގޮތު...

ޝިއުނާ އާދަމް
ހަނިމާދޫ-ކޮޗިން ދަތުރުތައް މެދުކަނޑާލައިފި

ހަނިމާދޫ-ކޮޗިން ދަތުރުތައް މެދުކަނޑާލައިފި

އުތުރުގެ މައި ވައިގެ ދޮރާށި، ހަނިމާދޫ އިންޓަރނޭސަނަލް އެއަރޕޯޓާއި އިންޑިއާގެ ކޮޗިންއާއި ދެމެދު ޤައުމީ އެއަރލައިން، މޯލްޑިވިއަނުން ކުރަމުންއައި ދަތުރުތައް މެދު ކަނޑާލައިފިއެވެ. ހަނިމާދޫ-ކޮޗިން ދަތުރުތައް މެދު ކަނޑާލިއިރު އެއަރލައިނުންދިޔައީ ހަފުތާއަކު 3 ދަތުރު ހަނިމާދޫއާއި ކޮޗިންނާއި ދެމެދު ބާއްވަމުންނެވެ. މިދަތުރުތައް މެދުކަނޑާލިތާ ދެ ހަފުތާވަރު ވެދާނެކަމަށް ހަނިމާދޫ އެއަރޕޯރޓުން ވާހަކަ ދެއްކި ފަރާތަކުން މައުލޫމާތު ދީފައިވެއެވެ. މިދަތުރުތައް މެދު ކަނޑާލި ސަބަބު ހޯދަން މޯލްޑިވިއަންނާއި ގުޅުމަށް ކ...

ޔުމްނާ ޢަލީ
އިންތިޚާބު ލަސްކުރުމުގެ ޤާނޫނީ ބާރެއް ނެތް، ލަސްކުރަން ޖެހޭ ހާލެއްވެސް ނެތް - އީސީ

އިންތިޚާބު ލަސްކުރުމުގެ ޤާނޫނީ ބާރެއް ނެތް، ލަސްކުރަން ޖެހޭ ހާލެއްވެސް ނެތް - އީސީ

ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބު ލަސްކުރުމުގެ ޤާނޫނީ އެއްވެސް ހައިސިއްޔަތެއް އިލެކްޝަން ކޮމިޝަނަށް ނެތްކަމަށާއި، ރާއްޖޭގައި އިންތިޚާބު ފަސްކުރަންޖެހޭފަދަ ޙާލަތެއް އޮތްކަމަށް ކޮމިޝަންގެ މެމްބަރުންނަށް ޤަބޫލުނުކުރެވޭކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ. ކައުންސިލް އިންތިހާބުގެ ގައުމީ ލަފާދޭ ކޮމިޓީގެ 11 ވަނަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ގާނޫނުގައި ކަނޑައެޅިފައި އޮންނަ ތާރީހަށް ވުރެ އިންތިޚާބު ލަސް ކުރުމުގެ ބާރު އެ ކޮމިޝަނަށް ލިބިފައި...

ޝިއުނާ އާދަމް
ކުރަމަތި ރިސޯޓުން 2 މީހުން ޕޮޒިޓިވްވެ ކޮވިޑް-19 ޖެހުނު މީހުންގެ ޢަދަދު 8 އަށް

ކުރަމަތި ރިސޯޓުން 2 މީހުން ޕޮޒިޓިވްވެ ކޮވިޑް-19 ޖެހުނު މީހުންގެ ޢަދަދު 8 އަށް

ކުރަމަތި އައިލެންޑް ރިސޯޓުން ޓެސްޓު ކުރި ބިދޭސީ ދެ މީހުން ކޮވިޑް-19 ނުވަތަ ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެ، ރާއްޖެއިން ކޮރޯނާވައިރަސް ޖެހުނު މީހުންގެ އަދަދު، އަށަކަށް އަރައިފިއެވެ. ނެޝަނަލް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދާދި ދެންމެއަކު ބުނީ، އެ ރިސޯޓުން ސާމްޕަލް ނެގި ބިދޭސީ ދެ މީހުން ވައިރަހަށް ޕޮޒިޓިވް ވުމާ އެކު އެ ރިސޯޓް އޮތީ ވަގުތީގޮތުން ބަންދު ކޮށްފައި ކަމަށެވެ. އަދި އެ މީހުންނާ ކޮންޓެކްޓުވި މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ […]

ޝިއުނާ އާދަމް
ޖުމްހޫރީ މައިދާނުން ގޮތްނޭނގޭ ދަބަހެއް ފެނިގެން ސިފައިން ހަރަކާތްތެރި ވާންފަށައިފި

ޖުމްހޫރީ މައިދާނުން ގޮތްނޭނގޭ ދަބަހެއް ފެނިގެން ސިފައިން ހަރަކާތްތެރި ވާންފަށައިފި

ޖުމްހޫރީ މައިދާނުން ގޮތްނޭނގޭ ދަބަހެއް ފެނިގެން އެއީ ކޮންއެއްޗެއްތޯ ބެލުމަށް ސިފައިން ހަރަކާތްތެރިވަމުން ދާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ. އެމްއެންޑީއެފުން ބުނީ ޖުމްހޫރީ މައިދާނުން ގޮތްނޭނގޭ ދަބަހެއް ފެނިގެން އެއީ ކޮންއެއްޗެއްތޯ ބެލުމަށް ސިފައިން ހަރަކާތްތެރިވަމުން ދާކަމަށެވެ. އެސަރަހައްދަކީ ގިނައަދަދެއްގެ ރައްޔިތުން ޖަމާވާ ސަރަހައްދެއްކަމުން އެފަދަ އެއްޗެއް ފެނުމުން ސަލާމަތީ ރައްކާތެރިކަން ކަށަވަރު ކުރުމަށް ބަލަން ޖެހޭ ކަންކަން ބަލަމުން ދާކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ. ޖުމްހޫރީ މައިދ...

ޝިއުނާ އާދަމް
ސްކޫލްތައް ބަންދުކުރަން މެޑިކަލް އެސޯސިއޭސަންގެ އިލްތިމާސެއް!

ސްކޫލްތައް ބަންދުކުރަން މެޑިކަލް އެސޯސިއޭސަންގެ އިލްތިމާސެއް!

ވަގުތީ ގޮތުން އާންމު އެއްވުންތަށް ބޭއްވުން ހުއްޓާލުމަށާއި، ސްކޫލްތައް ބަންދުކުރަން މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަނުން އިލްތިމާސް ކޮށްފިއެވެ. މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަނުން (އެމްއެމްއޭ) އިން ކޮށްފައިވާ ޓުވީޓެއްގައި ބުނީ ކޮވިޑް-19 ރާއްޖެއިން ފެނިފައިވާ މިދަނޑިވަޅުގައި ވަގުތީ ގޮތުން އާންމު އެއްވުންތަށް ބޭއްވުން ހުއްޓާލުމަށާއި، ސްކޫލްތައް ބަންދުކުރަން ވަރަށް ބޮޑަށް އިލްތިމާސް ކުރާ ކަމަށެވެ. އެމްއެމްއޭން އެގޮތަށް ގޮވާލާފައިވާ ޓުވީޓުގައިވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ އާއި ހެލްތު މިނިސްޓްރީގ...

އަލީ އާދިލް
ކޮވިޑް-19: ޚަބަރުތައް ކުރުކޮށް، ރީތިރަށުން އަލާމާތް ފެނުނީ ބިދޭސީ ކުޑަކުއްޖެއްގެ ގައިން

ކޮވިޑް-19: ޚަބަރުތައް ކުރުކޮށް، ރީތިރަށުން އަލާމާތް ފެނުނީ ބިދޭސީ ކުޑަކުއްޖެއްގެ ގައިން

ކޮވިޑް-19 އާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހާމަކުރެއްވުމަށް ސަރުކާރުގެ ފަރާތުންވަނީ މިރޭ ދަރުބާރުގޭގައި ނޫސްވެެރިންގެ ބައްދަލުވުމެއްވަނީ ކުރިއަށް ގެންދަވާފައެވެ. އެނޫސްވެެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ފަރާތުން މައުލޫމާތު ހާމަ ކުރަށްވާފައިވަނީ ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ އަދި ސަރުކާރުގެ ކޮވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒެވެ. ރީތިރަށުން އަލާމާތް ފެނުނީ ބިދޭސީ ކުޑަކުއްޖެއްގެ ގައިން ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުން ކޮރޯނާ ވައިރަހުގެ އަލާމާތްތައް ފެނިގެން ކަ...

އަލީ އާދިލް
ރީތި ރަށަށް އަރައިފޭބުން ވަގުތީ ގޮތުން މަނާކޮށްފި

ރީތި ރަށަށް އަރައިފޭބުން ވަގުތީ ގޮތުން މަނާކޮށްފި

ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުގައި ހުރި ބިދޭސީއެއްގެ ފަރާތުން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނުމުން، އެރިސޯޓަށް އަރައިފޭބުން ވަގުތީ ގޮތުން މަނާކޮށްފިއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފައިވަނީ އެބިދޭސީ މީހާ ކަރަންޓީނުކޮށް ޓެސްޓު ކުރުމަށް ސާމްޕަލް ނެގުމުގެ މަސައްކަތްވަނީ ފަށާފައިވާ ކަމަށެވެ. ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުގައި ހުރި ބިދޭސީއެއްގެ ފަރާތުން #ކޯވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނުމުން، ކަރަންޓީނުކޮށް ޓެސްޓު ކުރުމަށް ސާމްޕަލް ނެގުމުގެ މަސ...

ޝިއުނާ އާދަމް
ގިނަ މެމްބަރުން އެދެނީ އިންތިޚާބު ބާއްވަން: މަޖިލިސް ރައީސް

ގިނަ މެމްބަރުން އެދެނީ އިންތިޚާބު ބާއްވަން: މަޖިލިސް ރައީސް

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސްކުރަން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބޭނުންވެވަޑައި ނުގަންނަވާ ކަމަށާއި، ގިނަ މެންބަރުން އިންތިހާއަށް ބޭނުންވަނީ އިންތިހާބު ކުރިއަށް ގެންގޮސް ނިންމަވައިލެއްވުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ކައުންސިލް އިންތިހާބު އެ ތާރީހުގައި ބާއްވަން ޖެހޭ ކަން ނުސީދާކޮށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ވިދާޅުވެފަ އެވެ. “އެގޮތުން، އާންމު ސިއްހަތު ރައްކާތެރިކޮށްދިނުމަކީ ގާނޫނު ބުނާ ގ...

ޝިއުނާ އާދަމް